ޔޫކްރެއިނަށް ހަމަލާދީ ހަނގުރާމަ ފެށި ފަހުން ރަޝިއާގެ ރައީސް ލަޑިމިއަ ޕޫޓިން ފުރަތަމަ ފަހަރަށް ބޭރު ގައުމަކަށް ކުރައްވާ ޒިޔާރަތުގައި އިރާނަށް ޒިޔާރަތް ކުރައްވާ އެގައުމާއެކު މަޝްވަރާ ކުރައްވައިފިއެވެ.

އިރާނަށް ކުރެއްވި ދަތުރުފުޅުގައި ޕޫޓިން ވަނީ އެގައުމުގެ ލީޑަރު އާޔަތުالله އަލީ ޚާމަނާއީއާ ބައްދަލު ކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގާ ރަޝިއާއިން އަބަދުވެސް އިރާނާއެކު ހާއްސަ ގުޅުމެއް ބާއްވައެވެ.

މި ބައްދަލުކުރެއްވުމުގާ ޙާމަނާއީ ވަނީ ހުޅަނގުގެ ނުފޫޒުތަކުން ސަލާމަތްވުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ޕުޓިންއަށް ގޮވައިލައްވާފައެވެ. އަދި، އެމެރިކާގެ ނުފޫޒުން ސަލާމަތްވުމަށް ޕުޓިން ކުރައްވާ މަސައްކަތަށް ތައުރީފް ކުރައްވައި، އޭނާ ވަނީ ދެ ގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ގައުމުގެ އަމިއްލަ ފައިސާ ބޭނުން ކުރުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

އަދި، ރަޝިޔާއިން ޔޫކްރެއިނަށް އަރާ ކުރަމުންދާ ހަނގުރާމައަށް އިރާނުން ތާއީދުކުރާކަން ވެސް އޭނާ ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިނަށް ނޭރި ނަމަ، އެމެރިކާއާއި ހުޅަނގުން އެ ގައުމަށް ފޯރުވަމުން ގެންދާ ނުފޫޒު އިތުރު ކުރާނެ ކަމުގައެވެ. އެހެންވެ، ރަޝިއާގެ ހަނގުރާމައަށް ޢީރާނުން ތާއީދުކުރާ ކަމުގައެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގާ ޕޫޓިން ވަނީ ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާ ވެސް ބައްދަލު ކުރައްވާފައެވެ. މިއީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ނޭޓޯގެ މެންބަރު ގައުމެއްގެ އިސްވެރިޔަކާ އޭނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ، ޔޫކްރެއިންގައި ހައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް އޮތް ހުރަސްތައް ނައްތައިލުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. ހަމައެހެންމެ، ސީރިޔާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.