ޓައިމް މެގަޒިން އިން ހޮވި ދުނިޔޭގެ އެންމެ ނުފޫޒު ފަދަ 100 މީހުންގެ ލިސްޓަށް ތާލިބާނުންގެ ލީޑަރު މުއްލާ އަބްދު ޣާނީ ބަރަދާގެ ނަން ހިމެނިއްޖެއެވެ.

މުއްލާ ބަރަދަރް އަކީ އަފްޣާނިސްތާނުގެ ސަރުކާގެ ބޮޑުވަޒީރުގެ ޑެޕިއުޓީ ބޮޑުވަޒީރެވެ. ދޯހާ އާއި އެކު ތާލިބާނުން ހެދި އެއްބަސްވުމުގައިވެސް ބަރާދަރް ބޮޑު ރޯލެއް އަދާކޮށްފައިވާއިރު އެމެރިކާ އާއި އެކު ތާލިބާނުން ހެދި ސުލްހައިގެ އެއްބަސްވުމުގައިވެސް ބަރާދަރް ފާހަގަ ކޮށްލެވޭ ރޯލެއް އަދާކޮށްފައި ވެއެވެ.

ބަރާދަރް އަކީ މަޑުމައިތިރި މީހަކަށް ވާއިރު އޭނާ ފާހަގަ ކޮށްލެވެނީ ވަރަށް ސިއްރުން ކަންކަން ކުރައްވާ މީހެއްގެ ގޮތުގައެވެ. 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫއެސް އިން ސުލްހައިގެ އެއްބަސްވުން ކުރިއަށް ގެންދިޔައިރު ތާލިބާނުންގެ ފަރާތުން ތަރުޖަމާނަކަށް ހުރީވެސް ބަރާދަރްއެވެ. އެއަށްފަހު އޭނާގެ މަޝްހޫރުކަން އިތުރުވެގެން ދިޔައެވެ.

އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުންގެ އަތްދަށަށް ގޮސް ތާލިބާނުން ބޭނުން ކޮންމެ ކަމެއް އަފްޣާނިސްތާން ރައްޔިތުންނާއި މެދު ކުރަމުންދިޔައިރު އެ ހުރިހާ ކަމެއްގެ ކޮމާންޓަރަކަށް ހުރީ ބަރާދަރްއެވެ. އޭނާގެ ހުރިހާ އޯޑަރަކަށް ތާލިބާނުން ފަސްޖެހުމެއް ނެތި ތަބާވާކަން ފާހަގަ ކުރެވެއެވެ.

2010 ވަނަ އަހަރު ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ބަރާދަރް ހައްޔަރުކުރިއެވެ. ނަމަވެސް ޔޫއެސް އާއި އެކު ސުލްހައޮގެ އެއްބަސްވުމެއް ހެދުމަށްފަހު 2018 ވަނަ އަހަރު ބަރާދަރް ވަނީ މިނިވަންކޮށްފައެވެ.

ތާލިބާނުންގެ ހަނގުރާމަވެރި ޖަމާއަތް އުފެއްދުމަށް ބަރާދަރް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު އަފްޣާނިސްތާނުގައި ތާލިބާނުންގެ ސަރުކާރު ގާއިމް ކުރުމަށްފަހު އޭނާ އަށް ސަރުކާރުގެ ދަށް މަގާމެއް ދިނުމުން އެކަން ގިނަ ފަރާތްތަކަކުން ވަނީ ފާހަގަ ކޮށްފައެވެ.