އިންޑިއާ އިން ދެ މިލިއަން މުސްލިމުން ގަތުލުކުރަން ގޮވާލައިފިއެވެ.

ހަތިޔާރު ބޭނުންކޮށްގެން މުސްލިމުން މެރުމަށް ގޮވާލާ ބައްދަލުވުމެއްގެ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެން އިންޑިއާގެ ފުލުހުން ވަނީ މި މައްސަލަ މިހާރު ބަލަން ފަށައިފައެވެ.

މުސްލިމުންނާ ދެކޮޅަށް މީހުން މެރުމާއި ހަތިޔާރު ބޭނުން ކުރުމަށް ހިންދޫ ދީނުގެ ލީޑަރުން ގޮވާލި ވީޑިއޯ އާންމުވެ މުސްލިމުންގެ ތެރޭގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.

ހުކުރު ދުވަހު އިންޑިއާގެ ފުލުހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ވަނީ މުސްލިމުން މެރުމަށާއި ހަތިޔާރު ބޭނުން ކުރުމަށް ގޮވާލާފައެވެ. މިދިޔަ ހަފްތާގައި މި ބައްދަލުވުން ހިނގާފައި ވަނީ އިންޑިއާގެ އުއްތަރަކަންދު ސްޓޭޓްގެ އުތުރުގައި އޮންނަ ހަރިދުވާރުގައެވެ.

އެއްވުމުގެ ތެރެއިން ވާހަކަ ދެއްކި މީހަކު އާންމުންނާ މުހާތަބުކޮށް ބުނީ މުސްލިމުން މެރުމުގެ ކުށުގައި ޖަލަށް ދާން ޖެހުނަސް އެކަމާ ކަންބޮޑުނުވާ ކަމަށެވެ.

https://twitter.com/zoo_bear/status/1473581283242491904?s=21

"އަހަރެމެންގެ ތެރެއިން ސަތޭކަ މީހުން ހަމައެކަނި އަސްކަރިއްޔާއަކަށް ވެ، އޭގެ ތެރެއިން ދެ މިލިއަން މީހުން މަރާލި ޔަސް، އަހަރެމެންނަށް ނަސްރު ލިބޭނެ... މި ވިސްނުމާ އެކު ތެދުވެއްޖެ ނަމަ ދެން ސުންނަތް ދަރްމާ [ހިންދޫދީނުގެ ފުރިހަމަ ސިފައެއް] ހިމާޔަތް ކުރެވޭނެ،" މުސްލިމުން މެރުމަށް ހިތްވަރުދީ ވާހަކަ ދެއްކި އަންހެން މީހާ ބުންޏެވެ.

މުސްލިމުންގެ ގިނަ ބަޔަކު ބުނަމުންދަނީ ބޮޑުވަޒީރު ނަރެންދުރ މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން މުސްލިމުންނަށް ހަމަލާތަކާއި އިންޒާރުތައް ލިބެމުންދާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ.

އިންޑިއާގެ އެންމެ ބޮޑު އިޖުތިމާއީ އަދި ދީނީ މުސްލިމް ޖަމްއިއްޔާ، ޖާމިއަތު އުލަމާ-އީ-ހިންދުގެ ރައީސް ތުހުމަތު ކުރެއްވި ގޮތުގައި، މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދެއްކުމުން އެގައުމުގެ ސަރުކާރުން ވަނީ އެކަމަށް ބީރު ކަންފަތެއް ދީފައެވެ.

މައުލާނާ މަހްމޫދު މަދުނީ ވަނީ އެކި އޮފިޝަލުންނަށް ފޮނުއްވި ސިޓީއެއްގައި ކުށްވެރިންނާ ދެކޮޅަށް "ވަރުގަދަ ފިޔަވަޅުތަކެއް" އެޅުމަށް ޑިމާންޑް ކޮށްފައެވެ. އަދި އެމީހުންގެ ސަބަބުން ގައުމުގެ ސުލްހަ މަސަލަސްކަމާއި މުޖުތަމައުގެ ހަމަޖެހުމަށް ނުރައްކަލެއް ކުރިމަތިވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޤައުމީ

    ރާއްޖޭގެ ސަރުކާރަކަށް މިފަދަ ވާހަކަތައް އެނގޭ ކަމަކަށް އިވޭ ކަމަކަށް ނުހަދާނެ ކަންފަތުގައި އަތް އަޅާނެ ބުނާނީ އެންމެ ފައްކާ ޑިމޮކްރަސީ އޭކަންނޭނގެ؟

    53
    • ނަރަކައިގެ އަލިފާން

      ވަރަށް ބޮޑު ތެދެއް...އެކުވެރިޔާތިބުނީ އެކަމާ ހާހެއްނުވޭ ތަސައްވަރުނުކުރެވޭވަރުގެ ވޭންދެނިވި މަރެއްތިހަރުކަށީންނައް ލިބޭނެ. ބަލާބަލަ ގަދީމީ ބާބްރީ މިސްކިތުގެ މުންނާރައް އަރާ ހިންދޫންގެދިދަ ޖަހަން އުޅުނު މީހާއަށް ވެގެންދިޔަގޮތް އިބްރަތަކަށްފުދޭ

