އަފްޣާނިސްތާނުގެ ސަލާމަތީ ފައުޖުތަކާއި ހެރާޓް ސިޓީއަށް ތާލިބާނުން ވެރިވެގަނެ ހަމަނުޖެހުން އުފައްދަމުން އަންނަތާ ހަ ދުވަސް ވެފައިވާތީ އަފްޣާނިސްތާނުގެ ރައްޔިތުން ރަތަށް އަރައިފިއެވެ.

ނިރުބަވެރި ހަމަލާތަކާއި، ނިރުބަވެރިންގެ ހަބެއްގެ ގޮތުގައި ލޭބަލް ވެފައިވާ އަފްޣާނިސްތާނުގައި ތާލިބާނުގެ އަސްކަރީ ފައުޖުތައް ހަރަކާތްތެރިވެ ހަމަލާތައް ދޭން ފަށާފައިވަނީ ތާލިބާނާއި އެމެރިކާއާ ދެމެދުގައި ވެފައިވާ އެއްބަސްވުމަކާ އެއްގޮތަށް އަފްޣާނުގައި ތިބި އެމެރިކާ ސިފައިން އަފްޣާނުން ފައިބަން ފެށުމާ އެކުއެވެ. އެ އެއްބަސްވުމުގެ ދަށުން އެމެރިކާގައި ތިބި ނޭޓޯގެ ފައުޖުތައް ވެސް ވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ.

އެއާއެކު ތާލިބާނުން އަފްޣާނިސްތާނާއި އިރާނާއި ގުޅޭ ސަރަހައްދީ ރޮނގު ބަންދުކޮށް، އަފްޣާނިސްތާނުގެ އެއާޕޯޓުތަކަށާއި އދ.ގެ ހެޑްކުއާޓާއަށް ވަނީ ހަމަލާދީފައެވެ. އަދި އަފްޣާނިސްތާނުގެ ރައްޔިތުން "الله أكبر" މިފަދައިން ކިޔައި އަފްޣާނިސްތާނުގެ ސަރުކާރުގެ ފައުޖުތަކަށް ހަމަލާތަކުން ދިފާއުވުމަށް ކުރާ މަސައްކަތަށް ތަރުހީބު ދީފައިވެއެވެ.

މިލިޓަރީ އޮފް ޑިފެންސްއިން ބުނީ ހެރާޓް ސިޓީގައި ތާލިބާނުންގެ ފައުޖުތަކުގެ މީހުން ގިނަވެ، ބިރުވެރިކަން އިތުރުވެފައިވަނިކޮށް އަފްޣާނިސްތާނުގެ ސިފައިން ކުރިޔަށް ގެންދިޔަ އެއްގަމާއި ވައިގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އޮޕަރޭޝަންގެ ތެރެއިން ތާލިބާނުންގެ 41 ހަނގުރާމަވެރިޔަކު މަރުވެފައިވާ ކަމަށާއި، 30 އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވާ ކަމަށެވެ.

ތާލިބާނުންގެ ހަމަލާތައް އިތުރުވާން ފެށުމުން އަފްޣާންގެ ރައްޔިތުން ވަނީ ހަތިޔާރުތައް އުފައްދައި، ޖަމާއަތްތަކެއް ހަދައި ތާލިބާނާއި ދެކޮޅަށް ނުކުންނާނެ ކަމަށް ބުނެފައެވެ.

ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި އަފްޣާނިސްތާނުގެ ސިޓީތަކަށް ތާލިބާނުންގެ ހަމަލާތައް އަމާޒުވެ، ބައެއް އޮފިސްތަކުން މުހިންމު ލިޔެކިޔުންތައް ހޯދަން ތާލިބާނުން މަސައްކަތް ކޮށްފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ހަމަލާތަކާއި ގުޅިގެން އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ މީހުން ތުރުކީ އާއި އެމެރިކާއަށް ހިޖުރަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް، ތުރުކީގެ ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް އެގައުމުގެ ހިމާޔަތާއި ރައްކާތެރިކަން ދެވެން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައިރާން

    މައްސަލަ ހައްލުކުރެވޭނީ ދެފަރާތުން ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް އާދެވިގެން. އެހެންނޫނީ މީގެ 20 އަހަރުކުރިން އޮތްފަދަ ހާލަތަކަށް އަފްޣާނިސްތާން ބަދަލުވުމަކީ ދުރުކަމެއްނޫން.

  2. ޙުސައިން

    ޕުރޮޕެންޑާ ޙަބަެރެއްހެން ހީވޭ. އެ މެރިކާ ސިފައިން ފައްސާލީ ތާލުބާނުންގެ ހިތްވަރުން. ދޮލަރ ލިބޭތީ ބޮޑުބޭބެ ނުކިޔާ ތާލިބާނުން ހިތްވަރުކުރީ މާ މިއަދު އެ މެރިކާ އެދިޔައީ

  3. ޢަޖައިބު

    ހައިރާން ކައިރީ އަހާލަންއޮތީ 20 އަހަރު ފަހުން އޮތީ ކިހިނެއްހޭ، 20 އަހަރުތެރޭ އޮތީ ކިހިނެއްތޯ ބަލާލާށޭ