އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އަނިޔާވާ ފަރާތްތަކަށް އެހީތެރިވުމަށް ޣައްޒާއަށް މިސްރުން އެމްބިއުލާންސް ފޮނުވައިފިއެވެ.
މިސްރުން ވަނީ މިހާތަނަށް ޣައްޒާއަށް ދިހަ އެމްބިއުލާންސް ފޮނުވާފަ އެވެ.
މިސްރުން ފޮނުވި އެމްބިއުލާންސްތައް ޣައްޒާއަށް އެތެރެވެފައި ވަނީ ރަފާހް މަގުންނެވެ. މި މަގު އީދު ބަންދަށް، ފަސްދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.
ޣައްޒާއިން ޒަހަމްވާ ފަރާތްތަކަށް މިސްރުގެ ހޮސްޕިޓަލް ތަކުގައި ފަރުވާދޭން ފަށާފައިވާއިރު އަނިޔާވެ ޒަހަމްތައްވާ ފަރާތްތަކަށް އެހީތެރިވުމަށް މިސްރުން އިތުރު ފަސް އެމްބިއުލާންސް ފޮނުވުމަށް މިހާރު ވަނީ ނިންމާފަ އެވެ.
ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި ޣައްޒާ އަށް އިސްރާއީލުންދޭ ލާއިންސާނީ ހަމަލާތަކުގައި ޒަހަމްވާ ފަރާތްތަކަށް އެހީތެރިވުމަށް މިސްރުގެ ތިން ހޮސްޕިޓަލެއް މިހާރު ވަނީ ހަމަޖައްސާފައިއެވެ.
އިސްރާއީލުން ޣައްޒާ އަށް ހަމަލާދޭތާ ހަފްތާތަކެއް ވެފައިވާއިރު އެ ހަަމަލާތަކުގައި 40 ކުޑަކުދިން ހިމެނޭ ގޮތަށް 137 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.
ޣައްޒާއިން ދަނީ ދިފާއުގައި އިސްރާއީލަށް ހަމަލާތަކެއް ދެމުންނެވެ.
ޢާނ އާނ ހީވާނީ ބުނާހެން...ކަލޭމެނަށް އަނިޔާ ވިޔަސް އޯކޭޔޭ...އަހަރެމެން ބޭސް ކޮށްދޭނަމޭ... ﷲ މިމީހުންގެ ވެރިންތައް ބަދަލުކުރައްވާ މުސްލިމުންނަށް ނަސްރުދެއްވާށި...