ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އިން ކޮންޓްރޯލްކުރާ އެމެރިކާގެ ނޫސް އެޖެންސީތަކާއި މެގަޒިންތަކަށް މިލިއަނުން ފައިސާ ދީފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފިނޭންޝިއަލް ޓައިމްސް ފަދަ ބޮޑެތި ނޫސް އެޖެންސީތަކަށް އިސްތިހާރުކުރުމަށް ޗައިނާ ޑެއިލީއިން 1.6 މިލިއަން ޑޮލަރަށް ވުރެ ގިނައިން ފައިސާ ހަރަދު ކޮށްފައިވެއެވެ. އަދި ބެއިޖިންގްއިން ކޮންޓްރޯލް ކުރާ ނޫސް އެޖެންސީއަކުން އެ އެޖެންސީއިން ޝާއިއުކުރާ ލިޔުންތައް ނަކަލުކުރުމަށް އެމެރިކާގެ ނޫސް އެޖެންސީތަކަށް އެ މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ޖަސްޓިސް ޑިޕާޓުމެންޓުގެ ރިކޯޑުތައް ބުނެއެވެ.

ޗައިނާ ސަރުކާރުގެ އަމަލުތައް ނޫސް އެޖެންސީއިން ބޭނުންވާ ވަކި ގޮތަކަށް ގެނެސްދީފައިވާ ކަމަށް ބުނެ އެމެރިކާގެ ބައެއް ނޫސްތަކަށް ތުހުމަތު ކޮށްފައިވެއެވެ.

ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ޗައިނާ ޑެއިލީ އިން އިސްތިހާރުތަކަށް ހޭދަކުރާ މިންވަރު ވަނީ 36 އިންސައްތައަށް ބޮޑުކޮށްފައެވެ. އަދި 3.3 މިލިއަން ޑޮލަރުން 4.5 މިލިއަން ޑޮލަރަށް އެ އަދަދު އުފުލިގެން ގޮސްފައިވެއެވެ. ޓައިމް މެގަޒިންއިން 7000 ޑޮލަރު އިސްތިހާރު ކުރުމަށް ނަގާފައިވާއިރު ފޮއިން ޕޮލިސީއާއި ފިނޭންޝިއަލް ޓައިމްސްއަށް 291000 ޑޮލަރު ލިބިފައިވެއެވެ.

ކުއިންސީ އިންސްޓިޓިއުޓް އޮފް ސްކޮލާސްއިން ވަނީ ޗައިނާ ސަރުކާރާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދިފާއުކޮށްފައެވެ. އޭގެ ތެރޭގައި ޗައިނާ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް ހިމެނެއެވެ.

ޗައިނާ ޑެއިލިއާއި އެކުގައި މަސައްކަތް ކުރާ ގިނަ ނޫސް އެޖެންސީތަކަށް ފައިސާގެ ދަތިކަން އަންނަނީ ދިމާވަމުންނެވެ. ބައެއް ނޫސްތަކަށް މާލީ ފައިދާއެއް ނުލިބޭތާ އަހަރުތަކެއް ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.