ރަޝިއާ އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ޔޫކްރޭންގެ ކަނޑުގެ ސިފައިންނަށް އިނގިރޭސިވިލާތުގައި ތަމްރީންތަކެއް ދެމުން އަންނަ ކަމަށް އިނގިރޭސިވިލާތުގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ އަސްކަރިއްޔާ އިން މިއަދު ބުނީ ޔޫކްރޭންގެ ކަނޑުގެ ސިފައިންނަށް ސްކޮޓްލޭންޑްގައި މިހާރު ވެސް ހާއްސަ ތަމްރީންތަކެއް ދެމުން އަންނަ ކަމަށެވެ.

ތަމްރީންތައް ބައްލަވާލެއްވުމަށް މިއަދު ޔޫކްރޭންގެ ޑިފެންސް މިނިސްޓަރުގެ ނައިބު ވްލަޑިމިއާ ގަވްރިލޯވް އާއި އިނގިރޭސިވިލާތުގެ ސިފައިންގެ މިނިސްޓަރ ޖޭމްސް ހެޕީ މިއަދު ޒިޔާރަތް ކުރެއްވިއެވެ. ނަމަވެސް ދެބޭފުޅުން ޒިޔާރަތް ކުރެއްވި ސަރަހައްދުގެ ނަން ސަލާމަތީ ސަބަބުތަކަށްޓަކައި ހާމައެއް ނުކުރެއެވެ.

އިނގިރޭސިވިލާތުގެ އަސްކަރިއްޔާ އިން ބުނީ ދެބޭފުޅުން ކުރެއްވި ޒިޔާރަތުގައި ކަނޑުމަތީގައި ސިފައިން ހަރަކާތްތެރިވާނެ ގޮތުގެ ހުނަރުތައް ފަރިތަކުރަމުން ދިޔަ ސިފައިންނާއި ބައްދަލު ކުރެއްވި ކަމަށެވެ. މިތަމްރީންގައި އެކި ހަތިޔާރުތައް ބޭނުން ކުރާނެގޮތާއި ހަނގުރާމައިގައި ލިބޭ ގެއްލުން ކުޑަކުރާނެ ގޮތާއި އަދި ހަނގުރާމައިގައި ބޭނުންކުރާ މަނަވަރުތަކުގައި ހުންނަ ހަތިޔާރުތައް ބޭނުން ކުރާނެ ގޮތުގެ ތަމްރީންތައް ކުރިއަށް ގެންދާނެއެވެ.

އިނގިރޭސިވިލާތުން ޔޫކްރޭން ސިފައިންނަށް ކުރިއަށް ގެންދާ ތަމްރީންގައި ޔޫކްރޭންގެ 80 ސިފައިން ބައިވެރިވެއެވެ.

ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ހަނގުރާމަ ފެށުމުން ޔޫކްރޭނަށް އެންމެ ބޮޑަށް އެއްބާރުލުން ދެމުން އަންނަ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. މިހާތަނަށް އިނގިރޭސިވިލާތުން ވަނީ ހަތިޔާރާއި އެނޫން އެހީގެ ގޮތުގައި ޔޫކްރޭނަށް 2.76 ބިލިއަން ޑޮލަރުގެ އެހީ ދީފައެވެ.

އަދި ރަޝިއާ އާއި ދެކޮޅަށް ބައިނަލްއަޤުވާމީ އެކި ފަރާތްތައް މެދުވެރިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ރަޝިއާ ވިޔަފަރިވެރިންގެ މުދާ ހިފަހައްޓަން ވެސް އެންމެ ގިނަ މަސައްކަތްތައް ކުރި އެއްގައުމަކީ އިނގިރޭސިވިލާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަބީބު.

    ތަމްރީނު ކުރިޔަސް ވާނެ އެއްވެސް ކަމެ އް ނޯންނާނެ ހަމަފުނޑޭނީ ޔޫކުރޭނުގެޔަހޫދީން ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

    5
    2