ކޮވިޑް ޖެހިގެން މި މަހުގެ 15 ވަނަ ދުވަހު އިންޑިއާގެ ޕަޓްނާގެ އެޗްއެމްއާރްއައި ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނު އުމުރުން 45 އަހަރުގެ އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި އަންހެން މީހާގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ގޮސް، އެންމެ ފަހު ނޭވާ ލައިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
މި އަންހެން މީހާ މަރުވުމަށް ފަހު އޭނާގެ އަންހެން ދަރިފުޅު މީސް މީޑިޔާގައި ޕޯސްޓެއް ހިއްސާކޮށް ބުނެފައިވަނީ އޭނާގެ މަންމަ ހޮސްޕިޓަލުގައި އޮތް އިރު ހަތަރުވަރަކަށް ފިރިހެނުން މަންމަ ރޭޕް ކޮށްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް މިކަން އެންގުމުން އެމީހުން އެކަމާ އަޅާ ނުލައި ދޫކޮށްލީ ކަމަށް ވެސް މި ޕޯސްޓުގައި ވެއެވެ.
މި މައްސަލައާ ގުޅިގެން ހޮސްޕިޓަލުން ބުނެފައިވަނީ ބަލި މީހަކަށް އެފަދަ ކަމެއް ކުރިމަތިވެފައި ނެތް ކަމަށެވެ.
ޝަސްތުރިނަގަރު ޕޮލިސް ސްޓޭޝަންގެ އޮފިސަރ ރާމާ ޝަންކަރު ސިންގް ބުނެފައިވަނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ފުލުހުންގެ މި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖުމަންޓުގެ ފަރާތުން ބުނެފައިވެއެވެ.
އަންހެނުންނަށް ކުރާ ޖިންސީ ގޯނާ އާއި ރޭޕް ކުރުންތައް އިންތިހާއަށް ގޮސްފައިވާ އިންޑިއާގައި ކޮވިޑުގެ މި ހާލަތުގައި ވެސް އެފަދަ އަމަލުތައް މަދެއް ނުވެއެވެ. ހޮސްޕިޓަލުތަކުގައި ތިބޭ ބަލި މީހުންނަށް ވެސް މިފަދަ އަނިޔާ ކުރާ މައްސަލަތައް ވަރަށް ގިނައިން ދެކެވެއެވެ.
އިންކުރެޑިބުލް އިންޑިއާ
😦🤢
ކަޅުފަންގަސް އާއި އަދިވެސް ދުނިޔޭގައި ލެއްވިހާ ވަބާއެއް ތިޔަ އިންޑިއާގެ ހައިވާނީ އިންސާނުންނަށް ޖެހިގެން ތިބައިގަޑު ހުސްވިއްޔާ ރަގަޅު !
ބަޔަކުގެ ތެރޭގާ ފާހިޝްކަންތަކާ މުންކަރާތްތައް އާން މުވެއްޖައީވިއްޔާ ދެން އެތަނަކަށް ﷲ ގެ ކޯފާ އެކިއެކި ގޮތަށް އައު މަކީ ހަ މަ ގައި މުވެގެން އަލް އިސްލާ މް ގައި އެނގެން އޮތް ޙަޤީޤަތެއް.
އެހެންވެގެންތަ އިންޑިއާއިން ފެންނަ ކޮންމެ ބައްޔެއް ދިވެހިރާއްޖެއިންވެސް ފެންނަނީ
އެހެންވެގެން. ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު ނު ކުރާ ފާހިޝް ކަމެއް ދައް ކާލަބަލަ. މިހެން އަހާލަން
ތިމަސައްކަތަށް އިންޑިއާއަށް ވޯލްޑުވެސް ހައްގު ދޭނެދުވަހަކަށް މިއިންތިޒާރުކުރަނީ