ލީބިޔާ އިން އިޓަލީއަށް ހިޖުރަކުރުމަށް ދަތުރުކުރި އެކި ގައުމުތަކަށް ނިސްބަތްވާ 43 ރެފިއުޖީން ޣަރަގު ވެގެން މަރުވެއްޖެ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޣަރަގުވެގެން މަރުވި ރެފިއުޖީންގެ ތެރޭގައި ބަންގްލަދޭޝް އާއި މިސްރާއި، ސޫދާން އަދި އެރިޓިކާ އަށް ނިސްބަތްވާ މީހުން ހިމެނެއެވެ. އެމީހުން ދަތުރުކުރަމުން ދިޔަ އުޅަނދު ފެތި ޣަރަގުވެގެން އެމީހުން މަރުވީ ލީބިއާގެ ޒުވާރާ ނަމަކަށް ކިޔާ އަވަށުގެ ދެކުނުން ކަމަށް އޮފިޝަލުން ބުނެއެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި ރެފިއުޖީން ދަތުރު ކުރަމުން ދިޔަ އުޅަނގު ޣަރަގުވިއިރު އޭގައި ތިބި މީހުންގެ ތެރެއިން 84 މީހަކު ވަނީ ސަލާމަތް ކޮށްފައެވެ.
ލީބިއާ އާއި ޓިއުނޭޝިއާ އިން ޔޫރަޕަށް ކަނޑުމަގުން ދަތުރު ކުރަން އުޅުމުގެ ތެރޭގައި އެތައް ހާސް ބަޔަކު ވަނީ ފާއިތުވި ދިިހަ ވަރަކަށް އަހަރު ތެރޭގައި މަރުވެފައެވެ. މެޑިޓަރޭނިއަމް ކަނޑު ހުރަސްކޮށް ޔޫރަޕަށް ދަތުރު ކުރުމުގެ ތެރޭގައި ގިނަ ބަޔަކު މަރުވެގެން ދަނީ އެމީހުން ދަތުރުކުރާ އުޅަނދުތައް ކުދިވުމުންނާއި އުޅަނދުތަކަށް ނުކަތާވަރަށް ގިނަ މީހުން އުޅަނދުތަކަށް އަރާތީއެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާތަކުން ބުނާ ގޮތުގައި މެޑިޓަރޭނިއަމް ކަނޑު ހުރަސްކޮށް ޔޫރަޕަށް އެތެރެވުމަށް ދަތުރުކުރާ މީހުންގެ އަދަދު މިއަހަރު ވަނީ އަނެއްކާވެސް އިތުރުވެފައެވެ. މިއަހަރު މިހާތަނަށް 19000 އަށްވުރެ ގިނަ މީހުން ވަނީ މެޑިޓަރޭނިއަމް ކަނޑު ހުރަސްކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރު މިމުއްދަތުގައި ދަތުރުކުރި މީހުންގެ އަދަދު އަރަނީ 6700 އަށެވެ.
ފައްތާލީ...ތީ އާންމު ކަމެއް...
މިމީހުން މުޅި ޔޫރަޕު ހަލާކުކޮށްފި. ގޮ އްސަވެސް މަޑަކުން ނުހުރެވޭ. ހަމަ ސޫދާނުގަޔާ އަނެ އްތަނެ އްގަ ތެޅޭހެން ތެޅެނީ