އިންޑިއާގެ ޑިފެންސް ޗީފް ބިޕިން ރަވާތް އާއިލާއާއެކު ދަތުރު ކުރަމުންދިޔަ ހެލިކަޕްޓަރު ވެއްޓިއްޖެއެވެ.

މި ހެލިކަޕްޓަރު ވެއްޓިފައި ވަނީ އިންޑިއާގެ ޓަމިލް ނެޑޫ ސްޓޭޓްއަށެވެ.

އިންޑިއަން އެއާފޯސް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ،އައިއޭއެފް އެމްއައި-17ވީ5 ހެލިކަޕްޓަރު ޓަމިލް ނެޑޫގެ ކުނޫރް ކައިރިން އެކްސިޑެންޓެއް ވެފައިވާ ކަމަށާއި، މި ހާދިސާ ހިނގިއިރު، އެ ހެލިކަޕްޓަރުގައި ޑިފެންސް ޗީފް ބިޕިންވެސް ހެލިކަޕްޓަރުގައި އިން ކަަމަށެވެ.

"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ކުރުމަށް ވަނީ އަމުރު ކޮށްފައި"

މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 12:20 ގައެވެ. އެ ހެލިކަޕްޓަރު ވެއްޓިފައި ވަނީ ޓެމިލް ނެޑޫ ސައިފަތް ދަނޑެއް ކައިރިއަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ކޮއިމްބަތޫރްގެ ސިފައިންގެ ވައިގެ ބަނދަރުން އެ ހެލިކަޕްޓަރު ނައްޓާލިތާ މާ ގިނަ އިރުތަކެއް ނުވަނީސްއެވެ.

އެންޑީޓީވީގެ ރިޕޯޓްތައް ބުނާގޮތުގައި، 14 މީހުންނާއެކު ދަތުރު ކުރަމުންދިޔަ އެ ހެލިކަޕްޓަރު ވެއްޓުމާއި ގުޅިގެން މިހާތަނަށް 13 މީހަކު ވަނީ މަރުވެފައެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާގޮތުގައި،ވެއްޓުނު ހެލިކަޕްޓަރުން ދަތުރު ކުރި މީހުންގެ ތެރޭގައި ރަވާތްގެ އަންހެނުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުދުހުދު

    އަލްހަމްދުﷲ

    14
    5
    • ވަރަށް ބެދުން

      ގައުމެއްގެ ބޮޑުމަގާމެއްގަ ހުރި މީހަކު އެކްސިޑެންޓެއްގައި މަރުވުމުން އެކަމާ އުފާކޮށްފަ އިން ކޮމެންޓެއް ނޫހުން ފެނުނީމާ މިގައުމުގެ ހާލަތު ވަރަށް ސާފު ދީނީ މީހެއް މަރުވެގެން ޖަހާފަ އިން ހަބަރަކަށް މިގޮތަށް ކޮމެންޓް ކޮށްފިއްޔާ އެކޮމެންޓެއް ސާއިއުކުރާންތޯ؟

      4
      4
  2. އަހުމަދު

    އަލަޙަމްދު ލިއްލާހި، ޗީފް ސަލާމަތްކުރައަވާށި.

    4
    2
  3. ޙަަަހަ

    ތިހިތާމާގައި ދިވެހިން ބައިވެރިވަން އަދި މަރުވި މީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވާށި ، އެކަމަކު ރާއްޖެއިން އިންޑިއާ މިލިޓަރީ ދިއުން އެދެނީ

    24
    2
  4. ާސަލާހު

    މިކަންވެސް ޕާކިސްތާން ބޮލުގަ އަޅުވާ ، އެކަމަކުވެސް އިންޑިއާ އައުޓް

    11
    2
  5. Anonymous

    ކާފަރު މީހުންކުރާ މިކަހަލަ ޖާހިލު ޖަރީމާތަކުގެ ވާހަކަ މިގައުމުގެ އެއްވެސް ނޫހެއްގައި ނުލިއުން ރަނގަޅު. ޢެފަދަ ޚަބަރުތަކުން މުޖުތަމައަށްވެސް އަސަރުކުރާނެތީއެވެ،