ސްޓޭޑިއަމެއް ވަރު ގިނިހިލައެއް ދުނިޔެއާއި ވަރަށް ކާރިން ދަތުރު ކުރާނެ ކަމަށް ނާސާއިން ބުނެފިއެވެ.

ނާސާއިން ބުނީ، ދިގުމިނުގައި 220 މީޓަރު ހުންނަ އެ ގިނިހިލަ ދުނިޔެއާއި ކައިރިން ދަތުރު ކުރާނީ މި ހަފްތާގެ ތެރޭގައި ކަމަށާއި އެ ދަތުރު ކުރާނީ ގަޑިއަކު 18،000 މޭލު ބާރު މިނުގައި ކަމަށެވެ. އެއީ ސިކުންތަކި 8 ކިލޯމީޓަރު ބާރުމިނެވެ.

‘2008 Go20’ ނަމުން ނަންދީފައިވާ މި ގިނިހިލަ ދަތުރު ކުރަނީ މިމަހުގެ 24 ވަނަ ދުވަހު ދުނިޔެއާއި 28,79,847,607 ކިލޯމީޓަރު ދުރުންނެވެ.

ދުނިޔެއާއި ކައިރިން ގިނިހިލައެއް ދަތުރު ކުރާނެ ކަމަށް ނާސާއިން ބުނި ނަމަވެސް، 2004 ވަނަ އަހަރު ދުނިޔެއާއި އެންމެ ކައިރިން ދަތުރު ކުރި "އެޕޯޕިސް" ގިނިހިލައިގެ ފަހުން ދުނިޔެއަށް ނުރައްކާތެރި ގިނިހިލައެއް ކުރިއަށް އޮތް 100 އަހަރު ވެސް ނާންނާނެ ކަމަށް ޖައްވީ އިދާރާއިން ވަނީ ބުނެފައެވެ.

ޖައްވީ އިދާރާއިން ބުނެފައިވަނީ މީގެ ކުރިން 2029 ވަނަ އަހަރާއި 2036 އަހަރާ ދޭތެރޭގައި ދުނިޔެއާ ކައިރިއަށް އެޕޯފިސް ދަތުރު ކުރާނެ ކަމުގެ ކަންބޮޑުވުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް، 2068 ވަނަ އަހަރުގައި މި ހިލައިގެ ސަބަބުން ދުނިޔެއަށް ނުރައްކާ ވެދާނެ ކަމަށް ބުނެފައިވެއެވެ. ޖައްވީ އިދާރާ އިން މިފަހުގެ ހޯދުންތަކަށް ބިނާކޮށް ބުނެފައިވަނީ އެޕޯފިސް ހިލައިގެ ސަބަބުން 2068 ވަނަ އަހަރު ދުނިޔެއަށް ނުރައްކަލެއް ނެތް ކަމަށެވެ.