ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަގެ އަމިއްލަ ގެކޮޅެއްގައި ރޯކޮށްލައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރޯކޮށްލާފައި ވަނީ ކޮލަމްބޯގައި ރަނިލް ވިކްރަމަސިންހަގެ ޕްރައިވެޓް ގެކޮޅުގައެވެ. އެ ގެކޮޅުގައި ރޯކޮށް، އެތަން އަނދާލީ ލަންކާގެ މަގުތަކުގައި މުޒާހަރާ ކުރާ މީހުންނެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މުޒާހަރާ ކުރާ މީހުން ފުރަތަމަ އެގެއަށް ވަދެގަތެވެ. އެއަށް ފަހު، އެ ގޭގައި ހުޅު ޖެހުމަށް ފަހު ގެއިން ނުކުތީއެވެ. މުޒާހަރާ ކުރާ މީހުން ގެއަށް ވަތް އިރު، ލަންކާގެ ސަލާމަތީ ބާރުތަކާއި އެމީހުންނާ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގި ކަމަށްވެއެވެ.

މިކަން ހިނގި އިރު، ސަލާމަތީ ބާރުތަކުން ވަނީ ބައެއް ނޫސްވެރިންނަށް ވެސް ހަމަލާ ދީފައެވެ.

އެ ގެކޮޅު ކައިރިއަށް އެއްވި މީހުން ފަހަތަށް ޖެއްސުމަށް ސަލާމަތީ ބާރުތަކުން ކަރުނަ ގޭސް ވެސް ބޭނުން ކުރިއެވެ. އެކަމަކު، މުޒާހަރާ ކުރި މީހުން އެއަށްވުރެ މާ ހުޝިޔާރު ކަމަށް ކަމަށްވެއެވެ.

އިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮތް ލަންކާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ އެ ގައުމުގެ މުހިންމު ތަންތަން އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެގޮތުން ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ރަސްމީ ގެކޮޅާއި ރައީސް އޮފީސް ވެސް ހުރީ އެމީހުންގެ ބާރުގެ ދަށުގައެވެ.

އިގްތިސާދީ ބޮޑު އަނދަވަޅަކާ ލަންކާ ކުރިމަތިވެފައިވާ އިރު، އެ ގައުމުގައި މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިސްތިއުފާ އަށް ގޮވާލައިފައެވެ. އަދި އެ ދެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވަން މިހާރު ނިންމަވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާގައި ކާބޯތަކެއްޗާއި ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާއިރު، އެގައުމަށް ބޭނުން މުހިންމު މުދާ އެތެރެކުރުމަށް ބޭރު ފައިސާވެސް ވަނީ ހުސްވެފައެވެ. މީގެ ސަބަބުން ލަންކާ ރައްޔިތުން ދަތިދުވަސްތަކާއި ކުރިމަތިލަމުންދާތާ އެތައް މަހެއް ވަނީ ވެފައެވެ.

ހުކުރު ދުވަހު އެގައުމުގެ އިދިކޮޅު ޕާޓީތަކާއި، ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ވަނީ ލަންކާގެ ވެރިރަށަށް އެއްވާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރެފްރީ

    އެމްޑީޕީގެކޮޕީއެއް

    39
    6
  2. ބުއްޅާބޭ

    ފެބްރުއަރީ 2012 ހަދާންވަނީ.

    36
    3
  3. ތުއްތުނާ

    ތިޔަހެދެނީގޯސް..

    30
    8
  4. އަވައްޓެރިޔާ

    ތިތަން އަލުން ހަދަން ވެސް ފައިސާ ދޭން ޖެހޭނީ ސަރުކާރުގެ ބަޖެޓުން، ޓެކްސް ފައިސާ އިން، މާނައަކީ ހުޅުޖެހިމީހުންގެ ފައިސާއިން. ވިސްނަބަލަ ލަންކާ ކުދިން

    16
    2
    • އިބޫ

      ދެން މިހާލަތައް ދާނީ މަގޭ ވެރިކަން.

      2
      2
    • ކަދުރު

      ތިޔަކަހަލަ ދިއުޅީ އެއްނުބާ ވިސްނުން ގެންގުޅޭ މީހުން ގިނަވާތީ ސަރުކާރުތައް ކޮރަޕްޓްވެ ގައުމު ބަނގުރޫޓުވެ ރައްޔިތު އާއިލާތައް ބަނޑައް ޖެހެނީ.

