ހޮންކޮންގައި ނޫސްވެރިންތަކެއްގެ ގެ ބަލައި ފާސް ކުރި ސަބަބުން ހޯދަން އިންޓަނޭޝަނަލް ފެޑެރަލް އޮފް ޖާނަލިސްޓް (އައިއެފްޖީ) އިން އެދެފިއެވެ.

އެ ގައުމުގައި ހަރަކާތްތެރިވާ ނޫސްވެރިންތަކެއްގެ ގެތައް ބަލައި ފާސްކުރި ސަބަބާއި، ދަތުރުކޮށްފައިވާ ތަންތަނާއި ގުޅިގެން ލިޔެކިޔުންތަކެއް ފުލުުހުން ނަގާފައިވާ ސަބަބު ހޯދަން އިންޓަނޭޝަނަލް ފެޑެރަލް އޮފް ޖާނަލިސްޓް (އައިއެފްޖީ) އިން ވަނީ ބަޔާނެއް ނެރެފައެވެ.

އައިއެފްޖީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހޮނކޮންގްގެ ފުލުހުން މަޖުބޫރުކޮށްގެން ނޭޝަނަލް ސެކިއުރިޓީ ޔުނިޓުން ނޫސްވެެރިންގެ ގެތައް ބަަލައި ފާސްކޮށްފައިވަނީ ޖުލައި މަހުގެ 26ވަނަ ދުވަހު ކަމަށެވެ. އަދި ދަތުރުކޮށްފައިވާ މިސްރާބުތަކުގެ ލިޔުންތަކާއި، މޯބައިލް ފޯނުތަކާއި ކޮމްޕިއުޓަރ ތަކުގެ ޑޭޓާވެސް ނަގާފައިވާކަމަށް ބުނެފައިވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހު ކައުސްވޭ ބޭގައި އާންމުންގެ މީހަކު ފުލުހަކަށް ވަޅިން ހަމަލާދެނިކޮށް ފެނުން މައްސަލަ ރިޕޯޓަރަކު ރިކޯޑު ކުރުމާ ގުޅިގެންނެެވެ.

ސީކްރެޓް ޗައިނާގެ 56އ ރިޕޯޓަރުގެ ކިބައިން އެދިފައިވަނީ ވަން ޗައި ޕޮލިސް ސްޓޭޝަނަށް ގޮސް އެ ހަމަލާގެ މަންޒަރު ފެނުންކަމަށް ބުނެ ބަޔާން ދިނުމަށެވެ. ހޮންކޮންގް ޖާނަލިސްޓް އެސޯސިއޭޝަން، އެޗްކޭޖޭއޭއިން ބުނެފައިވަނީ އިތުރު ބަޔާނެއް ހޯދުމަށް އެ ރިޕޯޓަރ ދިރިއުޅެމުންދާ ގެޔަށް ފުލުހުން ގޮސްފައިވާކަން ނޫސްވެރިންނާއި ހިއްސާ ނުކުރާ ކަމަށެވެ.

އެޗްކޭޖޭއޭއިން ފުލުހުންނަށް ކުރިމަތިކޮށްފައިވާ ސުވާލަކީ މައްސަލައިގެ ތަހުގީގަށް ރިޕޯޓަރުގެ ފަރާތުން އެހީތެރިކަން ލިބެމުންދޭތޯއެވެ. އަދި އެކަން އެހެން ވަމުންދާނަމަ އެ ރިޕޯޓަރުގެ ގެ ބަލައި ފާސްކޮށް ދަތުރު ކޮށްފައިވާ މަންޒިލްތަކުގެ މައުލޫމާތު ނަގަންވީ ކީއްވެތޯއެވެ.

ހޮންކޮންގްގެ ސަރުކާރުން އަންނަނީ ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މީގެ ދެ ހަފްތާ ކުރިން އެޕަލް ޑެއިލީ ނޫސް ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަން ޔޫރަޕިއަން ޕާލިމެންޓުން ކުށްވެެރިކޮށް، ޔޫރަޕިއަން ޕާލިމެންޓުން އަންނަނީ އެ ސިޓީގެ ނޫސްވެރިންގެ މިނިވަންކަން އަނބުރާ ހޯދައިދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ޕާލިމެންޓުން ވަނީ ނޫސްވެރިންގެ މައްޗަށް ކުރަމުން އަންނަ ދައުވާތައް އެއްވެސް ޝަރުތަކާ ނުލާ ބާތިލް ކުރުމަށް ގޮވާލައިފައެވެ.