އިންޑިއާގެ މެގާ ސްޓަރ އަމީތާބް ބަޗަން ދިރިއުޅޭ ގެއާއި، އަދި މުމްބާއީ ރޭލްވޭ ސްޓޭޝަންތަކެއް ހިމެނޭހެން ހަތަރު ތަނެއްގައި ބޮން ހަރުކޮށްފައިވާ ކަމަށް ބުނެ، އިންޑިއާ ފުލުހުންނަށް ލިބުނު ފޯން ކޯލަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި ފޯން ކޯލް ފުލުހުންނަށް ލިބިފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުންނަށް ލިބުނު އެ ފޯން ކޯލާއި ގުޅިގެން އަމީތާބް ދިރިއުޅޭ ގެއާއި، މުމްބާއީގެ ތިން ސްޓޭޝަނެއްގެ ސެކިއުރިޓީ ވަނީ ވަރަށް ބޮަޑަށް ވަރުގަދަކޮށްފައެވެ. ފުލުހުންނަށް އައި އެ ކޯލްގައި ބުނީ، އެ ތަންތަނުގައި ބޮން ހަރުކޮށްފައިވާ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިއިން ތަނަކުން ނެތް އެކަހަލަ ތުހުމަތެއް ކުރެވޭ އެއްޗެއް ފެނިފައެއް". ފުލުހުން ބުނެފައި ވެއެވެ.

މުމްބާއީ ފުލުހުންގެ މައި ކޮންޓްރޯލް ރޫމަށް ރޭ 8:53 ހާއިރު އައިފޯން ކޯލްގައި ބުނެފައި ވަނީ، ޖުހޫގައި ހުންނަ އަމީތާބްގެ ގޭގައި އާއި ތިން ސްޓޭޝަނެއްގައި ބޮޮން ހަރުކޮށްފައިވާ ކަމަށެވެ.

"އެ ފޯން ކޯލް ލިބުމާއެކު ސަރުކާރުގެ ރެއިލްވޭ ފުލުހުންނާއި، ރެއިލްވޭ ޕްރޮޓެކްޝަން ފޯސް އާއި ބޮމްބް ޑިޓެކްޝަން އެންދް ޑިސްޕޯސަލް ސްކޮޑްގެ އިތުރުން ކުއްތާ ސްކޮޑާއި، ފުލުހުން ވަނީ އެ ސަރަހައްދަށް ވަގުތުން ގޮސް، އޮޕަރޭޝަން ފަށާފައި". ފުލުހުން ބުނެފައި ވެއެވެ.

އެހެން ނަމަވެސް ފުލުހުން މިހާތަނަށް ބެލި ބެލުމުން އެފަދަ އެއްޗެއް ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި ފުލުހުން ވަނީ ބައިތިއްބާފައެވެ. އަދި މިކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަަމަށްވެސް ބުނެފައި ވެއެވެ.