އަވައްޓެރި އިންޑިޔާގެ މުމްބައި އަށް ނިރުބަވެރި ހަމަލާތައް ދިން މީހުން ޕާކިސްތާނުގައި ދިރިއުޅެމުންދަނީ ވަރަށް އުފަލުގައި ކަމަށް އިންޑިޔާއިން ބުނެފި އެވެ.

ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލް(ޔޫއެންއެސްސީ) ގައި ވާހަކަ ދައްކަވަމުން އިންޑިޔާއިން ބުނީ ޕާކިސްތާނަކީ ނިރުބަވެރި ހަމަލާތަށްދޭ މީހުންނަށް ހިތްވަރުދީ ފަންޑުކުމުގައި ދިގު ތާރީހެއް އޮތް ގައުމެއް ކަމަށެވެ.

”ހަތިޔާރުއެޅި މީހުންގެ މެދުގައި ޖެހޭ ހަމަނުޖެހުންތަކުން އާންމު ރައްޔިތުން ސަލާމަތް ކުރުން“ މި މައުޟޫއަށް ކުރިޔަށްދިޔަ ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުން އިންޑިޔާއިން ޔޫއެންގެ ކައުންސިލަށް ކަނޑައަޅާފައި ހުންނަވާ މަދޫ ސޫދާން ވިދާޅުވީ ޕާކިސްތާނުން ދަނީ އިންޑިޔާއާއި ދެކޮޅަށް ނުރައްކާވާފަދަ ޕްރޮޕެގެންޑާތައް ފަތުރަމުން ކަމަށެވެ.

މަދޫ ސޫދާން ވިދާޅުވީ މިއީ ޕާކިސްތާނުން އަލަށް ކުރަމުންދާކަމެއް ނޫން ކަމަށާއި މީގެ ކުރިންވެސް ދުނިޔޭގެ ސަމާލުކަން ހޯދައި އޮޅުވާލުމުގެ ތެރެއިން އިންޑިޔާއަށް ނަފުރަތު އުފެދޭގޮތަށް ދޮގު މައުލޫމާތު ޕާކިސްތާނުން ފަތުރާފައިވާ ކަމަށެވެ.

އިންޑިޔާގެ ކައުންސިލާރ ވަނީ ޕާކިސްތާނުން ހަނގުރާމަވެރި ޖަމާއަތްތަކަށް ހިތްވަރުދީ މީހުންނަށް ފަންޑުކޮށް އަދި އެހީތެރިވެދޭކަމުގެ ތާރީހެއް އޮތްކަންވެސް ހާމަކޮށްފައެވެ.

ޕާކިސްތާނަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ނިރުބަވެރި ހަމަލާތައްދޭ ޖަމާއަތްތައް ތިބި ގައުމުކަމަށް އިންޑިޔާއިން ވަނީ ބުނެފައެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރަކީ އުސާމާ ބިއްލާދީން ފަދަ ނިރުބަވެރި އިސް ލީޑަރުންނަށްވެސް ހިތްވަރުދީ ފަންޑުކުރާ ބޭފުޅެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

2008 ވަނަ އަހަރު މުމްބާއީއަށް ދިން ހަމަލާތަކަކީ ހަތަރު ދުވަސް ވަންދެން ޕާކިސްތާނުގެ ނިރުބަވެރި ޖަމާއަތެއް ކަމަށްވާ ލަޝްކަރޭ ތައިބާޖަމާއަތުގެ 10 މެމްބަރަކު ރާވާގައިން ދިން ހަމަލާތަކެކެވެ. މި ހަމަލާތަކުގެ މުމްބާއީގެ އެކި ކަންކޮޅުތަކުގައި ހަތަރު ދުވަހަށް ކޯޑިނޭޓެޑް ބަޑީގެ ހަމަލާތަކާއި ބޮމުގެ 12 ހަމަލާއެއް ދީފައިވެއެވެ.

މި ހާދިސާގައި 175 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ހަމަލާ ދިން ނުވަ މީހުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާމިދު ޝާޙިދު

    ހުސް ދޮގު. ފެށުނީންސުރެއް އިންޑީއާއިން ގަބޫލު ކުރަނީ ޕާކިސްތާނަކީވެސް އެމީހުންގެ ތަނެއްކަމަށް. އިނގިރޭސިންގެ އަތުން އެތަން މިނިވަން ކުރުމަށް ކުރި ޖިހާދުގައި މުހައްމަދު އަލީ ޖިނާޙް ދެއްކެވި ހިތްވަރުފުޅާއި، ކެރުންތެރިކަމުގެ ސަބަބުންނާއި ގެންގުޅުއްވި ޑިޕްލޮމެސީގެ ސަބަބަބުން، އިނގިރޭސިންނާއި، ގާންދީ އަށްވެސް އަދި ނެހެރޫއަށްވެސް އޭރު ޖެހިވަޑާއިގަތީ، މުސްލިމް މެޖޯރިޓީ އޮތް ދެ ސަރަހައްދު، އަށް މިނިވަންކަން ވަކިންދޭން. އެއީ، ޕާކިސްތާނާއި މިހާރުގެ ބަންގްލަދޭޝް. ޖިންޚް މަރުވެ، ގާންދީ މަރުވެ، ނެހެރޫމެންނަށް ވެރިކަން ލިބުނު ހިސާބުން ފެށިގެން ދެބަސްވުންތައް އުފެދިއްޖެ، ޖަންމޫ ކަޝްމީރުގެ މައްސަލާގައި،، ކަޝްމީރަކީ މުސްލިމުގެ ބޮޑު އާބާދީއެއް އޮންނަ ހިތްގައިމުތަނެއް. އެތަނުގެ ރައްޔިތުން ބޭނުންވީ ޕާކިސްތާނާ ގުޅެން. ނުވަތަ އެތެރޭގެ މިނިވަންކަން ލިބިފައިވާ ސްޓޭޓަކަށްވާން. އެޖިހާދުގައި ކުރެވެންފެށި ދާހިލީ ހަނގުރާމައާ ގުޅިގެން ދެގައުމުގެ ދެމެދު ބޮޑެތި އަރާރުންވުންތައް ހިނގާ ހަމަނުޖެހުންތައް ހިނގާފައިވާއިރު، އިންޑިއާއިންވެސް ފަންޑު ކޮށްގެން ނިރުބަވެރިންގެ ހަރަކާތްތައް ކަޝްމީރުގައާއި ޕާކިސްތާނުގައިވެސް ހިންގަމުންދޭ. ޕާކިސްތާނަށް ފަހަކަށް އައިސް ލިބިފައިވާ ހަމަޖެހުމާއި، އިމްރާން ހާނުގެ ވެރިކަމުގައި އިތުރު ކުރިއެރުންތައް ލިބެމުންދާތަން ފެންނާތީ، މޯޑީ މެންނަކަށް އެކަން ތަހައްމުލެއް ނުކުރެވުނު. އެހެންވެ، އަނެއްކާވެސް ޕާކިސްތާނާ ޖައްސާޅައިގެން އެއުޅެނީ. އިންޑީއާ އައުޓް. އިންޑިއާ އައުޓް، އިންޑީއާ އައުޓް.

  2. މުހައްމަދު

    އިންޑިއާ އެމްބަސީ އިން ވަގުތު ނޫހަށް ކިހާ އެހީއެއް ލިބިގެންތޯ ތިއުޅުއްވަނީ. އަބަދުވެސް ފެންނަނީ އިންޑިއާގެ މޫނުމަތި ނަލަކޮށް ފުއްޖަހައިދޭތަން.

  3. ޣައިދުރ

    ޙުސްދޮގު.ތީ މޮސާޑުން ރާވާގެން ދިން ހަމަލާއެއް.ފަނޑްކުރީ ރޯ އިން