  5. ހުސޭނުބޭ

    ލަންކާގެ ހާލަތު ބަދަލުކުރުމުގެ އެޑްވައިަރަކީ ހުޅުޖަހާ މީހާ ދެންޖެހޭނީ ހުޅެއްނު

    31
    1
  6. ސަނީފް

    ދިވެހިންވެސް ނިކުންނަން އެބަޖެހޭ.. ލިވާތުބާގައިގެ މީހުންގެ ކިބައިން ގައުމުގެ އިސް މަގާމުތަށް ސަލާމަތްކޮއް ލާދީނީ ވެރިކަން ނިމުމަކަށް ގެންނަން.

  7. ސަލް

    ދިވެހިންވެސް މިހެން ނިކުންނަންޖެހޭ ދުވަސް އޮތީ ނިކަން ގާތުގައި. ރާއްޖޭގެ ދަރަނި މިހާރުވަނީ އަހަރީ އުފެއްދުންތެރިކަނުގެ ނުވަތަ ޖީޑީޕީގެ 122% ފަހަނަޅާފައި.. އަދިވެސް ދަރަނި ނެގުމުގެ އެޕިސޯޑުތަކަށް ހުއްޓުމެއް ނާންނަތާގަ ރައްޔިތުން ފެލަން ޖީއެސްޓީ ބޮޑުކުރުމުގެވާހަކަ ދައްކަނީ. ނުވާތާކަށް ގައުމު ސަދޫމަށްވެ ނިމޭއިރުވެސް ރައީސުލް ޖުމްހޫެިއްޔާ އެޅި ފިޔަވަޅެއް ބުނި ބަހެއް ނެތް އެކަން ހުއްޓުވާކަށް. އެކަން ނުކޮއް ހުރެ ހައްޖައް ނިދިޔައީ.

  8. ދަލިވާތޭސް

    ލަންކާ ގެ ރައީސް ކަނޑުކޮސް ގޮޓާބޭ އަށް ޖެހުނު ހާލު ނުޖެހެނީސް މިގައުމުގައި ހުރި ބަތާހަރާމީ ހަރާމްކޯރު ލިވާތު ކުޅި އާއި އަދި އައިރު ދީން ތައް ކަމަށްވާ ޔޯގާ އާއި ފިރިހެން ކުޅި އާއި އަންހެން ކުޅި ކުޅޭ މީޙުން ކެބިނެޓް މެމްބަރުންނަށް ލައިގެން ރާއްޖެ ލޫތު ބާގައިގެ މީހުންގެ ސޮދޫމް ސިޓީ އަށް ހަދަމުންދާ ހަރާމްކޯރު ބަތާހަރާމީ ދަ މަސްކައްކާ އެއް ހިއްސު މަދު ހިންނަވަރޭ މިހާރުން މިހާރަށް އިސްތިއުފާ ދީފައި މާލޭން ފައިބައިގެން އޭނާގެ ރަށަށް ފެއްސެންވީއޭ ފެއްސެންވީއޭ ފެއްސޭ ޔޫ ނެވަރ ނޯ ހައު ހަރާމްކޯރު ދިސް ބްލަޑީ ހިންނަވަރޭ އިޒް އިޓްސް ހާރޑް ފޯރ މީ ޓު ބިލީވް ދިސް ފިރިހެން ކުޅި ކުޅޭ އެމްޑީޕީން ކުރާ ލިވާތު ވެރިކަން ގަބޫލުުކުރަން އައި ޑިޑްނޯ އެމެން ވަނީ ފިރިހެން ކުޅި އާއި އަންހެން ކުޅި އަށް ދެވިހިފާފައި ކަމަށް ޔޭއް ޔޭއް ޔޭއް އައި ޑޯން ވޮނާ ސީ ދީސް ލިވާތޭސް އައި ޑޯން ވޮނާ ސީ ދީސް ލިވާތޭސް އައި ޑޯން ވޮނާ ސީ ދީސް ލިވާތޭސް...

    2
    1
  9. އަލީ

    ލާދީނީމީހާ ބުނީ ވެރިކަން ބަދަލުކުރެވޭނީ ތަޅާ ކުދިންކޮޅެއް މަގުތަކަށް ނެރެގެންނާއި، ތަންތަނުގައި ހުޅުގައިގެންނާއި، ދޮގު ވާހަކަ ފަތުރައިގެންނޭ.

    5
    1
  10. ޙެކު

    ދިވެހިންގެ ތެރޭގަ ހާދަ ވިސްނޭ ( ވިސްނޭ) މީހުން އުޅެޔޭ ދޯ؟؟؟!!!!!

  11. އަބުދުﷲ

    މާމޮޅެތި ގޭގޭގަ ދިރިއުޅެންލިބުނީމަ ރައްޔިތުން ހަދާންނެތޭނެ.