އދގެ 9 މުވައްޒަފަކާއި އެމީހުންގެ ޑިޕެންޑެންޓުން އިތިއޯޕިއާގެ ވެރިރަށުގައި ބަންދު ކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފިއެވެ.

އދގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ، އެޑިސް އަބާބާގައި ބަންދުކޮށްފައި ތިބި މީހުން ވަގުތުން ދޫކޮށްލުމަށް އިތިއޯޕިއާގެ ފޮރިން މިނިސްޓްރީއަށް އދއިން ހުށަހަޅާފައިވާ ކަމަށެވެ. ތަރުޖަމާނު އިތުރަށް ވިދާޅުވީ، އދގެ ސަލާމަތީ އޮފިޝަލުން ބަންދުކޮށްފައިވާ މުވައްޒަފުން ކައިރިއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އިތިއޯޕިއާގެ ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިތިއޯޕިއާ އާއި އުތުރު ޓިގްރޭ ސަރަހައްދުގެ ފައުޖުތަކާއު ހަނގުރާމަ ކުރަމުން އަންނަތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ. އިތޯޕިއާގައި ސަރުކާރުގެ ފައުޖުތަކާއި ޓިގްރޭޔަން ސިފައިންނާ ދެމެދު ހިނގާފައި ކުރިމަތިލުންތަކުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި 2.5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ވަނީ ހިޖުރަކޮށްފައެވެ.

އެތައް ހާސް ބަޔަކު މަރުވެފައިވާ މި ހަނގުރާމަތަކުގެ ސަބަބުން އިތިއޯޕިއާގެ ސަރުކާރާއި އދއާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވެއެވެ. އދގެ އަންދާޒާތަކަށް ބަލާއިރު، ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަން ޖެހިފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ސަރުކާރުން ވަނީ އދ.ގެ އިސް ހަތް އޮފިޝަލަކު އެ ގައުމުން ބޭރުކުރަން އަމުރުކޮށްފައެވެ.

އދ.ގެ މުވައްޒަފުން ބަންދު ކޮށްފައިވަނީ އިތޯޕިއާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގޮވާލައިފައިވާ ދަނޑިވަޅެއްގައެވެ. އެގައުމުގެ ހާލަތު ގޯސްވެ، މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ ހަ މަސް ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައެވެ. އަދި ވެރިރަށް ތެހެރާނުގެ އާންމުން ހަތިޔާރު ރަޖިސްޓަރީކޮށް، އަވަށްތައް ދިފާއުކުރުމަށް ތައްޔާރުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް އަންގާފައެވެ.