ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ސަޕޯޓަރުން އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ކުރާގެ އާއި ރިޔާސީ ގަނޑުވަރާއި ސުޕްރީމް ކޯޓުގެ އިމާރާތުގެ އެތެރެއަށް ވަދެ އެއިމާރާތްތައް ލޫޓުވާލައިފިއެވެ.

ބްރެޒިލްގެ ރައީސް ކަމާއި މިދިޔަ ހަފްތާގައި ހަވާލުވި ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވީ ސަރުކާރުގެ މުހިއްމު އިމާރާތްތަކަށް ވަދެގަތް މީހުން ވަނީ އެތަންތަނުގައި ހުރި ފަރުނީޗަރުތައް ކުޑަދޮރުތަކުން ބޭރަށް އުކައި އިމާރާތްތަކަށް ގެއްލުންތައް ދީފައި ކަމަށެވެ.

އެކަން ކުރެވުނީ ސަލާމަތީ ފިޔަވަޅުތައް ދޯހަޅި ވުމުން ކަމަށާއި، މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ލޫލާ ވިދާޅުވިއެވެ.

މުހިއްމު އިމާރާތްތަކަށް ވަދެގަތް މީހުން އެއިމާރާތްތަކުގެ ތެރޭގައި ތިބޭތާ ގަޑިއިރުތަކެއް ފަހުން ފުލުހުންނާއި ސިފައިން ވަދެ އިމާރާތްތަކުން ވަނީ މީހުން ނެރެފައެވެ. އިމާރާތްތަކުން މީހުންތައް ނެރެން ހިންގި އޮޕަރޭޝަންގައި 400 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޔާސީ ގަނޑުވަރަށް ބޮލްސޮނާރޯގެ ސަޕޯޓަރުން ވަންއިރު ލޫލާ އާއި އޭނާގެ އާއިލާ އެތަނުގައި ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްރެޒިލްގެ ޖަސްޓިސް މިނިސްޓަރ ފްލަވިއޯ ޑިނޯ ވިދާޅުވީ ގާނޫނު ހަދާ މަޖިލީހާއި ރިޔާސީ ގަނޑުވަރާއި ސުޕްރީމް ކޯޓަށް ވަދެގަނެ ބޮލްސޮނާރޯގެ ސަޕޯޓަރުން ހިންގަން އުޅުނީ ބަޣާވާތެއް ކަމަށެވެ. "މިހާރު ވެސް އެއަމަލު ހިންގި މީހުން އިންޓަނެޓްގެ އެކި ފޯރަމްތަކުގައި ގޮވާލަމުން އެގެންދެނީ އެމީހުން އެކަންތައް ތަކުރާރު ކުރާނެ ކަމަށް. އެހެންވީމަ ސަރުކާރުން އެބަޖެހޭ އެމީހުންނާއި ދެކޮޅަށް ފިޔަވަޅު އަޅަން." މިނިސްޓަރ ވިދާޅުވިއެވެ.

ބޮލްސޮނާރޯ އާއި ވާދަކޮށް ލޫލާ އިންތިހާބު ކާމިޔާބު ކުރީ އިންތިހާބު އޮޅުވާލައިގެން ކަމަށް ބޮލްސޮނާރޯގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ. ލޫލާ މަގާމުގެ ހުވާ ކުރުމާއި ދިމާކޮށް ބޮލްސޮނާރޯގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގާނެ ކަމަށް ލަފާކުރެވޭތީ ބްރެޒިލްގެ ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖުހާ.

    އެމެރިކާއަށް ހަޖަމުނުވި އިންތިހާބު. ދައްޖާލު އެދަނީ މުޅިބިން ފަސާދަކުރަމުން.

  2. އިސްޢާފް ސަލީމް

    މިރާއްޖެ ތިފަދަ ޙާލަތަށް ނުގޮސް އޮތްކަމީ މިވަގުތު އިދިކޮޅުގައިތިބި މީހުންގެ ޤަވްމީ ލޯތްބާއި ލޫޓުވުމާއި ހަލަބޮލިކުރަން ނަފްރަތު އޮތްކަން. މި ރާއްޖެ މިއޮތީ ތިޔަށްވުރެވެސް މާ ނުބައިކޮށް!
    1. ވެރިޔަކަށް އެހުރީ ވޯޓު ފޭރިގެން ހުރިމީހެއް!
    2. ވެރިޔަކަށް އެހުރީ ޖާހިލެއް
    3. ވެރިކަމަށް އަރާ ޤަވްމުގެ މަލިއްޔާ ބައިއެޅޭގޮތަށް ބަހައިލި
    4. އިދިކޮޅަށްހުރި އެންމެ ލީޑަރެއް ނުޙައްޤުން ހުރީ ޖަލުގައިބަހައްޓާފަ
    5. ޚިޔާލު ފައުޅުކުރަން ނުކުންނަމީހުންނަށް އަނިޔާދީ ލަނީ ހުރަގެޔަށް
    6. މަސްތުވާތަކެތި ހިކި އަދި ދިޔައި ތަކެތި ކަށިކުޑިއަށްވުރެ ތިޔާގި
    7. ހެސްކިޔާފަ މީހުން މަރަނީ
    8 ވައްކަން އޮތީ މާޑަށްއަރާފަ
    9. ސިފައިން ބޭނުންކޮށްގެން ކުރަނީ މިލިޓަރީ ވެރިކަމެއް
    10. އިސްލާމްދީން ފޮހެލަން ހެސްކިޔަފަ މަސައްކަތްކުރަނީ
    11. ޤަވްމު އަޅުވެތިވަނީ

    7
    5
  3. މުހަންމަދު

    ރާއްޖޭގެމީހުން ވެސް ނޭވާހޮޅިން ވައްކަން ކުރިމީހުން ބާލަން ނުކުންނަންވެއްޖެ...

  4. ހަވާސާ ހާދިސާ

    އެމެރިކާއިން ތިޔަ ފިލާވަޅުނަގައިދިނީ ޓްރަމްޕް !

  5. Anonymous

    ދިވެހިރާއްޖޭގައި މިވަގުތު އިނދިކޮޅުގައި އެމްޑީޕީ އޮތްނަމަ ތިޔަށްވުރެވެސް ކަންތައް ބޮޑުކުރާނެ. އެމްޑީޕީ އަކީ އަމިއްލައަށް ވެރިކަމުން އިސްތިޢުފާ ދިނުމަށްފަހުވެސް ގައުމުގައި ހުޅުޖެހިބައެއް. މިހާރު ސަރުކާރުގައި މަޖުލީހުގަިއ ކޯޓުގައި ހުރިހާ ބާރަކާއިއެކުގައި އޮންނައިރުވެސް މުޒާހަރާކޮށް ތަންތަން ލޫޓުނުކުރެވޭތީ އަމިއްލަ ޕާޓީ ދެބައިކޮށްގެންވެސް ދަނީ ފިތުނަ އުފައްދަމުން