އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ އެންމެ ފަހު ފައުޖުތައް އެޤައުމު ދޫކޮށް ފުރައިފި އެވެ.

އެމެރިކާ ސިފައިން މީގެ 20 އަހަރު ކުރިން އަފްޣާނިސްތާނަށް އަރައި އެޤައުމަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުން އައި މަސައްކަތް 20 އަހަރު ފަހުން ހުއްޓާލައި އެނބުރި ޤައުމަށް ގޮސްފައިވާއިރު މިއީ އެމެރިކާގެ ތާރީހުގައިވެސް ޤައުމަކަށް މިފަދަ ގޮތަކަށް އެންމެ ދިގު މުއްދަތައް އަރައިގެންތިބި ޤައުމެވެ.

ތާލިބާނުންގެ އަތްދަށަށް މިހާރު ގޮސްފައިވާ އަފްޣާނިސްތާނުން އެމެރިކާ ސިފައިން މަޖުބޫރުން ފައިބަން ޖެހުނު އިރު އެޤައުމު ދޫކޮށް ފައިބަމުން ދަނިކޮށް ވެސް އެމެރިކާ ސިފައިން 13 މީހަކު އަދި އައްފާނިސްތާނުގެ 180 މީހުން މަރުވި އެވެ.

އެމެރިކާ އަސްކަރިއްޔާގެ މައި މަރުކަޒު ޕެންޓެގަން އިން ބުނީ އެޤައުމުގެ ސިފައިންގެ ފަހު ފައުޖު އަފްޣާނިސްތާނުން ފޭބީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ކާބުލް އެއާޕޯޓުން އެމެރިކާގެ ސިފައިން އެއްކޮށް ފޭބުމާއި އެކު އެމެރިކާ ސިފައިންގެ އެއްވެސް މީހަކު މިހާރު އަފްޣާނިސްތާނުގައި ނުހުންނާނެ އެވެ. މިކަމުގެ އުފަލުގައި ޠާލިބާނުން ވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި މައްޗަށް ބަޑިޖަހައި އުފާފާޅުކޮށްފަ އެވެ.

ހަނގުރާމަ ނިންމާލުމަށްފަހު އެމެރިކާ ސިފައިން އެނބުރި ޤައުމަށް އައުމަށް އެޤައުމުގެ ރައީސް ޖޯ ބައިޑެން އެންގުމާއި އެކު ދެ ހަފްތާ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާ އަސްކަރިއްޔާގެ 116،000 ސިފައިން އެޤައުމު ދޫކޮށް ފޭބިއެވެ. އަދި ޠާލިބާނުން ވަގުތުން އެމީހުންގެ ކޮންޓްރޯލްގެ ދަށަށް އަފްގާނިސްތާން ގެނައެވެ.

ބްރައުން ޔުނިވަރސިޓީ ކޯސްޓް އޮފް ވާ ޕްރޮޖެކްޓް އިން ހާމަކުރާގޮތުގައި ފާއިތުވި 20 އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ހިނގި ހަނގުރާމައިގައި ބޭރުގެ 1،100 ސިފައިންނާއި 100،000 އަފްޣާން ސިފައިންނާއި ރައްޔިތުން ވަނީ މަރުވެފަ އެވެ.

އެމެރިކާ އިން އަފްޣާނިސްތާންގެ ހަނގުރާމަ ނިންމާލާފައި ވާއިރު އެމެރިކާ އިން އަފްޣާނިސްތާންގައި ފާއިތުވި 20 އަހަރު ކުރި މަސައްކަތް ޠާލިބާނުން ވެރިކަމަށް އައުމާއިއެކު ބޭކާރުވެފައިވާ ކަމަށް ބުނެ އެމެރިކާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖުމުހޫރީ މައިދާނުން

    އިބުރަތުން ފުރިފައިވާ ހާދިސާއެއް. ދުނިޔޭގެ އެންމެމޮޑުބާރު، ނިކަމެތި ތާލިބާނުންގެ ކިބައިން ސަލާމަތްނުވެވި، އެންމެ ފަހުން މައިދާން ދޫކޮށްފައި ދިޔައީ. ހިތްވަރާއެކު 20 އަހަރުކުރި ހަގުރާމަ ތާލިބާނުންނަށް ކާމިޔާބުވީ

