އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ބިޖްނޯރްގައި 2019 ވަނަ އަހަރު އެޅި ބްރިޖް ބޭނުން ނުކުރެވޭކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. އެ ބްރިޖްގެ އަސްލު ބޭނުމަކީ އުއްތަރްޙާންދާއި، ހަރިޔަނާ އަދި ޕަންޖާޕް ސްޓޭޓް ގުޅުވައިދިނުމެވެ. ނަމަވެސް އެ ބްރިޖުން އެއްވެސް ތާކަށް ނުދެވެއެވެ.

އެ ބްރިޖަކީ ބަލަވަލި ވިލޭޖް ކައިރިން، ގަންގާ ކޯރު މަތިން އުސްކޮށް ހަދާފައިވާ ބްރިޖެކެވެ. އެ ބްރިޖް ބްރިޖެއްގެ ސިފައިގައި ފެންނަން ފެށީ 2019 ވަނަ އަހަރުގައި ނަމަވެސް، ފާއިތުވެދިޔަ ދެ އަހަރު ތެރޭގައި އެ ބްރިޖް ބޭނުންކޮށްފައި ނުވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ބިމުގެ މައްސަލައެއްގެ ސަބަބުންނާއި، ފައިސާގެ ދަތިކަމާއި ހެދި ބްރިޖް ބޭނުން ކުރަން ފަށާފައެއް ނުވެއެވެ.

މިއީ 2016 ވަނަ އަހަރު ލޯންޗް ކުރި ޕްރޮޖެކެޓެކެވެ. މި ޕްރޮޖެކްޓަށް 40 ކްރޯޑް ރުޕީސްގެ ބަޖެޓެއްވެސް ހަމަޖެއްސިއެވެ. އެ ބްރިޖަކީ އެ ސްޓޭޓްތަކަށް ފަސޭހައިން ވަގުތު ދުއްވާނުލައި ދެވޭނެ ގޮތް ހެދުމަށް ތަރައްގީ ކުރަމުންދިޔަ ބްރިޖެކެވެ.

2019 ވަނަ އަހަރަށް އައިއިރު އެ ބްރިޖް ވަނީ އެއްކޮށް ރާނާ ނިންމާފައެވެ. އެހެން ނަމަވެސް ޕްރޮޖެކްޓްގެ އެންމެ ފަހުގެ މަސައްކަތުގައި އޮޅުން ބޮޅުންތަކެއް ދިމާވެ ޕްރޮޖެކްޓް ކުރިއަށް ނުދިޔައެވެ. ދިމާވި މައްސަލައަކީ ހެރިޑްވާ ސަރަހައްދަށް ގުޅުވާލަން ބިނާކުރަމުންދިޔަ ބްރިޖުގެ އެންމެ ފަހު ތަނބު ކަމުގައިވާ 200 މީޓަރުގެ ތަނބު އަޅަން ނިންމާފައިވާ ސަރަހައްދަކީ ސަރުކާރުގެ ބިމެއް ކަމުގައި ބުނުމެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ބިމަކީ ސަރުކާރުގެ ބިމެއް ކަމަށް ބުނެވިފައިވަނީ އޮޅުމަކުންނެވެ. ހަގީގަތައް ބަލާއިރު، މި ބިމަކީ ދަނޑުވެރިއެއްގެ ބިމެއް ކަމަށް ބުނެފައިވެއެވެ.

ބިމުގެ ވެރިފަރާތުން އެސަރަހައްދުގައި ބްރިޖުގެ ތަނބު އެޅުމަށް ހުއްދައެއް ނުދިނެވެ. މި ސަބަބާއިހުރެ ބްރިޖް އެޅުމުގެ މަސައްކަތް ހުއްޓުމަކަށް އައިސް، މައްސަލަ ހައްލުކުރެވުނުއިރު މަސައްކަތް ކުރިޔަށް ގެންދެވޭވަރަށް ވުރެ މާލީ ހާލަތު ދަށްވެފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

2018ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ނިންމަން ޖެހޭ މި ޕްރޮޖެކްޓު ނިންމަން ހަމަޖެހިފައިވާ ތާރީހު ވަނީ ދިމާވި ގޮންޖެހުންތަކާއި ގުޅިގެން 2020ވަނަ އަހަރަށް ފަސްކޮށްފައެވެ. އޮފިޝަލުން ބުނެފައިވަނީ ޕްރޮޕޯސަލް ރިވައިސް ކުރުމަށް ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށާއި، އެކަން ނިމުނުހާ އަވަހަަކަށް އެ މަގުގެ މަސައްކަތް ފުރިހަމަވެގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މެކް

    މިވަރުގެ ބަޔަކާއެކު މިއުލެނީ ކަންކަން ހަވާލުކުރަން

    15
    1
  2. Anonymous

    މީގެންވެސް އެނގެނީ ބްރިޖުގެ މައްސަލައެއް ނޫންކަން... ބިމުގެ ވެރިފަރާތަށް ކުރި އިޚްތިރާމް...

    މިކަހަލަ ދެއުޅިއެއް ނުވާވާހަކަ ލިޔުމުގެ ހަޤިޤީ ބޭނުމަކީ ފިތުނަ ފަސާދަ ކަމަށް ވަންޏާ ވަރަށް ދެރަ!

    ހަމަ ތިގޮތަށް ރާއްޖޭގައިވެސް 16 ޓަވަރު ފިނިޝިން ނެތި ނިންމާ ތަން ހަވާލުކޮށްފަ ބަޔަކު އެދިޔައީ....

    5
    11
  3. ހުސޭނުބޭ

    ތިއީ ރެއިލްވޭ ބްރިޖެއް!

    3
    2
  4. ޝާކުޅީ

    ދެރަކަމެއްނު ބުރިޖްގެ ވާހަކަ ނިމުނުއިރުވެސް ނޭގުނު މިއީ ކޮންބަޔަކު ހަރަދުކޮށްގެން ކޮންބަޔެއްއަޅާ ބުރިޖެއްކަމެއްވެސް ...ނޫސްވެރިކަމަކީވެސް ދެން ފާޑެއްގެ ކަމެއްދވިއްޔާ!

    4
    2
  5. ފާތުމާފުޅު- ހިރިލަންދޫ

    ރާއްޖޭގެ ބުރިޖުވެސް ޙަވާލުކުރީ ހަމަ ތިޔަ ކުންފުންޏާ

    2
    1