ކޮވިޑް-19 އިން ދިފާއުވުމަށް ދެމުން އަންނަ ވެކްސިން ފުރިހަމަ ނުކޮށް ހުރި ސިއްހަތު ރަނގަޅު ފިރިހެނަކު އަލަބަމާގެ ސިޓީއެއް ކަމަށްވާ މޮންޓްގޯމެރީން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ތިން ކުދިންގެ ބައްޕަ ކޮވިޑްގައި މަރުވެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އޭގެ ކުރިން އެ ފިރިހެން މީހާއާއި އެ އަންހެން މީހާ ބުނެފައިވަނީ އެމީހުންނަކީ ކޮވިޑްގެ ހިރާސް ކުޑަ ބައެއް ކަމުން ވެކްސިން ޖެހުމުގެ ދެ ވިސްނުމެއް ގެންގުޅުނު ކަމަށެވެ.

އެހެން ނަމަވެސް ޖުލައި މަހުގެ 20 ވަނަ ދުވަހު އޮފީހުން ގެއަށް އައިއިރު، އޭނާ ހުރީ ސައިނަސް މައްސަލަ ޖެހިފައެވެ. އޭގެ ފަހުން އޭނާ މަރުވެފައިވަނީ އަލަބަމާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ދުންފަތުގެ އިސްތުމާލު ވެސް ނުކުރާ ފިރިމީހާ ސަލާމަތް ކުރުމަށް ޑޮކްޓަރުން ކުރި ބުރަ މަސައްކަތް އޭނާގެ އަނބިމީހާއަށް ވަނީ ބުނެފައެވެ. އެ މަންޒަރު ފެނި އޭނާގެ ލޮލުން ވަނީ ކަރުނަ އަޅާފައެވެ.

"ނަރުހުން ބުނާނެ ޕަލްސް ބޭނުމޭ. އެ އަޑު އިވޭ އަހަރެންނަށް. ދެން ބުނާނެ ޕަލްސްއެއް ނުފެނެއޭ. އެމީހުން ވަރަށް މަސައްކަތް ކުރި" ޖޯޝް ޓިޑްމޯގެ އަންހެނުން ކްރިސްތީނާ ބުންޏެވެ.

އެމަންޒަރު ފެނި އޭނާ ވަނީ އެއްވެސް މީހަކު އެފަދަ ބަލި މަޑު ކަމަކަށް ހުށަހެޅިގެން ނުވާނެ ކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ އޭނާގެ ކުދިންނާއި އެހެން މީހުން ވެސް ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފައެވެ.

އެސްޓޭޓަށް ބަލާއިރު، މިދިޔަ ހަތަރު ހަފްތާގެ ތެރޭގައި އުމުރުން 25 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން 14 އިންސައްތަ މީހުން ވަނީ މަރުވެފައެވެ. އަދި 50 އަހަރާއި 64 އަހަރުގެ 29 އިންސައްތަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޓޯބޯ

    ވެކްސިން ނޫޅެން ޖަހަން..

    3
    2
  2. ޕްރައިވެޓް

    ބަލަ ވެކްސިން ޖެހިޔަސް މަރުވާނެ، މަރަކު ނުހިފެހެއްޓޭނެ

    7
    1
  3. ޕްލީސް

    ވަގުތިނޫހުން ހެޔޮނުވާނެ ގެނެސްދީބަލަ ވެކްސިންގެ ސަބަބުން މަރުވި އަދި ގެއްލުންލިބުނު މީހުންގެ މއުލޫމާތު ހިމެނޭ ހަބަރު.