ފިލިޕީންސްގައި މަތިންދާ ބޯޓެއް ގެއްލުނުތާ 24 ގަޑިއިރު ނުވަނީސް، ބަތާން ޕްރޮވިންސްގެ ހަނޑޫ ދަނޑަކަށް އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި ދެ ޕައިލެޓުން މަރުވެއްޖެއެވެ.

މިއަދު ހިނގި އެކްސިޑެންޓުގައި ދެ ޕައިލެޓުން މަރުވި ކަމަށް ދެކެވޭ ވާހަކަތައް ކަށަވަރު ކޮށްދޭން އަސްކަރިއްޔާގެ ތަރުޖަމާން ތަރުޖަމާން ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް މަވެސް އެކްސިޑެންޓް ހިނގި ސަރަހައްދަށް ދިޔަ ޕްރޮވިންޝަލް ފުލުހުން ވަނީ ދެ ޕައިލެޓުން މަރުވިކަން ކަށަވަރުކޮށްދީފަ އެވެ.

ތަރުޖަމާން ވިދާޅުވީ، ކެވިޓް ޕްރޮވިންސްގެ ސަންގްލީ ޕޮއިންޓްގައި ހުންނަ އަސްކަރީ މަރުކަޒަކުން މަތިންދާބޯޓު ފުރީ ހެނދުނު 9:59 ހާއިރު ކަމަށެވެ. އަދި އެ މަތިންދާބޯޓަކީ 15 ވަނަ ސްޓްރައިކް ވިންގްގެ ދަށުން ޕީއޭއެފްގެ އެޓޭކް ޕްލޭންތަކުގެ ތެރޭގައި ހިމެނޭ މަތިންދާބޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އިއްޔެގެ ވަގުތެއްގައި މެނީލާގެ އުތުރުގައި އޮންނަ އިޒަބެލާ ޕްރޮވިންސަށް ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޕައިލެޓް ހިމެނޭހެން ހަ މީހުންނާއެކު ދަތުރުކުރި ޕްރައިވެޓް މަތިންދާބޯޓެއް ވަނީ ގެއްލިފައެވެ. އެކަން ހިނގިތާ 24 ގަޑިއިރަށް ވުރެ ގިނަ އިރުވިއިރު، ގެއްލުނު އެ ބޯޓު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނު އެރިކް އަޕޮލޯނިއޯ ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން މިހާރު ކުރިއަށްދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް ހުރަސް އެޅޭ ކަމަށެވެ.