ކޮވިޑް-19 ފުރަތަމަ ޖެހުނު މީހާ ދެނެގަތުން އެއީ ކޮވިޑްގެ އަސްލު ދެނެގަތުމަށް ވަރަށް މުހިއްމު ކަމަކަށް ވަނީ ވެފައެވެ. ކޮވިޑް އިންސާނުންގެ ތެރެއަށް ފެތުރިގެން އައި ގޮތް ދެނެގަތުމަށާއި އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކާރިސާއަކުން ސަލާމަތްވެ ތިބުމަށް ވެސް ކޮވިޑް-19 ފުރަތަމަ ޖެހުނު މީހާ ނުވަތަ "ޕޭޝަންޓް ޒީރޯ" ހޯދުމުގެ މުހިއްމުކަން ވަރަށް ބޮޑެވެ. ނަމަވެސް އެއީ ކުރެވިދާނެ ކަމެއްކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮވިޑްގެ އަސްލު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކުރިއަށް ގެންދާ ތަހްގީގުގެ ދެވަނަ ބުރަށް އެއްބާރުލުން ނުދޭނެކަން ޗައިނާ އިން ވަނީ މިދިޔަ ހަފްތާގައި އިއުލާން ކޮށްފައެވެ. އެއީ ކޮވިޑް ފުރަތަމަ ޖެހުނު މީހާ ނުވަތަ ކޮވިޑް އިންސާނުންގެ ތެރެއަށް ފެތުރިގެން ދިޔަ ގޮތް ދެނެގަތުމަށް ކުރަމުން އަންނަ މަސައްކަތައް އެޅުނު ބޮޑު ހުރަހެކެވެ.

ދުނިޔެ އަށް މީގެ ކުރިން ކުރިމަތިވެފައިވާ ބަލިމަޑުކަންތަކަށް ބަލާއިރު ވެސް ފުރަތަމަ ބަލި ޖެހުނު މީހުން ދެނެގަތުމުގައި ދަތިތައް ކުރިމަތިވެފައި ވެއެވެ. މިސާލަކަށް ފުރަތަމަ އެޗްއައިވީ ޖެހުނު މީހާ ކަމަށް ސައިންސްވެރިން ކުރިން ގަބޫލުކުރި މީހަކީ ހަގީގަތުގައި ފުރަތަމަ އެޗްއައިވީ ޖެހުނު މީހާ ނޫންކަމަށް މިހާރު ވަނީ ނިންމާފައެވެ.

އެބޯލާ އެންމެ ފަހުން ފެތުރިގެން ދިޔައީ ދެއަހަރުގެ ކުއްޖެއްގެ ގައިން ކަމަށް ސައިންސްވެރިން ނިންމި ނަމަވެސް އެކުއްޖާ އަށް އެބޯލާ ޖެހުނު ގޮތެއް ނޭނގެއެވެ. އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ ވާލެއްގެ ފަރާތުން އެބޯލާ ކުއްޖާގެ ގަޔަށް އެރިކަމަށް ކަމުގައި ވީނަމަވެސް އެކަން ވެސް މުޅިން ކަށަވަރެއް ނުވެއެވެ.

ކޮވިޑް އިންސާނުންގެ ގަޔަށް ފުރަތަމަ ފެތުރުނު ގޮތާއި ގުޅޭ ގޮތުން ވެސް ވަރަށް ގިނަ ތިއަރީތައް އެބަހުއްޓެވެ. އޭގެތެރެއިން އެއް ތިއަރީއަކީ ވާލެއްގެ ފަރާތުން އިންސާނެއްގެ ގަޔަށް ވައިރަސް އެރުމެވެ. އަނެއް ތިއަރީއަކީ ރާމާމަކުނެއްގެ ގައިން އިންސާނެއްގެ ގަޔަށް ވައިރަސް އެރުމެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ކޮވިޑް ވައިރަހަށް އަންނަ ބަދަލުތައް ދިރާސާ ކުރުމަށް ފަހު ފުރަތަމަ ކޮވިޑް އިންސާނުންގެ ހަށިގަނޑަށް ވާސިލްވި ދުވަހެއް ކަށަވަރު ކުރެވިދާނެއެވެ. އަދި ވައިރަސް ފުރަތަމަ އިންސާނންގެ ހަށިގަނޑަށް ވާސިލްވީ ކޮން ސަރަހައްދަކުން ކަން ވެސް ގާތްގަނޑަކަށް ކަށަވަރު ކުރެވިދާނެއެވެ. ނަމަވެސް ފުރަތަމަ ކޮވިޑް ޖެހުނު މީހާ ދެނެގަނެވުން އެއީ މުސްތަހީލު ކަމެކެވެ. އެކަމަށްވުމަށްވުރެ ގާތީ ނުވުމެވެ.

ކޮވިޑްގެ އަސްލު ދެނެގަތުމަށް ކުރަމުން އަންނަ މަސައްކަތް އަދި ވެސް އޮތީ ކުރިއަށެވެ. އެހެންކަމުން މިމައުލޫގައި އަދި ކުރިއަށް ހުރި ދުވަސްތަކުގައި ވެސް އިތުރު މައުލޫމާތުތައް ލިބެމުން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަޙްމަދް

  ކޮވިޑް19އޭ ކިޔާ އެއްޗެއް ނެތް.
  ވުޖޫދުގައި ނެތް އެއްޗެއް ހޯދިދާނެތަ؟
  ލިޔާނެ ޚަބަރެއް ނޭންގެެއްޏާ ބޮނބިތަޅަން ދޭ.
  މަށައްވަރިހަމަ ކަލޭމެން މިކޮމެންޓު ޝާޢިއުކުރިއަސް ނުކުރިއަސް ކާލޭމެން ކިޔާފީމުތާ އެވެ.

  1
  2
 2. ޓާ

  އިޓް އިޒް %99.99 އިންޕޮސިބަލް.

 3. އަބްދޫ

  ފުރަތަމަ ކޮވިޑް ޖެހުނު މީހާ ހުރީ އެމެރިކާގަ. އެހެން ގައުމަކުން އެމީހާ ހޯދަން އުޅުނަސް ނުފެންނާނެ. އަފްރާސީމައި ރިޒްވާނުގެ މަރުގެ ހަގީގަތް އެގިއްޖެތަ؟ އެކަން ކުރި މީހުން މިއުލެނީ އެކަމުގެ ހަގީގަތް ހޯދަންވެސް މިގޮތަށް ދުވަހަކުވެސް މިހަގީގަތްތަކެއް ނޭގޭނެ.