ފަލަސްތީނުގެ ޣައްޒާ އިން އިސްރާއީލަށް ވައިގެ ހަމަލާތަކެއް މިއަދު ފޮނުވާލައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ހޮނިހިރު ދުވަހު ޣައްޒާ އިން ދެ ރޮކެޓް އިސްރާއީލްގެ މެދުތެރޭގެ ސަރަހައްދަކަށް ފޮނުވާލާފައިވާ ކަމަށެވެ. އެކަމަކު، ދެ ރޮކެޓް ވެސް ވެއްޓުނީ އެ ދިމާލުން ކަނޑަށެވެ.

މި ދެ ރޮކެޓްގެ ފޮނުވާލުމުގެ ސަބަބުން އެއްވެސް މީހަކަށް އަދި ތަނަކަށް ވެސް ގެއްލުމެއް ނުވެއެވެ. އަދި ސައިރެންގެ އަޑާއި އަޔޮން ޑޯމް ވެސް މަސައްކަތެއް ނުކުރެއެވެ. އެއީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ރޮކެޓް ނުވެއްޓޭތީއެވެ. އަޔޮން ޑޯމްއަކީ ރޮކެޓް ނައްތާލާ ވަސީލަތެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިއަދު ހެނދުނު ހަތެއް ޖަހާ ކަން ހާއިރު އިސްރާއީލްގެ މެދު ތެރޭގެ ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބާރު އަޑުފައްގަނޑެއް އިވިފައިވެއެވެ.