ގުދުސަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބަލައި އަންނަ މެއި މަހު ގުދުސްގައި އެމެރިކާގެ އެންބަސީއެއް ހުޅުވަން ނިންމާފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ގުދުސްގައި އެމްބަސީ ހުޅުވާނީ އިޒްރޭލް އުފެއްދިތާ 70 އަހަރު ފުރޭ ދުވަހާ ދިމާކޮށް ކަމަށެވެ. މީޑިޔާ ރިޕޯޓްތަށް ބުނާގޮތުން ދާއިމީ އެންބަސީއެއް ހަދާނެތަނެއް އަދި ހަމަޖެހިފައި ނުވާއިރު، ގުދުސުގައި އެމްބަސީ ހުޅުވުމަށް ފުރަތަމަ ބޭނުން ކުރާނީ އެރަށުގައި މިހާރު ހުރި އެމެރިކާގެ ކޮންސިއުލާ ފެސިލިޓީއެއް ކަމަށެވެ.

ގުުދުސަކީ އިސްރާއީލްގެ ވެރިރަށް ކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަންޕް ނިންމުމާ ގުޅިގެން ފަލަސްތީނާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަނީ އަޑުއުފުލުންތައް ބާއްވާފައެވެ. 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަށް ބިމުގައި މުސްލިމުންގެ ލޭ ދަނީ ކޮންމެ ދުވަހަކު އޮހޮރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގޮއްޔެ

    ބޭހާއި ނުކުޅޭތިބަޑި، ނޭގިހުއްޓާ އަނދާދާނޭ، ގޭމަޓްރަމްޕް ފިހިދާނޭ.

    • ފަހަރިއިއްމަ

      ނުފިހޭނެ ކޮން ބަޑިބޭހެކޭ ކިޔާކަށް