ޑެންމާކްގެ ވެރިރަށް ކޯޕަންހޭގަންގައި ހުރި ޝޮޕިން މޯލެއް ތެރޭގައި ބަޑި ޖަހައި ތިން މީހަކު މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލި މީހާާއަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.

ޑެންމާކް ފުލުހުންގެ އިންސްޕެކްޓާ ސޮރެން ތޯމަސެން ވިދާޅުވީ ގާތިލު މިހާރު ހުރީ ސައިކޭޓްރިކް ވޯޑެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ ސައިކޭޓްރިކްގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ވެސް ގާތިލު ރަނގަޅަށް އެނގޭ ކަމަށެވެ،

"މިއަށްވުރެ އިތުރަށް ގާތިލާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް" އިންސްޕެކްޓާ ވިދާޅުވިއެވެ.

އިންސްޕެކްޓާ ވިދާޅުވީ ގާތިލު ބަޑި ޖެހީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނޫން ކަމަށެވެ. އަދި އެ ހަމަލާގެ މަގްސަދު ނޭނގޭ ކަމަށާއި އަދި އެއީ ނިރުބަވެރި އަމަލެއް ކަަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށް ވިދާޅުވިއެވެ.

އޭއެފްޕީ ނިއުސް އޭޖެންސީން ބުނީ ހަމަލާ ދިން ފަހުން ގާތިލުގެ ޔޫޓިއުބް ޗެނަލާއި އަދި އިންސްޓްގްރާމް އެކައުންޓް ވެސް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.

އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ޑެންމާކުގެ ފުރާވަރުގެ އަންހެން އަދި ފިރިހެން ކުއްޖަކާއި އަދި ރަޝިއާގެ ފިރިހެނެއް ހިމެނެއެވެ.

ބަޑި ޖެހި ޝޮޕިން މޯލަކީ މުޅި ޑެންމާކުގައި ވެސް ހުންނަ އެންމެ ބޮޑު އެއް ޝޮޕިން މޯލްއެވެ. އަދި ބަޑި ޖަހަން ފެށުމާއެކު އެތައް ބަޔަކު ވަނީ މޯލްގައި ހުންނަ ފިހާރަތަކަށް ވަދެ ރައްކާތެރިކަން ހޯދައިފައެވެ.

ބަޑި ޖެހުމުގެ ހާދިސާ ހިނގި މޯލް ކައިރީގައި މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްގެ ކޮންސެޓެއް ވެސް އޮތީ ޕްލޭންކޮށްފައެވެ. ނަމަވެސް އެ ހާދިސާއާ ގުޅިގެން އެ ކޮންސެޓް ފަހުން ވަނީ ކެންސަލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރެފްރީ

    އިސްލާމެއްނޫންވީމަ ސިކުނޑިހަމަނުޖެހޭ. މުސްލިމެއްނަމަވާނީ ބޮޑުޓެރެރިސްޓަކަށް!

    11
    1
  2. ހުވަދޫ މީހާ

    ތި ޔަގީން މުސްލިމެއް ނޫން. މުސްލިމަކު ނަމަ ބުނާނީ ޓެރަރިސްޓެކޭ

    12
    1
  3. އާވިމް

    މުސލިމުން އަބަދުވެސް ސިކުޑި ހަމަޖޭހެނީތާ!

  4. ނަބީހް

    ޑެންމާކަށް އުފަން ރަތްލާޖެހި ދޮން، ޢައިރު މުސްލިމަކަށް ވީމާ ބަދަލުވީ ސިކުނޑީގެ ބަލި ހުންނަ މީހަކަށް. ނުވަތަ ސައިކޮލޮޖިކަލީ ޑިސްޓާރބް މީހަކަށް. މިއީ ހުޅަނގުގެ މީޑިޔާ ގެ ހަޤީޤަތް.
    2011 ވަނަ އަހަރު ނޯވޭގައި ދިން ބަޑީގެ ހަމަލާގައި ހަތްދިހަ އެތައް ބައެއްގެ ފުރާނަ ދުއްވާލި ހަމަލާ ދީފައި ވަނީ ނޯވޭ މީހެއްކަން އެނގުމުން އޭނާވެސް ވީ ހަމަ ނަފްސާނީ ބަލި ހުންނަ މީހަކަށް. އޭގެ ކުރީގައި ހެއްކެތް ގަރީނައެއް ނެތި ހުޅަނގުގެ މީޑިޔާތަކުގައި އެހަމަލާދިނީ މުސްލިމް ޓެރަރިސްޓެއް ކަމަށް ތުހުމަތުކޮށްފައިވޭ. ފަހުން ހަގީގަތް އެނގުމުން ހުޅަނގުގެ މީޑިޔާތަކުން އެ ހާދިސާއަށް ފަސްއަޅާ ފޮރުވާލުމަށް މަސައްކަތްކޮށްފައިވޭ. ނަމަވެސް ސަލާމަތްބުއްދި ހުރި، ދުނިޔެއަށް ލޯހުޅުވިފައިވާ މީހަކަށް ވިއްޔާ ހުޅަނގު ދައްކަނީ ބުޅަލު ބަސްއަހާ މީދާ ގެ އުސޫލުކަން އެނގޭނެ. އެމީހުންގެ ދޮގުވެރިކަމާއި، ދޮގާ އޮޅުވާލުމުގެ ޚަބަރުތަކާއި، ކެހިވެރި ދަލަށް ބޯނުމެހި އުޅެ، އެކަމަށް ފާރަވެރިވެ ތިބުމަކީ މުސްލިމުން މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް.

  5. މަހުވެއި

    އާލަމްގިރި ވެސް ސިކުނޑި މައްސަލަ ހުރޭ!!!!