      14
  2. އަފޭ

    ރާއްޖޭގެ ފަސްގަޑައް ވެސް ތިމީހުން ތިއުޅެނީ އަތްގަދަ ކުރަން ވެގެން އެކަމަކު މިގައުމުގެ ވެރިންތައް ހާދަ ވިސްނުން ކުޑައޭ

    43
  3. ޒަރީނާ

    ބަދަލުގަ މުސްލިމުންގޮވާލަނީ އެންމުމުސްލިމަކުވެސްނުމެރުމަށް !!!

    34
  4. ބިގަރޭ

    އޭ މިހިރަ ޔެލޯއޮރެންޖު ޓެރަރިސްޓު ދައިތާ!!! މުސްލިމުން މަރަން ފާޅުގަ ގޮވާލާއިރު މުސްލިމުން މެރުމުގެ ކުރިން ތި ދައިތަ މަރުވެގެން ދިއުމަކީ އެކަށީގެންވާކަމެއް...ބާރެއް ލިބުނީމަ ތިތިބެނީ އާސްމާނަށް އަރާ..

    40
  5. ނަން

    يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ

    30
  6. ސާމާނުބެ

    ތީ ވަކިބައެއްގެ ހާލެއްނޫން އެންމެންގެވެސް ހާލު

    22
  7. Anonymous

    މުސްލިމުންނޭ ނިކަން ރަނގަޅައް ހޭލާ ތިބޭތި.

    39
  8. ޢަހުމަދުވަގާރު

    މުސްލިމުނއ މާ ގިނަ މުސްލިމުން މަރައެއް ނޫންތަ؟

    3
    6
  9. ހަޔަސިންތް

    އަނެއް ކާ ގައުމު އަޅުވެތިކުރުމައް ދައުވަތު ދީގެން މިއުޅޭބާގަނުހިމެނޭތަ

    16
  10. ކިޔު

    ޔާ ﷲ! ހިންދުކަރައިގެ ނިކަމެތި މުސްލިމުން، ހަސަދަވެރިންނާއި އަދާވަތްތެރިންގެ ނުބައިކަމުން ރައްކާތެރި ކުރައްވާދޭވެ.

    10
  11. ހމމ

    އަމިއްލަ ޤައުމުގެ މީހުންނާ ދޭތެރޭ ރަހުމެއް އިންސާނިއްޔަތެއް ނުހުންނަ ބައެއް މި އިންޑިއާ މީހުންނަކީ... އެއްދުވަހު ކުއްޖަކު މަރާލާފާނޭ، އަނެއް ދުވަހު ވިހާފަ އެއްލާލަފާނޭ، އަނެއް ދުވަހު މުސްލިމުން މަރަން ފަށާފާނޭ، ދުނިޔޭގެ ލަދަށް މަންމަ މަރާފާނެ، ކޮއްކޮ މަރާފާނެ، ބޭބެ މަރާފާނެ ... މިވަރު ބައެއްގެ އެހީ ހޯދަން ސަރުކާރުން މިއުޅެނީ.. އިންޑިއާ ސަރުކާރުން އެހެން މީހުންނަށް ގޮތް ފާޑު ކިޔައިދުނުމުގެ ބަދަލުގައި އަމިއްލަ ޤައުމަށް ކުރިމަތިވެފައި އޮތް ކަންތައް ރަނގަޅުކުރަން ތެޅުނިއްޔާ މާ ރަނގަޅުވާނެ... އަބަދުވެސް އެހެން ޤައުމުތައް ކަންކުރާ ގޮތް ކަމުނުގޮސްގެން... އަމިއްލަ ޤައުމުގެ ކުށްތައް މަދުކުރާނެ ޕްލޭންތައް ހަދައިގެން އަމިއްލަ ޤައުމުގަ ތިބެބަލަ. ކޮން ނޮހޮރޮއްޕާނެއްތަ އަހަރެމެންނަށް

  12. ސާފު

    ރާއްޖެއިން ބުނާނީ ދާޚިލީ މައްސަލައެކޭ. ނޫނީ ހުންނާނީ ހަނު

  13. ކޮއްޔާ

    ރަނގަޅު ފިލަާވަަލެއް ލިބޭނެ އަދި // އިންޝާﷲ // ތިޔަކާފަރުންނަށް ގެއުމާއި މުސީބާތް ޖައްސަވާށި //

    11
  14. އަހުމަދު

    ބަދަލުގަ މިގައުމަށް އައިސް ތިބި ހުރިހާ ހިންދޫން ނައްތާލަން ފެނޭ