އެމެރިކާ އިން އަފްޣާނިސްތާނުން ފައިބައިގެން ދާން ޖެހޭ ސުންގަޑި ހަމަވާން އެންމެ ދުވަހަކަށް ވެފައިވަނިކޮށް ޑްރޯން ހަމަލާއެއްދީ ކާބުލްގައި ބަޔަކު މަރާލިއެވެ. އެމެރިކާ އިން ބުނީ ޑްރޯން ހަމަލާ ދިނީ ކާބުލް އެއާޕޯޓަށް ހަމަލާ ދޭން ގޮވާތަކެތި ހަރުކޮށްގެން ދިޔަ ވެހިކަލަކަށް ކަމަށެވެ. އެހަމަލާގައި އެއް އާއިލާއެއްގެ ނުވަ މެންބަރުން މަރުވި ކަމަށް އަފްޣާނިސްތާންގެ މީޑިއާތަކުން ބުނުމުން އެމެރިކާ އިން އޭރު ބުނީ އެހަމަލާގައި ނިރުބަވެރިންގެ އިތުރުން ކުށެއް ނެތް ބަޔަކު ވެސް މަރުވި ކަމަށާއި އެކަމާއި ހިތާމަ ކުރާކަމަށެވެ.

އެމެރިކާގެ ވާހަކަތައް ދޮގުކޮށް އަފްޣާނިސްތާންގެ އާއިލާ އިން ބުނި ގޮތުގައި އެމެރިކާގެ ޑްރޯން ހަމަލާގައި އެއްވެސް ނިރުބަވެރިޔަކު މަރެއް ނުވެއެވެ. އެހަމަލާ އަމާޒު ކުރީ ވެސް ގިނަ މެންބަރުންތަކެއް މަރުވި އާއިލާގެ މެންބަރަކަށެވެ. އޭނާ ވެހިކަލްގައި ގެ ކައިރިއަށް އައިސް މަޑުކޮށްލުމަށް ފަހު ގޭގައި ތިބި ކުދިންތަކަކަށް ގޮވާލީ ވެހިކަލް ދުއްވާލަން ދިއުމަށެވެ.

ނަމަވެސް އެވަގުތު އެމެރިކާގެ ހަމަލާ އަމާޒުވެ އެއާއިލާގެ 15 މެންބަރުން މަރުވިއެވެ. އެންމެ ފުރަތަމަ މީޑިއާ އިން އެހަމަލާ ރިޕޯޓް ކުރިއިރު ހަމަލާގައި މަރުވީ އެއްއާއިލާއެއްގެ ނުވަ މެންބަރުން ކަމަށް ބުނި ނަމަވެސް ފަހުން ކަށަވަރު ވެފައިވާ ގޮތުގައި ހަމަލާގައި އެއްއާއިލާގެ 15 މެންބަރުން މަރުވިއެވެ.

އެމެރިކާ އިން އަފްޣާނިސްތާންގައި ހޭދަކުރި 20 އަހަރު ދުވަހުގެ ތެރޭގައި މިފަދަ އެތައް ހަމަލާއެއްގައި ކުށެއްނެތް އެތައް ބަޔަކު މަރާލާފައި ވެއެވެ. މިފަދަ ކޮންމެ ހަމަލާއަކަށް ފަހު އެމެރިކާ އިން ބުނަމުން އަންނަނީ ހަމަލާގައި އާއްމުންގެ ބަޔަކު މަރުވެފައި ވާނަމަ އެކަން ތަހްގީގުކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އެއްވެސް ހަމަލާއަކާއި ގުޅިގެން އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކާއި މެދު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައުޓް

    އެމެރިކާ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އެކްސްޕަޔަރޑް...

    17
    1
  2. ބުޅި

    އެކަމަކު ދިވެހި ސިފައިން ތަމްރީނު ހޯދަނީ އެމީހުން ކައިރިން. ޓެރަރިޒަމް އާ ދެކޮޅަށޭ ކިޔާ ހޯދާ ހާ ފައިސާއާއި ސޮއިކުރާހާ އެއްބަސް ވުމެއްގައި މި ކުރަންި އެމީހުންނާ އެކު.

  3. އއ

    ދުނިޔޭގައިވާ ހަމަ ކޮންމެ މީހަކަށް ޓެރަރިޒަމް ސިފަ ވާންޖެހޭނީ އެމެރިކާ އަށް ޓެރަރިޒަމް ސިފަވާގޮތަށް ކަމަށްވުމަކީ ކޮންމެހެން ލާޒިމް ކަމެއް ނޫނެވެ.
    ޖަމާޢަތެއްވެސް ނުވަތަ ދެ ޤައުމުވެސް ދެކޮޅުވެއްޖެނަމަ (ޢަދާވާތްތެރި ވެއްޖެނަމަ) އެ ދެބައި މީހުންނަށްވެސް ޓެރަރިޒަމް މާނަކުރެވޭއިރު ޓެރަރިސްޓުންގެ ގޮތުގައި ސިފަވާ މީހުން ނުވަތަ ފަރާތްތައް ތަފާތުވާނެއެވެ.
    މީގެ ވަރަށް ފުރިހަމަ މިސާލެއް ފަލަސްޠީނާ ޔަހޫދީ ދައުލަތުން ނެގިދާނެއެވެ.