ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕަށް ގެއްލުންވެފައިވާކަމަށް ނާސާއިން ބުނެފިއެވެ.

މިހާތަނަށް ޖައްވުގެ އެންމެ ހިތްގައިމު އަދި އެންމެ ސާފު ފޮޓޯތައް ނެގި ނާސާގެ އަގުބޮޑު ޓެލެސްކޯޕަށް ގެއްލުންވެފައި ވަނީ ޖައްވުގައި އެނބުރެމުންދިޔަ ގަލެއް ޓެލެސްކޯޕުގައި ޖެހިގެންނެވެ.

”މައިކްރޯމީޓިއޯރައިޓް ސްޓްރައިކް“ ޖައްވުގައި އެނބުރީ ކުދިކުދި ހިލަކޮޅެއް ޓެލެސްކޯޕުގެ ލެންސުގައި ޖެހުމުން ބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް ސައިންސްވެރިން ބުންނީ އޭގެ ސަބަބުން ވަރަށް ޓެލެސްކޯޕަށް ގެއްލުންތަކެއް ކޮށްފާނެ ކަމަށެވެ. ނަމަވެސް އެ ގެއްލުންތައް ކުޑަ ކުރުމަށް ލެންސް ކުރިން ހުރި ގޮތަށް ބަދަލު ކުރުމުގެ ގާބިލްކަން ލެންސަށް ލިބިފައިވާ ކަމަށް ސައިންސުވެރިން ބުނެއެވެ.

"22-24 މެއި 2022 އާ ދެމެދު ހިނގި ސިންގަލް މައިކްރޯމީޓިއޯރައިޓް އެކްސިޑެންޓެއްގައި ޓެލެސްޕޯކުގެ ލެންސަށް ވަނީ ގެއްލުން ވެފައި، ޖޭޑަބްލިއުއެސްޓީ ޕްރޮޖެކްޓްގެ ފަރާތުން އިތުރު ތަހުގީގެއް ކޮށް މޮޑެލް ކުރުމުގެ މަސައްކަތް ކުރަމުންދޭ"

މައިކްރޯމީޓިއޮރޮއިޑްސް އަކީ ކުދި ކުދި ސްޕޭސް ހިލަތަކެކެވެ. އާންމު ގޮތެއްގައި މައިކްރޯމީޓިއޮރޮއިޑްސް ގެ ބަރުދަނުގައި ހުންނަނީ ގްރާމެއްހާ ބަރުމިނެވެ.

މިފަދަ ހިލައިގެ ސައިޒު ކިތަންމެ ކުޑަ ނަމަވެސް، މިފަދަ ސްޕޭސް ހިލަތަކުން އިތުރު ހަމަލާތައް ދިނުމަކީ ޓެލެސްކޯޕުގެ އުމުރު ދިގުވުމަށް ނުރައްކާވެދާނެ ކަމެއް ކަމުގެ އިންޒާރު ސައިންސުވެރިން ނެރުނު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޖޭމްސް ވެބް ޓެލެސްކޯޕް އަކީ ނާސާއިން ޖައްވަށް ފޮނުވި އެންމެ ބޮޑު ޓެލެސްކޯޕް އެވެ. މިއީ 8 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ އަގުބޮޑު ޓެލެސްކޯޕެކެވެ. މިއީ ކާއިނާތުގައިވާ އެހެނިހެން ތަރިތަކާއި ގެލެކްސީތައް ދިރާސާކުރުމަށް އުފެއްދި ޓެލެސްކޯޕެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުރުގީ

    ތާލިބާނުން ބުނާނެ ބޭކާރު ޚަރަދުތަކެކޭ، އެލާރިން މިސްކިތް އަޅާނީޔޭ!

    • އޭއި

      މިސްކިތް އެޅުމަކީ އެންމެ މުހިއްމު އެއް ކަންތައް. ދުުއާ ކުރުމާއި ނަމާދުން ހިތްވަރު ލިބި އިލްމު އިތުރުކުރުމަށް މަސައްކަތް ކުރުން މުހިއްމު. ކާއިނާތަކީ ހުރެފަ ހެދުނު އެއްޗެއް ނޫން، ނަމަވެސް އުފެދުނު ގޮތާއި މިއަދާއި ހަމައަށް ކާއިނާތުގައިވާ ސިއްރުތައް ހޯދައި މުތާލިއާ ކުރަންވީ.

      • ޢަހުމަދުވަގާރު

        އެހެން ވީމާތާ ތާލިބާނުން ޓެލެސްކޯޕް ހަދަނީ، އުނގެނެން ވެގެން.ހައްހައްްހާ

  2. ފީލޯ

    ތީ މީގެ 3 ހަފްތާ ކުރީގެ ހަބަރެއްނު؟ އެހިލައަކުން ފޮޓޯ ކޮލިޓީއަކައް ނާދެ އެއްވެސް ބަދަލެއް. ދެވަނަފަހަރަށް ހަބަރު ތިޔަ ޖެހީ.