    9
    3
  2. މަހަށްދޭބަލަ

    އެމެރިކާ އަފްއާނުން ފޭބީއޭ އެމެރިކާގެ ބާރު ސާރކް އިން ދިޔައީއޭ ދެން އެމެރިކާ އަޑީގައި އޮވެގެން އެމެރިކާގެ ޕްރޮކްސީ ރޯލް ކުޅޭ އިންޑިއާ އަށް ޖެހޭނެ ހާލު މިއަށް ވުރެން ނުބައިވާނެއޭ އިންޑިއާ އިން ރާއްޖޭގައި ޕެޓީ ކަންކަން ކޮށްގެން ރައްްޔިތުން ހައްލާލާ ރާއްޖޭގެ މިނިވަން ކަން އިންޑިއާ އިން ފޭރިގަންނަން އުޅުނު ނަމަވެސް އިންޑިއާ އަށް ކުޅަދާނަ އެއް ނޫނޭ ދެން އެކަން ކުރަން އިންޑިއާ އަށް ޖެހޭނީ އެމެރިކާ އަށް ވުރެން ދެރަހާލޭ އިންޑިއާ ބަލަން ތިބޭތި މިނޫން ގޮތެއް އިންޑިއާ އަށް މެދުވެރިވޭތޯ ޗައިނާ އެއަންނަނީ ފުލް ޕަވަރުގައި ޕާކިސްތާނާްއި ޗައިނާ އާއި އަފްއާނިސްތާނު ގުޅުމުން ދެން އިންޑިއާ ޖެހޭނީ ހަމަ މަހަށް ދާން އިންޑިއާ މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

    10
    3
  3. ދިސްވޭއޭ

    އަފްއާނިސްތާނުން އެމެރިކާ ސިފައިން ފޭބީ މިރާއްޖޭގައި ހުޅަނގާއި އެމެރިކާގެ ޕަޕެޓްގެ ރޯލް ކުޅޭ ރައީސް ނަޝީދުގެ ބާރުވެސް މަޑު މަޑުން އެމްޑީޕީ ތެރޭން ދަނީ ދެން ފެނިގެންދާނީ ރައީސް އިބޫގެ ސަަރުކާރަށް ޗައިނާ އިން ބިލިއަނުން ޑޮލަރު ދީގެން ބޮޑެތި އެހީތައް ވާ ތަނޭ އެހާ ތަނުން ދެން އިންޑިއާ ޖެހޭނީ ފެޔަށް ޖެހެން މިހާރު އެކަން ހިނގަމުން ދަނީ ބެއިޖިންގްގައި އެއަށް ފަހު މާލެ ސަރަހައްދުގައި ތިލަފުށިން ފެށިގެން ގޮސް ގާފަރާއި ހަމައަށް ހުރި ފަޅު ތައް ހިއްކާލާ ތިލަފުށިން ފެށިގެން ގޮސް ގާފަރާއި ހަމައަށް ބްރިޖް އަޅާދީ އަދި އެ ދެމެދުގައި ހުރިއްޔާ ހުރި ހުރިހާ ފަޅު ތައް ހިއްކާ ދިނުމަށް ޓަކައި ޗައިނާ އިން ލޯން ދޭން އެއްބަސްވުމުން އިންޑިއާ އިށީނދެގެން އިން ގޮނޑިން އިންޑިއާ ވެއްޓޭނެއޭ އެހާތަނުން އިންޑިއާ ޕެކް ކުރަން ފަށާނެއޭ ރާއްޖޭން ދާން އަދި އިންޑިއާގެ ހެލިކޮޕްޓަރު ތަކުގެ ބަދަލުގައި ޗައިނާ އިން ދޭނެއޭ ބްރޭންޑް ނިއު 10 ހެލިކޮޕްޓަރު އެއިރުން ދެން އިންޑިއާގެ ބާ ކިބަޅި ހެލިކޮޕްޓަރު ގަނޑު ހިފައިގެން އެމެން ފިލާނެއޭ މިތަން ދެން ފެންނާނެއޭ ހަމަ މިއަހަރު ތެރޭގައި...

