ކޮވިޑް-19 ބަލި ޖައްސާ އާވައްތަރެއްގެ ވައިރަހެއް ނުވަތަ ކޮވިޑްގެ އާވޭރިއަންޓެއް އިނގިރޭސިވިލާތުން ފެނިފައިވާ ކަމަށާއި، އެވޭރިއަންޓްގެ ކަންކަން ތަހްގީގު ކުރަމުން ގެންދާ ކަމަށް އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ އޮފިޝަލުން ބުނާ ގޮތުގައި މިވޭރިއަންޓްގެ ސައިންޓިފިކް ނަމަކީ B.1.621 އެވެ. އިނގިރޭސިވިލާތުގެ އޮފިޝަލުން ބުނާ ގޮތުގައި އިނގިރޭސިވިލާތުން އަލަށް ފެނިގެން އުޅޭ ވޭރިއަންޓް އެގައުމުގައި ފެތުރެމުންދާކަމެއް އަދި ކަށަވަރެއް ނުކުރެވެއެވެ. މިހާތަނަށް މިވޭރިއަންޓް ފެނިފައި ވަނީ އެހެން ގައުމުތަކުން އިނގިރޭސިވިލާތައް ދަތުރު ކޮށްފައިވާ މީހުންގެ ގައިން ކަމަށް ވެސް އެގައުމުގެ އޮފިޝަލުން ވިދާޅުވެއެވެ.
މިވޭރިއަންޓްގެ ތަފްސީލް މައުލޫމާތުތައް އަދި ނުލިބޭތީ މިވޭރިއަންޓް ފަސޭހައިން ފެތުރޭކަމެއް، ނުވަތަ ވޭރިއަންޓް ޖެހޭ މީހުންގެ ފުރާނަައަށް ނުރައްކާވާ މިންވަރު އިތުރުވާކަމެއް ވެސް ކަށަވަރެއް ނުވެއެވެ. އަދި ވެކްސިން ދީފައިވާ މީހުން މިވޭރިއަންޓުން ރައްކާތެރި ކޮށްދޭ މިންވަރެއް ވެސް މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.
އިނގިރޭސިވިލާތުގެ އޮފިޝަލުން ބުނާ ގޮތުގައި އާވެރިއަންޓަށް މިހާތަނަށް 16 މީހަކު ވަނީ ފައްސިވެފައެވެ. އޭގެތެރެއިން ދިހަ މީހުންނަކީ ލަންޑަންގައި ދިރިއުޅޭ މީހުންނެވެ.
ކޮވިޑް-19 ނައްތާނުލެވި ގިނަ ދުވަސް ވަމުންދާ ވަރަކަށް ތަފާތު ވައްތަރުތަކުގެ ވޭރިއަންޓްތައް ފެތުރެމުން ދާނެކަމަށް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ. މިހާރު ވެސް ވަރަށް ގިނަ ވޭރިއަންޓްތައް ފެނިފައި ވެއެވެ. ނަމަވެސް އަދި މިހާތަނަށް ވެކްސިނަށް ނުގުޑާ ވޭރިއަންޓެއް ފާހަގަ ކުރެވިފައެއް ނުވެއެވެ.
ހުރިހާ ވައްތަރެއްގެ ވައިރަހަކަށް ވެސް ބަދަލުތައް އަންނަމުން ދެއެވެ. ކޮންމެ އަހަރަކު ބައެއް ބާވަތްތަކުގެ ވެކްސިންތައް ޖަހަން ޖެހެނީ ވެސް ކޮންމެ އަހަރަކު ވައިރަހަކަށް ބަދަލުތައް އަންނަމުން ދާތީއެވެ. ކޮވިޑްގެ ވޭރިއަންޓްތައް ވެސް ފެތުރެމުން އަންނާތީ ކުރިއަށް އޮތްތަނުގައި ކޮންމެ އަހަރަކު ކޮވިޑް ވެކްސިން ޖަހަން ޖެހިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރެއެވެ.
ތިވާނީ މިޤަޢުމުގެ ބުއްޅަބޭކަމަށް، އިންޑިއަން މިކްސަރެއް އެއީ
އިގިރޭސި ވިލާތުން ރާއްޖެއަށް މީހަކު އަޔަދީގެންނުވާނެ
ވެކްސިނަށް ގުޑާ ވޭރިއަންޓެއް ވެސް މިހާތަނަށް ފެނިފައެއްނުވޭ 😂