އެމެރިކާގެ ރައީސް ޖޯ ބައިޑެން، ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސްއަށް ސިޓީއެއް ފޮނުއްވައިފިއެވެ. ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ވިދާޅުވީ އެ ސިޓީއަކީ ސަރަހައްދީ މަސްލަހަތާއި، މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭ ސިޓީއެއް ކަމަށެވެ.
ބައިޑެން ސަރުކާރާ ހަވާލްވެ އެޕްރީލް މަހު ވަނީ ޑޮނާލްޑް ޓްރަމްޕުގެ ވެރިކަމުގައި ހިފަހައްޓާފައި ހުރި ފައިސާގެ އެހީ ދޫކޮށްލައިފައެވެ. ޓްރަމްޕުގެ ވެރިކަމުގައި ނިންމާފައި ވަނީ ފަލަސްތީނަށް އެމެރިކާ އިން އެއްވެސް އެހީއެއް ނުދިނުމަށެވެ. ނަމަވެސް، ބައިޑެން ވަނީ އެ އުސޫލު ބަދަލުކޮށްފައެވެ.
ބައިޑެން އައްބާސްއަށް މިއަދު ހެނދުނު ފޮނުއްވި ސިޓީގައިވާ ލިޔުމެއް މީޑިއާތަަކަށް ހާމަ ކޮށްފައެއް ނުވެއެވެ.
އިސްރާއިލުން ވަނީ މިއަދު ހެނދުނު ވެސް ފަލަސްތީނަށް ހަމަލާތަކެއް ދީފައެވެ. ބައިޑެންގެ ސިޓީ ރައީސް އައްބާސްއަށް ލިބިވަޑައިގަތީ އިސްރާއިލުގެ ހަމަލާތަކުން ގައުމުގައި ހުޅުރޯވެގެން އުޅެނިކޮށް ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. އިސްރާއިލުން ޣައްޒާއަށް ބޮން އެޅުމުގެ ސަބަބުން ޣައްޒާގެ 28 މީހުން ޝަހީދުވެ، 152 މީހުންނަށް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމާސް ޖަމާއަތުން އިސްރާއިލަށް މިހާރު ރޮކެޓް ހަމަލާތައް ދެމުން ގެންދާތީ އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު ބުނެފައިވަނީ ހަމާސް ޖަމާއަތާއި ދެކޮޅަށް ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށެވެ. އިސްރާއިލު ސިފައިންގެ ހަމަލާތައް ފަލަސްތީނަށާއި ޣައްޒާއަށް އަމާޒުވަމުން ދަނީ ނަތަންޔާހުގެ ނުބައި ނުލަފާ ރޭވުމުގެ ދަށުންނެވެ.
ޔާﷲ ޔަހޫދިން ކިބައިން ފަލަސްތީން ސަލާމެއް ކުރަވާންދޭ! އާމީން
ޔާﷲ ޔަހޫދިން ކިބައިން ފަލަސްތީން ސަލާމެއް ކުރަވާންދޭ! އާމީން
☺️
ޔާﷲ ޔަހޫދިން ކިބައިން ފަލަސްތީން ސަލާމެއް ކުރަވާންދޭ! އާމީން❤️🇲🇻🇵🇸❤️