ޗައިނާގެ ދެކުނު ކަނޑުގެ އައްސޭރިފަށް ކައިރިން ފިލިޕީންސްގެ މުދާ ސްޕަލައި ކުރާ ބޯޓުތަކެއް ދަތުރު ކުރަނިކޮށް ޗައިނާޣެ ކޯސްޓްގާޑުން އެ ބޯޓުތަކަށް ފެން ޖެހި މައްސަލައިގައި ފިލިޕީންސްގައި އިންޒާރުތަކެއް ދީ އެ ގައުމާ ދެކޮޅަށް ބޮޑު މުޒާހަރާއެއްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފިލިޕީންސްއިން ވަރުގަދަ މުޒާހަރާއެއް ކޮށްފައިފިވާއިރު އެގައުމުން ބުނީ މި އަމަލަކީ "ޣައިރު ގާނޫނީ" އަމަލެއް ކަމަށެވެ.

ފިލިޕީންސްގެ ފޮރިން ސެކްރެޓަރީ ޓިއޮޑޯރޯ ލޮސިން ޖޫނިއާ ވިދާޅުވި މިއީ ފިލިޕީންސްގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރޭގައި އޮންނަ މެނީލާ ނަމަކަށް ކިޔާ ދެވަނަ ތޯމަސް ޝޯލް ނުވަތަ އަޔުންގީން ޝޯލް ސަރަހައްދުގައި ހިންގި ހާދިސާއެއް ކަމަށެވެ.

އަސްކަރީ ހާދިސާތަކާ ބެހޭ ރިޕޯޓްތައް ބުނާ ގޮތުން، އަޔުންގީންގައި ތިބޭ ސިފައިންނަށް ކާބޯތަކެތި ގެންގޮސްދޭ ފިލިޕީންސްގެ ސަޕްލައި ދެ ބޯޓެއް ބްލޮކްކޮށް ފެން ކެނަންތައް ގޮއްވާލާފައި ވަނީ ޗައިނާ ކޯސްޓްގާޑުގެ ދެ ބޯޓެކެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވުމަކީ ޗައިނާގެ ކޯސްޓްގާޑަށްް ކުރެވޭނެ ކަމެއް ނޫން ކަމަށް ފޮރިން ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ސްޕްރިޓްލަސް އައިލެންޑްސްގައި އޮތް ތޯމަސް ޝޯލް އަކީ ޗައިނާ، ފިލިޕީންސް، ޓައިވާން އަދި ވިއެޓްނާމުން އެމީހުންގެ ރަށެއް ކަމަށް ދައުވާކުރާ ރަށެކެވެ. 1999 ވަނަ އަހަރުން ފެށިގެން ފިލިޕީންސްއިން ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހަނގުރާމަމަތީ އުޅަނދެއް ކަމަށްވާ ބީއާރްޕީ ސިއެރާ މަދުރޭ (ފޮޓޯގައި) ގަސްދުގައި ފަރުމައްޗަށް ބިންދާލައި، އައުޓްޕޯސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް މެރިން ޑިސްޕިއުޓެއް އެ ތަނުގައި ދަމަހައްޓާފައެވެ.

ފިލިޕީންސުން ބުނާގޮތުގައި ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޗައިނާގެ ކަނޑުގެ އަސްކަރީ އެތައް އުޅަނދެއް އެ ރަށް ކައިރިން ވަނީ ދަތުރުކޮށް ރަށަށް ފާރަލާފައެވެ. މިފަދަ ކަންކަން މީގެ ކުރީގައިވެސް ކޮށްފައިވާކަމަށް ފިލިޕީންސުން ބުނެއެވެ.