ގަވާއިދާ ހިލާފަށް އިންޑިއާގައި ދިރިއުޅެމުންދިޔަ ސްރީލަންކާގެ 61 މީހަކު އިންޑިއާ ފުލުހުން ހައްޔަރުކޮށްފިއެވެ.
އިންޑިއާ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި މީހުން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ މެންގަލޫރް އިންނާއި މަޑުރައި އިންނެވެ. އެގޮތުން ކަރްނަތަކާގެ މަދޫރާއި އިން 38 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ޓަމިލްނާޑޫގެ މަދޫރާ އިން 23 މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ކަރްނަތަކާ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ލަންކާގެ ރައްޔިތުން އިންޑިއާ އަށް އެތެރެވެފައި ވަނީ މި އަހަރުގެ މާރިޗު މަހު ކަނޑުމަގުންނެވެ. އެމީހުން މަދޫރާއިގައި މަޑުކުރުމަށްފަހު އޭގެތެރެއިން ބައެއް މީހުން ބެންގަލޫރް އަށާއި މެންގަލުރް އަށް ދިޔަކަމަށް ފުލުހުން ބުނެއެވެ.
މެންގަލުރް ސިޓީ ޕޮލިސް ކޮމިޝަނާ ސާޝީ ކުމާރް ބުނީ ލަންކާގެ ގިނަ ބަޔަކު ހައްޔަރުކޮށްފައި ވަނީ ޓަމިލްނާޑޫ ފުލުހުން ދިން މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑުމެން ވަނީ ލަންކާ ރައްޔިތުން އެތެރެވުމަށް އެހީތެރިވެދިން އިންޑިއާގެ ހަތް މީހަކުވެސް ހައްޔަރުކޮށްފަ. މި މައްސަލަތައް ބަލަން ކަމާބެހޭ އިދާރާތަކަށް މިހާރު ވަނީ ފޮނުވާފައި" ސާޝީ ކުމާރް ބުންޏެވެ.
އިންޑިއާ ފުލުހުން ބުނާ ގޮތުގައި ލަންކާ ރައްޔިތުން ވަނީ އިންޑިއާގައި ތިބި އެމީހުންގެ އެޖެންޓުންނަށް ތިންލައްކަ އިންޑިޔަން ރުފިޔާ ދީފައެވެ. މި ފައިސާ އަކީ އެމީހުން ކެނެޑާއަށް ދިއުމަށް ދިން ފައިސާ ކަމަށް ފުލުހުން ބުންޏެވެ.
ގަވާއިދާ ހިލާފަށް ލަންކާ ރައްޔިތުން އިންޑިއާ އިން ކެނެޑާ އަށް ފޮނުވަން ޕްލޭންކޮށްފައި އޮތީ އަމިއްލަ ކޮންޓެއިނާ ބޯޓުތަކުގައެވެ. މި މައްސަލަ އިންޑިއާ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ލަނަކާގައި ގަވާއިދާ ޚިލާފަށް އުޅޭ މީހުން ހައްޔަރު. ދިވެހި ރާއްޖޭަގއި ގަވާއިދާ ޚިލާފްވާ މީހުންނަށް ވެކްސިން، އުޅޭނެތަން. ދިވެހި ރާއްޖެ އަކީ މިހާރު ލާމަސީލު ގައުމެއް.
ލަންކާ އެއް ނުން އިންޑިޔާ! އިންޑިޔާ ގަ ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ލަންކާ މީހުން ހައްޔަރު ކުރީ! ޢާނ ރާއްޖެ ނޫނިއްޔާ ދުނިޔޭގެ އެއވެސް ގައުމަކުން ގަވާއިދާ ހިލާފަށް އައިސް ތިބޭ މީހުން ނަށް ހިމާޔަތްދީ ވެކްސިންދީ ކާން ދީ ހިޔާވަހިކަން ނުދޭނެ! އެކަމަކު އާއިލާ އިން ބޭރު ކޮށްފަ ތިބި ފަތްބޯ ކުދިން ނިދާނެ ތަނެއް ނެތިގެން މިސްކިތްތަކަށް ވަދެ ނިދާ ގައިން ތާހިރު ވެ ހަދަނީ! މި މީހުން ނަށް ނެތް އަލި މަގެއް! މި ރާއްޖޭގެ މިނިސްޓްރީ ތައް ހުންނަނީ ބޭރުމީހުންނަށް ހިދުމަތް ދޭން! ވަކި މި ސަރުކާރެއް ނުން ހުރިހާ ވެރިކަމެއްގަ ވެސް