ސްރީލަންކާގެ ރައީސް ކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި ގޮތަބަޔަ ރާޖަޕަކްސަ ސިންގަޕޫރުން ފުރަން އަންގާފައިވާ ކަމަށް ބައެއް ނޫސްތަކުން ބުނެފިއެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޮތަބަޔަ ސިންގަޕޫރުގައި މަޑު ކުރަން ހުއްދަ ދިނީ 15 ދުވަހަށެވެ. އަދި އޭގެ ފަހުން އެ ގައުމުގައި މަޑު ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

އަދި ސިންގަޕޫރުން ހިމަޔާތް ހޯދަން ގޮތަބަޔާ އެދިފައިނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުުރުން އިންޑިއާއަށް ދާން ވެސް ގޮތަބަޔާ އެދިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އިންޑިއާ އިން ހުއްދަ ނުދިން ކަމަށްވެއެވެ.

ގޮތަބަޔަ ސިންގަޕޫރަށް ވަޑައިގެންނެވީ ރާއްޖޭގައި މަޑުކުރެއްވުމަށް ފަހުއެވެ. އަދި އިސްތިއުފާ ދެއްވީ ވެސް ސިންގަޕޫރަށް ވަޑައިގަތް ފަހުންނެވެ.

ގޮތަބަޔާއަކީ ސްރީލަންކާ އަށް މިނިވަންކަން ލިބުނު ފަހުން އެގައުމުން އިންތިހާބު ކުރި އަށްވަނަ ރައީސްއެވެ. ގޮތަބަޔާ އަކީ ސްރީލަންކާގެ ތާރީޚްގައި ވެސް ދައުރު ފުރިހަމަ ނުކުރެވުނު ހަމައެކަނި ރައީސްއެވެ. އަދި ވެރިކަމުގައި ހުންނަވައި ގައުމު ދޫކުރައްވާ ފިއްލެވި ފުރަތަމަ ރައީސްއެވެ.

ސްރީލަންކާގެ އިގްތިސޯދަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން ގޮތަބަޔާގެ އިސްތިއުފާއަށް އެގައުމުގެ ރައްޔިތުން ގޮވަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް އިސްތިއުފާ ދޭން މަޖުބޫރުވީ މިމަހުގެ ނުވަ ވަނަ ދުވަހު އެތައް ހާސް ބަޔަކު މަގުތަކަށް ނިކުމެ ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގަނޑުވަރު ވެސް މުޒާހަރާ ކުރާ މީހުންގެ ބާރުގެ ދަށަށް ގެންދިއުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހޭއް

    ފިލި ގޮޓާބޭ ފިލި ވަހީދު.. ހައްތާވެސް

    4
    1
    • ޔޯގާޑެ

      ފިލީ ވަހީދެއްނޫން ފިލީ ނަޝީދު ، ސޯ ފިލިނަޝީދު

  2. އިޒުނަ

    ކަލޯ ގޮތަބެޔާ އަވަހަށްގުޅާ އަވަހަށްގުޅާ ރާއްޖޭގައިހުރި އެއްޖިންސުން ގުޅުން ހިންގަން ހިއްވަރުދޭ އަންނިއަށް އެސޮރު ފަހަރުގައި އެހީވެދާނެ....

  3. Anonymous

    ދެވަނަ ފަހަރަށް ނުވާނެ ރާއްޖެ ގެނެސްގެނެއް
    ޤައުމު އިނދަ ޖައްސާލައިގެން ރައްޔިތުން ކޮންފަދަ ޙާލުގައި ދިރިއުޅެމުން އެދަނީ
    ނަޝީދު މެންނަށް ބައިއަޅާފައި އޮއްވަރަކުންތާ އެހާ ވަރުން މިކަލޭގެ އަށް ޙަމާޔަތް ދީގެން މިއުޅެނީ. ދިވެހިންގެ އަވައްޓެރި ރައްޔިތުން އެވެސް. އެތައް ދިވެހި ޢާއިލާއެއް ދިރިއުޅޭ ތަނެއް

  4. ރަދީފު

    ބެދޭ މަޅިއެއް ނުފެންނާނެވެ

  5. Anonymous

    ލަންކާ ހުއްޓާ ނޮޅައިގެން ކައިލައިފަނެތީ ބިރުން ދިޔައި

  6. ބުނެދީބަލަ

    ގޮޓާބެ ފިލީ ރައީސް ކަމުގަހުރެފަ ދެން ވަހީދު ފިލީ ކޮން މަޤާމެއްގަ ހުރެފަ

    6
    1