ސައުދީ އަރަބިއްޔާގެ މިސްކިތްތަކުގައި ބަންގި ދޭއިރުއާއި ނަމާދު ކުރާއިރު ލައުޑްސްޕީކަރުތަކުގެ އަޑު މަޑުކުރަން އެ ގައުމުގެ އިސްލާމިކް މިނިސްޓްރީން އެންގުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ސައުދީ އަރަބިއްޔާއިން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ނެރުނު ސާކިއުލާގައި ބުނެފައިވަނީ މިސްކިތްތަކުގައި ބަންގިއާއި ގުރުއާނުގެ އަޑު މިހާރު އިވޭ ވަރަށް ވުރެ ތިން ގުނައަށް ދަށް ކުރުމަށެވެ. އަދި ބަންގި ދީ ނިމުމަށް ފަހު ސްޕީކަރު ކަނޑާލުމަށް ބުނެފައިވެއެވެ.

މި ކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވާން ފެށުމުން މިނިސްޓަރު ވަނީ ދިފާއުގައި ވާހަކަ ދައްކަވާފައެެވެ.

ސައުދީ އަރަބިއްޔާގެ އިސްލާމިކް އެފެއާޒް މިނިސްޓަރު އިއްޔެ ވިދާޅުވީ މިސްކިތްތަކުގައި އަޑު މަޑުކުރުމަށް ނިންމާފައިވަނީ ލައުޑް ސްޕީކަރުގެ އަޑު ގަދަކަމަށް ބުނެ އެތައް އާއިލާއަކުން ޝަކުވާކުރަމުންދާތީ ކަމަށެވެ. އަދި އެ ނިންމުމާއި ހިލާފުވާ މީހުންނާއިމެދު ފިޔަވަޅު އަޅާނެކަމަށް ވިދާޅުވިއެވެ.

މި ނިންމުން ނިންމާފައި ވަނީ ސައުދީ އަރަބިއްޔާ ސިޔާސަތުތަަކަށް ބޮޑަތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައެވެ.

އިސްލާމިކް މިނިސްޓަރު އަބްދުލް ލަތީފް އަލް ޝައިހް ޓީވީ އިންޓަވިއުއެއްގައި ވިދާޅުވީ ނަމާދުކުރަން ބޭނުންވާ މީހުން ބަންގީގެ އަޑު އިވެން ދެން މަޑުކުރަން ނުޖެހޭނެ ކަމަށާއި، ކޮންމެ މީހަކު ވެސް ވަގުތު ޖެހުުމުން މިސްކިތަށްގޮސް ނަމާދު ކޮށްލަންވީ ކަމަށެވެ.

ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ސައުދީގެ ބައެއް މީހުން ބުނެފައިވަނީ މިހާރު ބަންގި އާއި ގުރުއާނުގެ ހިތްގައިމު އަޑު ނީވޭތީ އެކަމާ ހިތާމަކުރާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ ސައުދީގެ މިސްކިތްތަކުގައި އަޑު މަޑުކުރަން ނިންމުމުން އެކަމާ ފާޑުކިޔަނީ 'ސައުދީގެ ދުޝްމަނުން' ކަމަށާއި އެމީހުންގެ ބޭނުމަކީ އާންމު ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުން ކަމަށެވެ.

މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ސައުދީ އަރަބިއާގައި މާތްވެގެންވާ ދެ ހަރަމްފުޅު ހިމެނޭހެން 98,800 މިސްކިތް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސޮންޓޭ

  ރާއްޖޭގަވެސް ކުރަންވެއްޖެކަމެއްތީ މިސްކިއްތަކާ ވަރަށް ގާތުގަވެސް ވަރަށް ގިނަމީހުން އުޅެންޖެހޭއިރު ބަންގިގޮވާވަގުތުތަކުގައި ކުދިން ނިދަން އުދަގޫވާކަން ވަރަށް ބޮޑަށް ފާހަގަވޭ ކޮންމެހެން ބަންގީގެ އަޑު ބާރުވެގެނެއްނޫން ނަމާދައްދާންއެނގޭނީކީ އެކަން ކުރާމީހަކަށް ނަމާދުވަގުތުޖެހުނީމަ އެނގޭނެ ކިތެންމެ ގޮތެއްހުރޭ ގުރުވާންކިޔަވާ އަޑު އަހަންބޭނުންވާ މީހަކަށް ގޭތެރޭގަވެސް ގުރުއާންޖެހިދާނެ

