ދެކުނު އެފްރިކާ، ބޮޓްސްވާނާ، ލެސޯތޯ، ނެމީބިއާ، ޒިމްބާބްވޭ އަދި އެސްވަތީނީއިން ސްރީލަންކާއަށް އަންނަ މީހުންނަށް ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމައި އިތުރު ލުއިތަކެއް ދެއްވާނެ ކަމަށް އެގައުމުގެެ ހެލްތު ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލް ޑރ އަސޭލާ ގުނަވަރުދަނާ ވިދާޅުވެއްޖެއެވެ.

މިދިޔަ ނޮވެމްބަރު 26 ގައި ހެލްތު ސާވިސްގެ ޑިރެކްޓާ ޖެނެރަލް ވަނީ އެގައުމުތަކުގެ ފަސިންޖަރުން ސްރީލަންކާއަށް ދަތުުކުރުން މަނާކޮށްފައެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލަށާއި، އެއަރޕޯޓް އޭވިއޭޝަން ސަރވިސަސްގެ ޗެއަރމަންއަށް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް އަންގާފައިވަނީ، ސްރީލަންކާއަށް އަންނަ ހުރިހާ ދަތުރުވެރިން ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހާފައިވާކަން އަންގައިދޭ ލިއުމާއި، ޕްރީ-ޑިޕާޗާ ކޮވިޑް ޓެސްޓުގެ ނައްސި ނަތީޖާ ރިޕޯޓާއި، އަދި ޕާސްޕޯޓްގެ ޑޭޓާ ޕޭޖް ފަދަ އޮންލައިން ކަމާ ގުޅޭ ލިޔެކިޔުންތައް އަޕްލޯޑް ކުރުމަށެވެ.

މީގެ އިތުރުން، ވައިގެ ބަނދަރުތަކުގެ އެރައިވަލް ކައުންޓަރުތަކުގައި އިންބައުންޑް ދަތުރުވެރިން އޮންލައިން ހެލްތު ޑިކްލަރޭޝަން ފުރިހަމަކުރުމަށް ހެލްތު ސަރވިސަސްޑިރެކްޓަރ ޖެނެރަލް ވަނީ ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދީފައެވެ. މިފަދަ ދަތުރުވެރިންގެ އަތުގައި އެމީހެއްގެ މޯބައިލް ފޯނުގައި ނުވަތަ ހާޑް ކޮޕީގައި ކިއުއާރު ކޯޑް ހުންނަންވާނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް، 12 އަހަރުން ދަށުގެ ކުދިން ޕްރީ-ޑިޕާޗާ ކޮވިޑް-19 ގެ ޓެސްޓު ރިޕޯޓްތައް ހިފައިގެން ދާން ނުޖެހޭނެ ކަމަށް ޑރ ގުނަވަރުދަނާ ވިދާޅުވިއެވެ. އަދި 12 އަހަރު ފުރިފައިވާ ނުވަތަ އެއަށް ވުރެ ދޮށީ އުމުރުގެ މީހުން ކޮވިޑް ޓެސްޓްކޮށް ނައްސި ނަތީޖާ ލިބިފައިވ، އިނގިރޭސި ބަހުން ލިއެފައިވާ ރިޕޯޓެއް 72 ގަޑިއިރުގެ ތެރޭގައި ގެންދިއުން ލާޒިމް ކަމަށް ބުނެފައިވެއެވެ.

މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ކޮވިޑް-19 ޖެހިފައި ވާނަމަ، އެ ދަތުރު ފެށުމުގެ 48 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ރެޕިޑް އެންޓިޖެން ޓެސްޓު ނައްސި ނަތީޖާ ރިޕޯޓެއް ހުށަހަޅަން ޖެހެއެވެ.

ސްރީ ލަންކާގައި އެކުލަވާލައިފައިވާ މި އާ ގަވާއިދުތަކަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެކަކުން ފެށިގެންނެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު