12 އަހަރުވަންދެން އިސްރާއިލުގެ ބޮޑުވަޒީރުކަން ކުރި ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އައިސް، އެ މަގާމާއި ކުރީގެ ޑިފެންސް މިނިސްޓަރުކަން ކޮށްފައިވާ ނަފްތަލީ ބެނެޓް ހަވާލުވެއްޖެއެެެވެ.

ބެނެޓަށް މަރުހަބާ ކިޔައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އިސްރާއިލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތައް ނިމުމެއް ނާންނާނެ ކަމަށާއި، ބެނެޓާއި ގުޅިގެން އިތުރަށް ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވައިޓްހައުސްއިން ބުނީ އާދިއްތަ ދުވަހު ބެނެޓާއި ބައިޑެން ވާހަކަ ދައްކަވާފައިވާކަމަށެވެ. އެމެރިކާއާއި އިސްރާއީލާއި ދެމެދު އޮންނަ ގުޅުންތައް ވަރުގަދަކޮށް މައްސަލަތަކާއި ކުރިމަތިލުމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ބައިޑަން ވިދާޅުވެފައިވެއެވެ. ސަރަޙައްދީ މައްސަލަތަކާއި ހާއްސަކޮށް އިރާނުގެ ނިޔުކްލިއަރ މައްސަލައާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ދެގައުމު ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށް ބައިޑަންނާއި ބެނެޓު އެއްބަސްވެ ވަޑައިގެންނެވިކަމަށް ވައިޓްހައުސްއިން ބުނެއެވެ.

އިސްރާއީލުގެ ގާނުހަދާ މަޖިލީހުގެ ރުހުން ހޯދުމަށް ނެގި ވޯޓުގައި އިދިކޮޅު ޕާޓީތަކުން އެކުލަވާލާފައިވާ އެކުވެރި އައު ސަރުކާރަށް 60 ވޯޓު ލިބުނެވެ. އައު ސަރުކާރާއި ދެކޮޅަށް ދީފައިވަނީ 59 ވޯޓެވެ. އެންމެ ވޯޓެއްގެ ތަފާތުން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އައިސް އެ މަގާމު ބެނެޓަށް ކަށަވަރު ވީއެވެ. ވެރިކަމުގެ ފުރަތަމަ އަހަރު ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާނީ ނަތަންތާހޫގެ ސަރުކާރާރުގައި ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ ނަފުތާލީ ބެނެޓެވެ. އޭގެ ފަހުން ދެން އެ މަގާމާއި ހަވާލުވެވަޑައިގަންނަވާނީ ޔަޝް އަތީދު ޕާޓީގެ ޔައިލް ލަޕީދެވެ. މިއީ އައު ސަރުކާރެއް އެކުލަވާލައި ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން ވެރިކަން ހިންގަން ނިންމާފައިވާ ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. اکف

    އިޒްރޭލުން ހުރިހާ ކަމެއް ފަށާފާ އެމީހުނަށް ސަލާމަތީބާރު

  2. ރަބަރޭ

    ބައިޑެއް ކަހަލަ މުސްކުޅި ބުއްޑާއެއް އިޒުރޭލުގެ ސަލާމަތުގައި ހުއްޓަސް ވަގުތު ޖެހޭއިރު އިޒުރޭލު ފަނާވެ ނެތި ހިގާދާނެ ﷲ އިރާދަ
    ކުރެއްވިއްޔާ

  3. ހުސެން

    މި ޓެރަރިސްޓް ދައުލަތް ހިމާޔަތް ކުރާނީ އަސްލު ޓެރަރިސްޓުން