މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ދިޔާ ކޮކެއިން އަޅައިގެން ކޮލަމްބިއާއިން ބޭރުކުރަން އުޅުނު 20 ހާސް ކާށި ކޮލަމްބިއާގެ ފުލުހުން އަތުލައިގެންފިއެވެ.

އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، 504 ބަސްތާގެ ކާށި ފުލުހުން އަތުލައިގެންފައިވެއެވެ. އެ ބަސްތާތަކުގައި ގާތްގަނޑަކަށް 20 ހާސް ކާށި ހުރިއިރު، ހުރިހާ ކާއްޓެއްގައި ވެސް ކާށި ފެނުގެ ބަދަލުގައި ހުރީ ދިޔާ މަސްތުވާތަކެތި ކަމަށް ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ތަކެތި އަތުލައިގެންފައިވަނީ ކޮލަމްބިއާއިން އިޓަލީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ލަމްބިއާގެ ޕޯޓް އޮފް ކާޓެގޭނާއިންނެވެ. މި ކާށި ބަސްތާތައް ހުރީ ކޮންޓޭނާއަކަށް ބަރުކޮށް ބޯޓަކަށް އަރުވަން ތައްޔާރުކޮށްފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

Police seize nearly 20,000 coconuts filled with liquid cocaine – WSB-TV Channel 2 - Atlanta

ސްޕެނިޝް ބަހުން ލިއެ، ކޮލަމްބިއާގެ ގައުމީ ޕްރޮސެކިއުޓަރުގެ އޮފީހުން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، "ކުރެވުނު ތަހުގީގުން ކާށިތަކުގައި ހުރި ފެން ލިކުއިޑް ކޮކެއިންއަށް ބަދަލުކޮށްފައިވާކަން ވަނީ ސާބިތުވެފައި،" ކަމަށެވެ.

އަދި ކޮންމެ ކާއްޓެއްގައި ކޮކެއިން އެކުލެވިގެންވަނީ ކިހާ މިންވަރަކަށްތޯ ބެލުމަށް އިތުރު ތަހުގީގުތަކެއް ކޮށް، ތަހުލީލުތައް ހެދުމަށް ލެބޯޓްރީއަކަށް ކާށިތައް ވަނީ ފޮނުވާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކޮލަމްބިއާގެ ނެޝަނަލް ޕޮލިސްގެ އެންޓި ނާކޮޓިކްސް ޑައިރެކްޓްރޭޓް މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ތަހުގީގެއް ހިންގާފައިވެއެވެ. އަދި އެ ޝިޕްމަންޓް އުފެއްދީ ކޮން ތަނެއްގައި ކަމާއި، ލޯޑް ކޮށްފައި ވަނީ ކޮން ތަނެއްގައި ތޯ ވެސް ތަހުގީގު ޓީމުން ބަލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    މަޖިލީހުގައި އުޅޭނެ ދަބަހެއްގައި ދިޔާތަކެތި އުފުލި މީހެެއް. ވެދާނެ ތިއީ އޭނާގެ އެއްޗެތިތަކެއްކަމަށްވެސް

    7
    2
  2. ހާދަ ބައިވަރު ކާއްޓެކޭ..

    މިހުރިހާ ކާށިތަކަށް ބަލާލީމަ އެނގޭ އެއްޗަކީ މި ވިޔަފާރި ފުޅާވެފަވާ މިންވަރު...އަދި މިކަމުގެ އަޑީގަ ބައިވަރު މީހުން ހިމެނޭކަން.

  3. ރަން ރީނދޫ

    ކާށި ފެން ކޮކޭންއަށް ބަދަލުވީ ބައެއްގެ ސަބަބަކުންނެއްނޫން. އެއީ އެތައްމިލިއަން އަހަރެއްގެ އިވޮލިއުޝަންގެ ނަތީޖާ. ގްރޯއަޕް. ކޮލަމްބިއަންސް.