އިސްރާއީލުގެ އުތުރުގެ އަވަށްތަކުގައި ދިރިއުޅޭ މީހުން ބުނަނީ ހޮނިހިރު ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ކުޑަ ބިންހެލުމެއް (ޒަލްޒަލާ)އެއް އައިސް އޭގެ އަސަރު އެ މީހުންނަށް ކުރި ކަމަށެވެ.
މި ބިންހެލުމުގެ އިހުސާސް ކުރެވުނީ ޓިބެރިއަސް، ސޭފްޑް، ހައިފާ، ޖޯޑަން ވެލީ އަދި ބައިޓް ޝެއާންގައި ދިރިއުޅެމުންދިޔަ މީހުންނެވެ.
މީގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވުއެވެ. އަދި އެއްވެސް ތަނަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ކޮށްފައި ނުވާއިރު، ކަނޑުމަތީގެ ހާދިސާއެއް ހިނގާފާނެ ކަމުގެ އެއްވެސް އިންޒާރެއް ވެސް ދީފައެއް ނުވެއެވެ.
އިސްރާއީލުގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ 3.7 މެގްނިޓިއުޑް ބަރުމިނުގައި މި ބިންހެލުން އައިސްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 11:36 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ، އެ މީހުންނަށް އެތައް ހާސް ފޯން ކޯލްތަކެއް އެމާޖެންސީ ހޮޓްލައިންއަށް ލިބުނު ކަަމަަށެވެ.
ބައެއް އާއްމުން ބުނިގޮތުގައި، މި ބިންހެލުމުގެ ގުޑުން އެތައް އިރަކަށް ދެމިގެން ދިޔައިރު، ގޭތެރޭގައި ހުރި ފަރުނީޗަރުތައްވެސް ހުރި ހެލިލަހެލިލާއެވެ.
"އޭގެ އަސަރު ވަރަށް ގިނަ ވަގުތަށް ދެމިގެން ދިޔައިރު، އަހަރެންގެ ގޭގައި ހުރި ތަކެތި ހުރި މުޅި ގޭތެރޭގައި ދުވާ ކަހަލަ".ހައިފާ ސިޓީގައި ދިިރިއުޅެމުންދާ މީހަކު ބުންޏެވެ.
އެކަކު ބުނީ، އޭނާގެ މޭޒު އަމިއްލައަށް ހަރަކާތްތެރި ކުރަމުންދާ މަންޒަރު އޭނާއަށް ފެނުނު ކަމަށެވެ.
މިއީ އެތައް ބަޔަކަށް ބިރުވެރި މަންޒަރަކަށް ވެގެން ދިޔައެވެ. އެތައް ބަޔަކު ހާސްވެގެން އުޅުނުއިރު، މިއީ ބިރުވެރިކަމެއްގެ ގޮތުގައި އެތައް ބަޔަކު ސިފަ ކުރިއެވެ.
"މުޅި ގޭތެރެ، އެނދު، ކޮޓަރި ގުގުމައިގެން ދިޔަ ކަހަލަ". އެކަކު ބުނެފައި ވެއެެވެ.
"ބިރުން މުޅި ހަށިގަނޑު ދިޔައީ ތުރުތުރުލާފައި. ބޭރަށް ނުކުތުމަށް އަހަރެން ކުދިން ހޯދަންވެސް ދިޔައިން، އެނދުވެސް ދިޔައީ އެވަގުތު ތެޅެމުން. ގޭގެ ކުޑަދޮރުތައްެސް ދިޔައީ ވަރަށް ބޮޑަށް ތެޅެމުން،" ޓިބެރިއަސްގެ އަންހެނަކު އޭނާއަށް ކަންތައްވި ގޮތް ހިއްސާކޮށްފައި ވެއެވެ.
ގިނަބައެއްގެ ވާހަކަތަކުން އެ މީހުންނަށް މިކަމުން ބޮޑުބިރުވެރިކަމެއްގެ ތެރެއަށް ވަދެގެންދިޔަކަން އެނގެއެވެ. އެއީ ގޭތެރެ ގުޑުން ފަދަ ކަންކަން ކުރިމަތިވެގެން ދިއުމުންނެވެ.
މި މަހު ކުރީކޮޅު ސައިޕްރަސްގެ އައްސޭރިފަށަށް 6.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައި ވެއެވެ. އެ ބިންހެލުމުގެ އިހްސާސް ކައިރީގައި އޮތް އިސްރާއިލަށާއި، ލުބުނާނާއި ތުރުކީއަށް ކުރިއެވެ.
ޔާﷲ. ދުނިޔެ ދެމިއޮތްހާ ދުވަހަކު މުޅި ދުނިޔެއަށް އިބުރަތަކަށް ވާނޭފަދަ ވޭންދެނިވި ކޯފާއެއް މި ނުބައި ނުލަފާ ޔަހޫދީ ވެރިންގެ މައްޗަށް ފޮނުއްވާ ފާނދޭވެ.
އަފްގާނިސްތާނަށް ބިން ހެލުން އައިސް އެ މަރުވަނީ
ގިނަ އަފްގާނިސްތާނު މީހުން ނޫޅޭ މަރުވެދާނެތީ ބިރުންނެއް. ޔަހޫދީން ވަރަށް ބިރުގަންނާނެ
ޔަހޫދީން ވަރަށް ބިރުގަންނާނެ މަރުދެކެ.
ބިރުވެރި ޤިޔާމަތްދުވަސް އަދި އޮތީ
ދެންވެސް އިސްލާމްވެ ﷲއަށް އީމާންވެބަލަ
ތި އިޒްރޭލު ޔަހޫދީންނަށް ﷲ ސުބްޙާނަޙޫ ވަތަޢާލާގެ ކޯފާގެ އިންޒާރު ކިތަންމެ ގޮތަކަށް ފޮނުއްވިއަސް ތިޔަމީހުން އިސްލާހު ނުވާނެ !
އަފްގާނިސްތާނަށް އެއަންނަނީ ކީއްވެ ބާ