ބުރްކިނާ ފާސޯގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި ސިފައިންގެ 15 މީހުން މަރާލައިފިއެވެ.
ބުރްކިނާ ފާސޯއަކީ އެފްރިކާ ބައްރުގެ ހުޅަނގުގައި އޮންނަ ގައުމެކެވެ. އެގައުމުގައި ދިން ބޮމުގެ ހަމަލާ އަމާޒުކޮށްފައިވަނީ ސިފައިން ގޮވައިގެން އެގައުމުގެ އުތުރުގައި އޮންނަ ބާމްގައި ކިޔާ ރަށަކަށް ދަތުރުކުރި އަސްކަރީ އުޅަނދަކަށެވެ.
މިކަމާ ގުޅިގެން އެގައުމުގެ އަސްކަރިއްޔާއިން ބުނީ، ފުރަތަމަ ބޮން ގޮއްވައިލާފައި ވަނީ ބޮން ފޮރުވާފައި އޮތް ތަނާ އުޅަނދު އަރައި ހަމަވުމުން ކަމުގައެވެ. އަދި، އެ ހަމަލާގައި މަރުވި މީހުންނާއި އަނިޔާވި ސިފައިންނަށް އެހީތެރިވުމަށް އިތުރު މީހުން ގާތްވި ވަގުތު ދެވަނަ ބޮމެއް ގޮއްވާލި ކަމަށްވެއެވެ.
އެގައުމުގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި އެ ހަމަލާތައް ދީފައިވަނީ ބުރްކިނާ ފާސޯގެ އުތުރުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކަމަށް ބެލެވޭ އަލްގައިދާއާއި އައިއެސް ޖަމާއަތަށް ނިސްބަތްވާ ހަތިޔާރު އެޅި ޖަމާއަތްތަކުންނެވެ.
އެކަމަކު، މިހާތަނަށް އެފަދަ އެއްވެސް ޖަމާއަތަކުން ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.
މީގެ އެއް ދުވަސް ކުރިން ހަތިޔާރު އެޅި ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކު ވަނީ އެގައުމުގެ އުތުރުގައިވާ އަވަށަކަށް ވެސް ހަމަލާ ދީފައެވެ.
ޓެރަރިސްޓް ހަމަލާއެއްތަ. ޔަގީން މުސްލިމުން. 100 ޕަސެންޓް
ހުރިހާ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ވީނަމަ،ކަލޭގެ އެންމެ އިނގިއްޔެއްވެސް ނުބައިންދާނެ. އެއީ އާބާދީ ގެ ތިންބައިކުޅަ އެއްބައި. ދެން އިނދޭ ފިއްތާލައިގެން.