    6
    2
  4. ކަމިންގްއަޕް

    ވިހި އަހަރަށް ފަހު އެމެރިކާ ސިފައިން އަފްއާނިސްތާނުން ބަލިވެގެން ފޭބުން އެއީ ސާރކްގެ ޕޮލިޓިކަލް ލޭންޑްސްކޭޕް އެއްކޮށް ބަދަލު ކޮށްލާނެ ކަމެކޭ ދެން ޗައިނާ އެއަންނަނީ ސިންގާ އެއް ހޭލައިގެން އަންނަ އުސޫލުން އަފްއާނިސްތާނަށް ޗައިނާ ވަނުމުން ކޮންމެ ގައުމެއްގައި ވެސް އޮންނަ ދާޚިލީ ހަނގުރާމަ އެމެން ނިންމާނެއޭ އަލްޓިމޭޓް ލައިން ބޭނުން ކޮށްގެން ނަމަވެސް އެއޮތީ ޒިންމްބާބްވޭ ގެ ދާޚިލީ ހަމަނުޖެހުން ހުއްޓުވާފައި ޗައިނާއިން ދެން ލަންކާ އެއޮތީ ހުއްޓުވާފައި ޗައިނާ އަފްއާނިސްތާނަށް ކުރަން އޮތް އިންވެސްޓްމެންޓްގެ އަގު އެތައް ސަތޭކަ ޓްރިލިއަން ޑޮޮލަަރަށް އަރައޭ އަދި ޗައިނާ ތެރޭން އައިސް އަފްއާނިސްތާނުގެ ރިންގް ރޯޑަން ދަތުރު ކުރެވޭ ގޮތަށް މަގުތައް ހަދާ ސިލްކް ރޫޓްގެ ދަށުން އަފްއާނިސްތާނަށް އެތައް ބިލިއަން ޑޮލަރުގެ ލޯން ދީގެން އަފްއާނިސްތާނުގައި ހުރި ފަރުބަދަ ތައް ޗައިނާ އިން ގަނެގެން އޭގެ ވިޔަފާރި ލާރޖް ސްކޭލް ގައި ކުރަން ފެށުމުން މުޅި އޭޝިއާ ބައްރަށް ބޭނުންވާ ހިލަ އަދި ހިލަވެލި އަދި ހިލައިން ހަދާ އެހެން ހުރިހާ ބަވަތެއްގެ މެޓީރިއަލްގެ ކޮސްޓް ދަށްވެ އެމާރކެޓް އެއްކޮށް ޗައިނާ އިން ޑޮމިނޭޓް ކުރާނެއޭ ނަތީޖާ އަކީ ޗައިނާ އިންތިހާ އަށް މުއްސަނދިވެ އެމެރިކާގެ އިގްތިސާދުގެ މައްޗަށް ކުރިހޯދުމޭ އެއިރުން އިންޑިއާ ބަލިވެ ރާއްޖޭން އިންޑިއާ ވެސް ފަހާލާނެއޭ ޗައިނާ އެކަން ކުރާނެ ޗައިނާ އިން ފަންޑް ކޮށްގެން މިހާރު އޮތް ވެރިކަން ބަދަލު ކޮށްގެން ނަމަވެސް ޗައިނާ އެއޮންނަނީ ބަލަބަލާ އެމްޑީޕީ ބައިބައި ވެގެންދާ ތަން އަދި އެެމްޑީޕީ ބައިބައި ކުރަން ޗައިނާ ފަންޑް ވެސް ކޮށްދޭނެއޭ ފަންޑް ކޮށްދޭން ޖެހޭ މީހުންނަށް އިންޑިއާ އަށް ގާތްވާން ނުކެރޭނެއޭ ޗައިނާ އިން ފަންޑް ކުރަން ފެށުމުން..

    5
    2