ފްރާންސްގެ ޕްރިސްގައި ހުންނަ އައިފެލް ޓަވަރާއި އެއްވަރުގެ މާސިންގާ ގިނިހިލައެއް މިރޭ ދުނިޔެއާއި ކައިރިން ދަތުރުކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ގިނަހިލަ ދަތުރުކުރާނެ ކަމަށް ބުނެފައިވަނީ އެމެރިކާގެ ގަޑިން ދަންވަރު 12:24 ހާއިރުއެވެ.

މިރޭ ދުނިޔެ ކައިރިން ދަތުރުކުރާނެ ކަމަށް ބުނާ ހިލަ އާއި ދުނިޔެއާއި ދެމެދުގައިވަނީ 7.2 މިލިއަން ކިލޯމީޓަރުގެ ދުރުމިނެއް ކަމަށް ނާސާއިން ރިޕޯޓު ކުރެއެވެ.

މިގިނިހިލަ މިރޭ ދުނިޔެއާއި ކައިރިން ދަތުރުކުރާއިރު, އާދައިގެ ޓެލެސްކޯޕުތަކަށް ފެންނާނެ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އަންދާޒާ ކޮށްފައިވާާ ގޮތުން, 2021ކޭޓީ ގިނިިހިލަ ފުޅާމިނުގައި 150-300 މީޓަރު ހުންނާނެއެވެ.

މި ގިނިހިލަ މިރޭ ދުނިޔެއާއި ކައިރިން ދަތުރު ކުރާނީ ގަޑިއަކު 64,000 ކިލޯމީޓަރު ބާރުމިނުގައި ކަމަށް ނާސާއިން ލަފާކުރެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ނާސާއިން ބުނެފައިވަނީ 2021ކޭޓީ އަކީ ނުރައްކާާ ގިނިހިލަ އަކަށް ވެދާނެ ކަަމަށެވެ. އެ އިދާރާއިން މިހެން ބުނެފައިވަނީ އެހިލައިގެ ބިޔަކަމާއި ދުނިޔެއާއި ދޭތެރޭގައި ހުރި ދުރުމިނަށް ބަލާފައެވެ. 7.84 ކިލޯމީޓަރަށް ވުރެ ކައިރިން އަދި 152 މީޓަރަށް ވުރެ ބިޔަ ނަމަ ނާސާއިން އެ ހިލައެއް ފާހަގަ ކޮށްފައިވަނީ ނުރައްކާވެދާނެ ކެޓެގަރީގައެވެ.

ނާސާއިން މިހާރު ދަނީ 26,000 އެއްހައި ގިނިހިލަ ދަތުރުކުރަމުންދާގޮތް ބަލައި ދިރާސާ ކުރަމުންނެވެ. ސެންޓަރ ފޯ ނިއާ އާތް އޮބްޖެކްޓް ސްޓަޑީސް (ސީއެންއީއެސް) އިން ރިޕޯޓުުރާ ގޮތުގައި މި ގިނިހިލަ ދުނިޔެއަށް ވެއްޓިދާނެ ކަމަށް ލަފާ ނުުކުރެވޭ ކަމަށެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އަޙްމަދް

  މީގެން ސަލާމަތް ވާން ވެކްސިނެއް ޖަހަން ނުޖެހޭތޯއެވެ.
  މީ ކޮންވައްތަރެއްގެ ވޭރިއަންޓެއް ތޯއެވެ.
  ކޮއްމެވެސް މީހަކު މިކަން ސާފު ކޮއްލާދީބަލަ ނިކަން.

  2
  1
 2. މިންޓް

  މަބުނީ ތިބުނާ ޓަވަރު ވަނީ ކިހާވަރެއްތަ.

  2
  1