ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަކީ އެމެރިކާގެ ގިނަ މީހުންގެ މެދުގައި އެއްވެސް ވަރަކަށް މަގުބޫލް ޝަހުސިއްޔަތެއް ނޫނެވެ. އެމެރިކާގެ ގިނަ މީހުން ޕޫޓިން ސިފަކުރަނީ ނުބައި ނުލަފާ މީހެއްގެ ގޮތުގައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕޫޓިން އާއި މާގާތް ގުޅުމެއް ބާއްވަނީ ޓްރަމްޕަށް ޕޫޓިންގެ ނުލަފާކަން ނޭނގޭތީ ކަމަށް ވެސް އެމެރިކާ މީހުން ބުނެއެވެ. ޓްރަމްޕަށް ޕޫޓިންގެ ނުލަފާކަން ނޭނގުނަސް ޓްރަމްޕްގެ އަނބިމީހާ މެލާނިއާ އަށް ޕޫޓިންގެ ނުލަފާކަން "އެނގެއެވެ."

މިދިޔަ އަންގާރަ ދުވަހު ޓްރަމްޕް އާއި ޕޫޓިން ބޭއްވި ބައްދަލުވުމުގެ ތެރެއިން މެލާނިއާ ޕޫޓިން އާއި ސަލާމް ކުރުމަށް ފަހު ޖެހިގެން އައި ސިކުންތުގައި މޫނަށް ގެނައި ހަރަކާތުން އެކަން އެނގޭ ކަމަށް ވަރަށް ގިނަ މީހުން މީސް މީޑިއާގައި ބުނެފައި ވެއެވެ.

ވަރަށް ގިނަ ބަޔަކު ދަނީ މެލާނިއާ މޫނަށް ގެނައި ބަދަލާއި ބެހޭ ގޮތުން މީސް މީޑިއާގައި ވާހަކަދައްކަމުންނެވެ.

https://twitter.com/iamsunnycarter/status/1018855016550031360

https://twitter.com/srmduke87/status/1019021220291866624

https://twitter.com/dorotheascloset/status/1018910528574541824

ޕޫޓިން އާއި ސަލާމް ކުރުމަށް ފަހު މެލާނިއާ މޫނަށް އެފަދަ ބަލެއް އައީ ކީއްވެތޯ ސުވާލު ކުރަން ނޫސްވެރިން މިހާރު ތިބީ ތައްޔާރުވެގެންނެވެ. ނަމަވެސް އެބައްދަލުވުމަށް ފަހު މެލާނިއާ އަދި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިއެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަނދަވަޅު

    ޓުރަމްޕަކީ ބޯގަޅިއެއް..

    • ނަން

      ޓްރަމްޕް އާ އަންނި އާ މީ އެއްކަހަލަ ދެމީހުން. ޢެ ދެމީހުންނަށް ސަޕޯޓު ކުރާ މީހުން ސަޕޯޓު ކުރަނީވެސް އެއްގޮތަކަށް.

  2. އަޒާ

    އަސްލު ފިރިހެން ވަންތަ ފިރިހެނެއްގެ އަތުގައި ހިފާލެވުނު ކަމުގެ އިހްސާސް ކުރެވުނީ...

  3. ހުސޭނުބޭ

    ތިކަމުގެ ބަދަލުހިފުމުގެ ގޮތުން ޓްރަމްޕް ޕޫޓިންގެ އަނބިމީހާއަށް ކޮންމެވެސް ލަގާއެއް ދޭނެ!