ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން މިއަދު ދިން ނަމަވެސް އެއިންޒާރާއި އެއްގޮތައް އަމަލު ކުރަން ޕޫޓިން އަށް ނުކެރޭނެ ކަމަށް ޔޫކްރޭންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޕޫޓިން މިއަދު ދިން އިންޒާރާއި ގުޅޭ ގޮތުން ޖަރުމަންވިލާތުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ ޔޫކްރޭނާއި ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގައި ރަޝިއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފާނެ ކަމަށް އެއްވެސް ވަރަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ޕޫޓިންގެ އިންޒާރާއި ގުޅިގެން ޔޫކްރޭން ސިފައިންގެ ޕްލޭންތަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އޭނާއަށް (ޕޫޓިންއަށް) ކެރޭނެހެނެއް ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން." ޒެލެންސްކީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަޝިއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމުގެ ފުރުސަތު ދުނިޔެ އިން ވެސް ރަޝިއާއަށް ނުދޭނެ ކަމަށެވެ.

ނިއުކްލިއާ ހަތިޔާރު ބޭނުން ކުރަން ޕޫޓިންއަށް ނުކެރޭނެ ކަމަށް ޒެލެންސްކީ ވިދާޅުވުމަށްފަހު ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ރަޝިއާގެ އަތުގައި ހުރުމުން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމުގެ ނުރައްކާ އަބަދުވެސް އޮންނާނެ ކަމަށެވެ.

ނަމަވެސް ރަޝިއާ އިން މަސައްކަތް ކުރަމުން ގެންދަނީ ނިއުކްލިއާ ހަތިޔާރުގެ ބޭނުން ކޮށްގެން ޔޫކްރޭން ބްލެކްމެއިލް ކުރަން ކަމަށް މިއަދު ވެސް ޒެލެންސްކީ މިއަދު ވެސް ވިދާޅުވިއެވެ.

ޔޫކްރޭންގެ ޑޮންބަސް ސަރަހައްދު ރަޝިއާ އާއި ގުޅެން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ތައްޔާރުވަމުން ދާތީ އެކަމަށް ވެސް ޒެލެންސްކީ މިއަދު ވަނީ ރައްދު ދެއްވާފައެވެ. "އެއީ ފުރައްސާރަ ކުރުމަށް ނަގާ ވޯޓެއް. އެއީ ވޯޓެއް ކަމަކަށް ވެސް އަދި، އެއީ ރައްޔިތުންގެ ނިންމުން ކަމަށް ވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން." ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ހަނގުރާމަ ފެށީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. ހަނގުރާމަ ހުއްޓުވަން ދުނިޔޭގެ ބާރުގަދަ ގިނަ ގައުމުތަކުން ރަޝިއާ އާއި ދެކޮޅަށް ވަނީ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް ރަޝިއާ އިން ބާރުގަދަ ގައުމުތަކުގެ ނިންމުންތަކަށް ބޯލެނބުމުގެ ވިސްނުމެއް ނުގެންގުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސީދިބެ

    ފަޅޮލޭ ކިޔާބަލަ ޕަޕެޓް. ކަލޭ އެންމެ ފުރަތަމަ ދުއްވައިގަންނާނީ އެމެރިކާއަށް ނިއުކްލިޔާ ބޭނުންކުރީމަ...

    7
    1
  2. މަޖުބޫރީހާލަތް.

    މިކަލޭގމިކަލޭގެ ބޮލައް ރޮއްޖެއް ފޮނުވާލަބަލަ އޭރުން ހުންނާނެ ތާހިރުވެފަ