ހައިޕަސޮނިކް ޑްރޯންތައް މައިތިރިކޮށްލުމުގެ ބާރު ޗައިނާގެ އަސްކަރިއްޔާ ސިފައިންގެ ތެރޭގައި ހިމެނޭ ދިރާސާކުރާ ފަރާތްތަކުން ހޯދައިފިއެވެ.

އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ ޑްރޯންތައް ހުއްޓުވައި ކޮންޓްރޯލް ކުރުމުގެ ބާރު ލިބުމަކީ އަސްކަރީ ގޮތުން ލިބުނު ބޮޑު ކާމިޔާބެއް ކަމަށް ޗައިނާއިން ބުނަމުންދާއިރު އެ ގައުމާއި ރަޝިޔާއިން ފާއިތުވި އަހަރުތަކުގައި ވަނީ ތަފާތު އެކި ވައްތަރުގެ ހައިޕަސޮނިކް މިސޭލްތައް އުފައްދައިފައެވެ.

އަސްކަރީ ގޮތުން އެއް ގައުމަށްވުރެ އަނެއް ގައުމު ކުރިއެރުމަށް މިފަދަ ޑްރޯންތައް އުފައްދަމުންދާއިރު މިތަކެތި ކޮންޓްރޯލް ކުރުމަކީ ވަރަށް ބޮޑު ނުރައްކަލަކަށް ވަނީ ވެފައެވެ. ބައެއް ހާލަތުގައި ކުރެވޭ ކުޑަ ކަމަކުން ވެސް އެތައް ބައެއްގެ ފުރާން ގެއްލިގެން ގޮސްދާއިރު މިފަދަ މިސެލްސްތައް ކޮންޓްރޯލް ކުރުމުގައި އެކި ގައުމުތަކުން އެކި އުކުޅު ގެންގުޅޭކަން ފާހަގަ ކުރެވެއެވެ.

ސުޕް ހައިޕަސޮނިކް ޑްރޯންތަކަކީ ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ އެންމެ ބާރަށް އުދުހޭ އުޅަނދެވެ. އަދި މިތަކެތި ބޭނުންކުރަނީ ބާރަށް އުދުހޭ މަތިންދާ ބޯޑުތަކާ ދެކޮޅަށެވެ. އޭގެ ތެރޭގައި އެމެރިކާއިން އުފައްދާފައިވާ އެފް-22އެސް، އެފް-35އެސް ވެސް ހިމެނެއެވެ.

އެފް-22 ގެ ބޯޓުފަހަރުތަކަކީ އަޑަށްވުރެ ދެ ގުނަ ބާރަށް އުދުހުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުފަހަރެވެ. އަދި މަދު ސިކުންތުކޮޅެއްގެ ތެރޭފައި ސުޕަ ހަައިޕަސޮނިކް މިސެލްސްތަކުން މިފަދަ ބޯޓުފަހަރުތަކަށް ހަމަލަދީ ވައްޓާލާނެއެވެ.

ސުޕަ ހައިޕަސޮނިކް ޑްރޯންތަކުން ދުޝްމަނުންނަށް ހަމަލަ ދިނުމަށްފަހު އެނބުރި އެންމެ ކައިރީގައިވާ ރަންވޭއަކަށް ޖައްސާއިރު ރަންވޭއިން ކައްސާލުމުގެ ސަބަބުން ބޯޓު ގޮވާގޮތް ވެއެވެ. ނަމަވެސް މިހާރު ޗައިނާގެ އަސްކަރިއްޔާއިން އުފެއްދި ޓެކްނޮލޮޖީގެ އެހީގައި މިފަދަ ކަމެއް ހިނގުމުގެ ފުރުސަތު ކުޑަކޮށްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައިހާނާ

    އަސްކަރީ ގޮތުން ދުނިޔެއަށް ގޮތް ފޮރުވައިގެން އުޅޭ އީރާނަކީ ވެސް ތިކަހަލަ ބައެއް..އަތުގައި ހުންނަ ބިރުވެރި ހަނތިޔާރު ފޮރުވިފައިވާބައެއް...އެކަޝީވެގެންވޭ ނިއުކްލިއަރ ހަތިޔާރުވެސް ހުރުން...