ޕާކިސްތާނުގެ ފަރުބަދަމަތީ ސިޓީއެއް ކަމަށްވާ މުރީއަށް އެތައް ހާސް ބަޔަކު ދަތުރު ކުރަމުން ދަނިކޮށް، ސްނޯގެ ތޫފާނެއްގައި ތާށިވުމުގެ ސަބަބުން 16 މީހުން މަރުވެއްްޖެއެވެ.

ޕާކިސްތާނުގެ ދާހިލީ ވަޒީރު ޝައިޚް ރާޝިދު އަހުމަދު މިއަދު ވިދާޅުވީ، މަގުތައް ސާފުކޮށް، އަދިވެސް ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް އަސްކަރިއްޔާއިން ހަރަކާތްތެެރި ވަމުންދާ ކަމަށެވެ. އަަދި "މަދުވެގެން 16 އާއި 19 އާ ދެމެދު ގެ މީހުން އެމީހުންގެ ވެހިކަލްތަކުގައި މަރުވެފައިވާ،" ކަމަށް ވިދާޅުވިއެވެ.

އިސްލާމްއާބާދުގެ ފުލުހުންގެ އޮފިސަރެއް ކަމަށްވާ އާތިކް އަހުމަދު ވިދާޅުވީ، މަރުވި 16 މީހުންގެ ތެރެއިން 8 މީހުންނަކީ، އިސްލާމްއާބާދުގެ ފުލުސް އޮފިސަރެއް ކަމަށްވާ ނަވީދު އިޤްބާލްގެ އާއިލާގެ މީހުން ކަމަށެވެ. އަދި އާއިލާ އާއެކު އޭނާވެސް މަރުވި ކަމަށް އާތިކް ވިދާޅުވެފައިވެއެވެ. އެ 16 މީހުން ވެސް މަރުވީ ހައިޕޯތަރމިއާ ޖެހިގެން ފުލުހުން ވިދާޅުވެފައިވެއެވެ.

ބޮޑުވަޒީރު އިމްރާން ޚާން ވަނީ މި ހާދިސާއާއި ގުޅިގެން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި "މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށް ޓަކައި ހަރުދަނާ ގަވާއިދުތަކެއް ހަދަންޖެހޭ،" ކަމަށް އިމްރާން ހާންގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މީސް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކުޑަކުދިން ވެސް ހިމެނޭ ގޮތަށް، އާއިލާތައް ވެހިކަލްތަކުގައި މަރުވެފައި ތިބޭ މަންޒަރު ފެނެއެވެ.

ތާށިވެފައި ތިބި ވެހިކަލްތަކުގައި މަރުވި މީހުންނާ ބެހޭ އިތުރު ތަފްސީލެއް އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އޮފިޝަލުން ވިދާޅުވީ ރިކަވަރީ އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާނާ އާއި ބްލޭންކެޓް ފޯރުކޮށްދީފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު