ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓަޓޭގެ އެންމެ ހަގު ދަރިކަނބަލުން ސާރާ ޑުޓާޓޭ، އެ ގައުމުގެ ނައިބް ރައީސްކަމަށް ވާދަކުރެއްވުމަށް ހޮނިހިރު ދުވަހު ފައިލް ކުރައްވައިފިއެވެ.

މީގެ ދެ ދުވަސް ކުރިން ރޮޑްރިގޯ ޑުޓާޓޭގެ މަގުބޫލު ދަރިކަނބަލުން އާ ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެން، ގައުމުގެ އިސް މަގާމަކަށް ކުރިމަތިލެއްވޭނެ ކަމަށް އެގައުމުގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ސާރާ ޑުޓަރޓޭ

އުމުރުން 43 އަހަރުގެ ސާރާ ރިޔާސީ އިންތިޚާބުގައި އެންމެ މަގުބޫލު ކެންޑިޑޭޓެއްގެ ގޮތުގައި މުޅި އަހަރު ތެރޭގައި ނެގި ހިޔާލު ހޯދުމުގެ ޕޯލްތައް ލީޑް ކުރައްވާފައިވާއިރު، އެކަމަނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ކުރިއަށް ވަޑައިގަތުމަށް އެކަމަނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ޑުޓާޓޭ-ކާޕިއޯއަކީ ވަރަށް އުންމީދީ ލީޑަރެއް އަދި ނުހަނު ބޮޑު ރައުސުލްމާލެއް ކަމަށް، ކުރީގެ ރައީސް ގްލޯރިއާ މަކަޕަގަލް-އަރޯޔޯ ގެ ކޮންޓްރޯލް އޮންނަ ޕާޓީ، ލަކާސް-ސީއެމްޑީގެ ރައީސް މާޓިން ރޮމުއަލްޑޭޒް ވަނީ ވިދާޅުވެފައެވެ.

އެ ޕާޓީން ރައީސް އާއި ނައިބު ރައީސް ކަމަށް ކެންޑިޑޭޓުން ނޮމިނޭޓް ކޮށްފައިވީ ނަމަވެސް ގިނަ ބަޔަކު ދެކެނީ އެ ކެންޑިޑޭޓުންނަކީ އެންމެ ފަހު ވަގުތު ބަދަލު ކޮށްލެވޭނެ ޕްލޭސްހޯލްޑަރުންގެ ގޮތުގައެވެ. މި ބަދަލުތަކަށް ބަދަލު ގެނައުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 15 ވަނަ ދުވަހެވެ.

އެކަމަނާގެ ބައްޕާފުޅުގެ ޕީޑީޕީ-ލަބާން ސިޔާސީ ޕާޓީން ބުދަ ދުވަހު ބުނީ ޑުޓާޓޭ-ކާޕިއޯގެ މި އަމަލުތައް "ވަރަށް ޝައުގުވެރިކަމާއެކު" ބަލަމުންދާ ކަމަށާއި، ގައުމީ މަގާމެއް ހޯދުމަށް ނިންމާ ނިންމުމެއްގެ ސަބަބުން "ސިޔާސީ މަޝްރަހަށް އެންމެ ބޮޑަށް އަސަރު ކުރާނެ" ކަމަށެވެ.