އިންޑިއާ އެއާ ފޯސްގެ ސިއްރު މައުލޫމާތު ތަކެއް ލީކް ކުރި ކަމުގެ ތުހުމަތުގައި އެ އެއާ ފޯސްގެ ފަސްޓް އޮފިސަރަކު ހައްޔަރު ކޮށްފި ކަމަށް ހިންދުސްތާން ޓައިމްސްގައި ރިޕޯޓް ކޮށްފިއެވެ.
ސްޕެޝިއަލް ކޮމިސަނަރ އޮފް ދިއްލީ ޕޮލީސްގެ ތަރުޖަމާނު ބުނީ 51 އަހަރުގެ ކެޕްޓަން ވަނީ އިންޑިއާގެ ސީކްރެޓް ޑިފެންސްގެ މައުލޫމާތު ތަކަކާއި ފޮޓޯތަކާއި އިސް ބައެއް އޮފިސަރުންގެ ޒާތީ މައުލޫމާތު ލީކް ކޮށްލާފައެވެ.
އަދި އޭނާ ވަނީ ފޯން ގެންގުޅުން މަނާ ސަރަހައްދެއްގައި ފޯން ގެންގުޅެމުން ދަނިކޮށް ހެއްކާއެކު އަތުލައި ހައްޔަރުކޮށްފައެވެ.
އިންޑިއާ ޓުޑޭ އިން ރިޕޯޓްކޮށްފައިވާގޮތުން އިންޑިއަން އެއާ ފޯސްގެ އޮފިސަރުން އޭނާ އަތުލައިގަނެ ކުރި ތަހުގީގުން އޭނާ އެކަން ކުރިކަމަށް ވަނީ އެއްބަސްވެފައެވެ. އޭނާ މިހާރުވަނީ ހެއްކާއެކު އިންޑިއާ ފުލުހުންނާއި ހަވާލުކޮށްފައެވެ.
އޭނާގެ މައްޗަށް އިންޑިއާގެ ސަލާމަތާ ގުޅުންހުރި މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ އުފުލުމަށްވަނީ ނިންމާފައެވެ.
މީގެ ކުރިންވެސް އިންޑިއަން އެއާ ފޯސްގެ އިސް އޮފިސަރަކު ވަނީ ސިއްރު މައުލޫމާތު ލީކް ކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށް ހުކުމް ކޮށްފައެވެ. އެފަހަރު އޭނާ ވަނީ އިންޑިއާގެ އެއާ ފޯސްގެ ސިއްރު ފަރިތަކުރުންތަކުގެ ފޮޓޯ އާއި އިންޑިއާގެ އެއާ ފޯސް އިން އުފައްދާ ސިއްރު ބޯޓް ތަކުގެ ފޮޓޯއާއި މައުލޫމާތު އަދި ސިއްރު ބޭސްތަކުގެ މައުލޫމާތު ލީކްކޮށްލާފައެވެ.
ވަގުތުން އޭނަ ދޫކޮށްލނ ގޮވާލަން
ތިޔައީ މިގައުމުގަ މިއުޅޭ ރީލޯޑް ކަހަލަ މީހުން
މީނާ ވަގުތުން ދޫކޮށްލުމަށް އިންޑީޔާ ސަރުކާރަށް ގޮވާލަން، އިންސާނީ ޙައްޤުތަކާއި ޚިޔާލު ފަޅުކުރުމުގެ މިނިވަންކަން މީނާގެ ކިބައިން ނުގުޅައިގެންފައިވާތީ އެކަމާއި ހިތާމަ ކުރަން، އަދި މީނާގެ މައްޗަށް އެއްވެސް ކޯޓެއްގައި އެއްވެސް ދަޢުވާއެއް ނުކުރުމަށާއި އޭނާއަށް ލިބގެންވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ފުރިހަމައަށް ދިނުމަށްވެސް ގޮވާލަން، އަދި މިކަން ހައްލުކުރުމަށްޓަކައި އދ،ގެ ވަފްދެއް ކާރި ވަގުތެއްގައި ފޮނުވޭތޯ މިދަނީ ބަލަމުން. މީނާއި މެދު އިންޑިޔާއިން ކަންތައް ކުރާގޮތެއް ވަރަށް ކާރިން ދުރުމި އަޅައިގެން ބަލަމުންދާކަންވެސް ދަންވާލަން.
މީނަ ވަގުތުން ދޫކޮށްލުމަށް ގޮވާލަން؛؛؛؛؛؛؛؛؛ މީ ސިޔާސީގޮތުން ތި އޮފިސަރު ފްރޭމްކުރަން ކުރާކަމެއް؛؛؛؛؛؛؛؛ ވަގުތުން މިކަންހުއްޓާލާ އޮފިސަރު މިނިވަންކުރަންދެން އިންޑިޔާ ރައްޔިތުން ގެޔަށްނުވަދެ މަގުމަތީ ތިބުމަށް ގޮވާލަން؛؛؛؛؛؛؛؛؛
މިހާރުން މިހާރަށް ދޫކޮށްލާ
ފްރޭމް ކޮށްފަތިއޮތީ..
ތިޔައީ މިއުޅޭ މަހްލޫފް ކަހަލަ މީހެއް. ކޮބާ އަންނި.. އޭނަ ދޫކޮށްލަން ގޮވާލާ އަވަހަށް.
މިކަމަށް ފުރޭމް ކުރުމަކޭ ކިޔާނެބާ؟