  9
  43
 2. ހޫމްމމމ

  ދެން އެންމެއަވަހަށް ތިކަން ކުރާނީ މިރާއްޖޭގައި ދެން ހުއްޖަތް ދައްކާނީ ސައުދި އަރަބިއްޔާ...މުޖައްރިބު ކަމެއް މީ

  33
  4
 3. މިލިޔުން ކިޔާބަލަ

  ޝަރުޢީ ޢިލްމު ލިބިވަޑައިގެން އެ ޢިލްމަށް ދަޢުވަތު ދެއްވުމުގައިވާ އަހުލުވެރިންނާއި، ޖޯޝާއި ފޯރިއާ ޖަޒްބާތުން ފަތުވާދޭ ފަރާތްތަކުގެ ތަފާތުގެ ބޮޑުކަމެވެ.
  ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރ الشيخ د. عبد اللطيف آل الشيخ -حفظه الله، ނެރުއްވާފައިވާ ޤަރާރުގައި ވަނީ، މިސްކިތްތަކުގައި ބަންގިދޭހިނދު ބޭރަށް އަޑު ފޯރާ ގޮތަށް ބަހައްޓާފައިހުންނަ ތާޅަފިލި ނަމާދު ކުރާ ވަޤުތުގައި ބޭރަށް ނުޖެއްސުމެވެ.
  ފަހެ، މިކަމަށް ބާރު ދެވި އެތައް ޢިލްމުވެރިންގެ ބަސްފުޅުތައް ބަޔާންވެގެންވެ އެވެ. އެއީ، މީސްތަކުންނަށް ނަމާދުވަޤުތު އެންގުމަށް އަށޑުގަދަކުރާ ބަންގި ދިނުމަށް ޖައްސާފައި ބެހައްޓާ ފަދައިން، ނަމާދު ކުރާހިނދު މިސްކިތުގައި ނަމާދުގައި ޤުރުއާން ކިޔަވާހިނދު އެފަދައިން މަގުމައްޗަށް ރަށުތެރެއަށް މިސްތަކުންގެ ތެރެއަށް ބޭރަށް އަޑު ޖައްސާފައި ބެހެއްޓުމަކީ ދީނުގައި އެކަން ކުރުމަށް ކަނޑައެޅިފައިވާ ގޮތެއް ނޫން ކަމުގަ އެވެ.
  ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑެތި އިމާމުންގެ ފަތުވާތައް މިފަދައިންވެ އެވެ. އޭގެ ތެރޭގައި އިމާމް الأَلَبانِي -رحمه الله- އަދި އިމާމް ابن العُثيمِين -رحمه الله- ފަތުވާ ވެ އެވެ.
  މިއަދު ދުނިޔެ މަތީގައިވާ އެންމެ ބޮޑެތި ސުންނަތުގެ ޢިލްމުވެރިންނާއި އިމާމުންގެ ފަތުވާތަކެވެ.
  އޭގެ ތެރޭގައި الإمام الفَوزَان -حفظه الله- ގެ ބަސްފުޅެވެ.
  ޝެއިޚް الفوزان -حفظه الله- ވިދާޅުވެފައިވެ އެވެ. "ނަމާދު ކުރާ ވަޤުތުގައި އަޑުހަރުކުރާ މިސްކިތުން ބޭރަށް ޖެއްސުމުގައި ޙާޖަތެއްނެތެވެ. އެންމެ ހެޔޮވެގެންވާ ގޮތަކީ (ބަންގި އަދި ގަމަތް) ދިނުމަށްފަހުގައި، ނަމާދުގެ ވަޤުތުގައި ތާޅަފިލި (މިސްކިތުގެ ބޭރަށް އަޑުދާ ގޮތަށް) ނުޖެއްސުމެވެ. ... މިފަދައިން އަޑުހަރުކުރާ (ނަމާދު ގަޑީގައި ޖެއްސުން) އެއީ އެއްބަޔަކަށް ދަތި އުނދަގޫކުރާ ކަމެއްގެ ގޮތުގައި ވެދާނެ އެވެ. ގެތަކުގައި ބަލި މީހުން، މިސްކިތަށް ޙާޟިރުވުމަށް ކުޅަދާނަ ނުވާ މީހުން އަދި ލަސްނުކޮށް އަވަސްކޮށް ނިދަން ބޭނުންވެފައިވާ މީހުން، ފަހެ، (އަޑުހަރުކުރާ) ޖެއްސުމުން އެބައިމީހުންނަށް އުނދަގޫ ފޯރާނެ ކަމުގައިވެ އެވެ. އަދި މިއީ އެހެން މިސްކިތްތަކުގެ އިމާމުންނަށް އެކަމުން އުނދަގޫ ފޯރާނެ ކަމެއްގެ ގޮތުގައިވެ އެވެ..."
  އަދި މިއީ ސުންނަތުގައި ޘާބިތުވެފައިވާ ގޮތް ކަމުގައިވެސް ވެ އެވެ. ބަންގި ދުރަށް އަޑު އިއްވާ އެފަދައިން ބަންގި ގޮވޭ ފަދައިން ނަމާދު ގަޑީގައި އެފަދައިން ޢަމަލު ކުރުމެއް ނުވެ އެވެ. ހިތާމައަކީ، އަހަރެމެންގެ ތެރޭގައި މިފަދައިން ޢަމަލު ކުރުން (ނަމާދު ވަޤުތުގައި ބޭރަށް އަޑުހަރުކުރާ ނުޖެއްސުން، ހަމައެކަނި މިސްކިތަށް ޙާޟިރުވާ ފަރާތްތަކަށް އަޑު އިވޭ ގޮތަށް ޖެއްސުން) އަކީ ސުންނަތާއި ދުރު ގޮތް ކަމުގައި ދެކުމެވެ.
  ނަމާދު ގަޑީގައި ތާޅަފިލި ބޭރަށް ނުޖެއްސުމާއި، ޤުރުއާން ކިޔަވާއަޑު މަގުމައްޗަށާއި ބޭރަށް ނޮފޮނުވުން އެއީ އެދެވިގެންވާ ގޮތް ކަމުގައި ޢިލްމުވެރިން ބަޔާންކޮށްފައިވަނީ، ދީނީ ޤަވާޢިދުތަކާއި ޝަރުޢީ ހަމަތަކުގެ މަތިންނެވެ.
  ފަހެ، ސުންނަތުގައި ބަޔާންވާ ގޮތް އަދި ޢިލްމުވެރިންގެ ފަރާތުން ބަޔާންވާ ސިފަ އާއި ޢަމަލު އެއީ ސުންނަތް ގޮތާއި ދުރުކަމުގައި ފެނި، އެގޮތާއި ޚިލާފަށް ޢަމަލު ކުރުން އެއީ ހެޔޮ ގޮތް ކަމުގައި އެބަޔަކު ދެކޭ ކަމުގައިވާނަމަ އެއީ ކޮންފަދަ ހިތާމަވެރި ޢަމަލެއް ހެއްޔެވެ؟
  ސުންނަތާއި ސުންނަތުގެ ޢިލްމުވެރިންނަށް ތަބަޢަވުން މާ ހެޔޮކަން ބޮޑުވެގެންވެ އެވެ.

  8
  1
 4. ޓިނު

  އަލީ ރަމީޒު މިކަމާ ގުޅޭތުން ކީކޭ ބުނަނީ! ވަރަށް މުހިއްމު ވާނެ ބަހެއް ބުނުން.

 5. ކޮރަލް

  މި ކަން ރާއްޖޭގަވެސް ކުރަންވީ!! ނިދަންނޯވެވޭ މާލޭގަ ބައެއް ހިސާބުތަ ކުގަ ތާޅަފިލި ގަދަކަމުން

  2
  10
 6. އައިޝާ

  ދެން އަދިވެސް ބުނަންވީތަ މީވެސް މުސްލިމު ޤައުމެ ކޭ.މިހާރު ކާފަރުން ކުރާ ހުރިހާ ކަމެއް ތި ޤައުމުގަނޑެއްގައި ހުއްދަ އެބަ ކުރޭ

  2
  3