ފައިޒާ އާއި ބިއޯންޓެކުން ތައްޔާރު ކޮށްފައިވާ ކޮވިޑް ވެކްސިން އުމުރުން 15 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހުއްދަ ދީފިއެވެ.

ވެކްސިން ޖެހުމުން ކުޑަކުދިންގެ ހަށިގަނޑާއި ނުގުޅި، ބޮޑުވަރުވާ ސައިޑް އިފެކްޓެއް ފެނުން ފަދަ ކަމެއް ދިމާ ނުވާނެ ކަމަށް ޔޫރަޕިއަން މެޑިސިންސް އެޖެންސީ (އީއެމްއޭ) އިން އިއްޔެ ވަނީ ބުނެފައެވެ. ކޮވިޑްގެ އާލަމީ ވަބާއިން ސަލާމަތްވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ބަލިން ކުޑަކުދިން ރައްކާތެރިވުމަކީ މުހިންމު ފިޔަވަޅެއް ކަމާއި، ބަލިން ދިފާއު ވުމަށް ވެކްސިން ޖެހުން ރަނގަޅު ކަމަށް އީއެމްއޭއިން ބުނެއެވެ.

އެެމެރިކާ އާއި ކެނެޑާގައި މިހާރު ވެސް ކުޑަކުދިންނަށް ވެކްސިން ދެމުންދާ ކަން ފާހަގަ ކޮށްލެވެއެވެ.

އީއެމްއޭއިން ބުނީ ވެކްސިންގެ ދެ ޑޯޒް ކުޑަކުދިންނަށް ޖަހާނެ ކަމަށާއި، ބޮޑެތި މީހުންނެކޭ އެއްފަދައިން ވެކްސިން ޖަހާއިރު ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ ތިން ހަފްތާ ފަހުން ކަމަށެވެ. އުމުރުން 15-12 އަހަރުގެ ކުދިންނަށް ވެކްސިން ޖަހަން ފަށާނެ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ޖަރުމަނުން ބުރާސްފަތި ދުވަހު އިއުލާން ކުރި މައުލޫމާތައް ބަލާއިރު، 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދިނުމަށް އެގައުމުން ތައްޔާރު ވަމުންދާކަމަށް ބުނެފައިވެއެވެ. އެކުދިންނަށް ވެކްސިން ޖަހަން ފަށާނެ ކަމަށް ލަފާކޮށް ބުނެފައިވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުއެވެ. މީގެ އިތުރުން އިޓަލީގައި ވެސް ކުޑަކުދިންނަށް ވެކްސިން ޖަހަން ފެށުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

ފައިޒާ-ބިއޯންޓެކުން ކުޑަކުދިންނަށް ވެކްސިން ރައްކާތެރިކަން ކަށަވަރު ކުރުމަށް 15-12 އަހަރުގެ 2,260 ކުދިން ބައިވެރިކޮށްގެން ދިރާސާއެއް ކޮށްފައިވެއެވެ، ނަތީޖާތަކުން ދައްކާ ގޮތުން ކުޑަކުދިންނަށް ފައިޒާ ވެކްސިނަކީ 100 އިންސައްތަ ރައްކާތެރި ވެކްސިނެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކޮބާ ތީގެ ދިރާސާގެ ނަތީޖާ؟ ޕިއަރ ރިވީވް ދިރާސާއެއް ހެދިގެން ކަމަށް ގަބޫލުކުރަނީ؟ މިހާ ކުރު މުއްދަތެއްގެ ތެރޭގަ މިވަރުގެ ވެކްސިނެއް އަންނަން އަދި ވަގުތު ނަގާނެ. ރައްޔިތުންނަށް އޮޅުން އަރާގޮތަށް މިކަހަލަ ކަންކަން ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. މިއީ ހަދާލާ ހެދިކާއެއް ނޫން އެމީހަކު ބޭނުން ގޮތަކަށ