ނިމިދިޔަ ޖެނުއަރީ މަހު އިސްރާއީލުން ހިފައިގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ އިދާރާތަކުންނާއި، ގާނޫނާއި ހިލާފަށް ވަޒަން ވެރިވެގެން އުޅޭ އިސްރާއީލުގެ ރައްޔިތުން، 700 ހަމަލާ ދީފައިވާ ކަމަށް، މީހުން އާބަދުކުރުވުމާއި ދެކޮޅަށް މަސައްކަތް ކުރާ ފަލަސްތީނުގެ ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން ނެރޭ މަހުން މަހުގެ ރިޕޯޓުގައި ބުނެފައިވަނީ އެންމެ ގިނަ ހަމަލާތައް ދީފައިވަނީ ނަބްލޫސްގައި ކަމަށާއި، އެއަށްފަހު ޖެނިން އަދި ބެތެލްހަމްގައި ކަމަށެވެ.

ވަޒަންވެރިގެން އުޅޭ މީހުން ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި، މައިގަނޑު ގޮތެއްގައި ނަބްލޫސްގައި ހަ އައުޓްޕޯސްޓް ގާއިމުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ކޮމިޝަންގެ ރައިސް މޯޔަދު ޝާބަން ވިދާޅުވެފައިވެއެވެ. އައުޓްޕޯސްޓަކީ މީހުން އާބާދުވާ ކުދި ސަރަހައްދު ތަކެވެ.

ޝާބަން ވިދާޅުވީ، ހުއްދަނެތި އިމާރާތް ކުރާ އަދި ކޮށްފައިވާ ކަމަށް ބުނެ، 55 ގެ ވައްޓާލުމަށާއި، އިމާރާތް ކުރުން ހުއްޓުވުމަށް އިސްރާއީލުގެ އިދާރާތަކުން އަމުރު ނެރެފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ އަމުރު ނެރެފައިވަނީ ހީބްރޯން، ބެތެލެހަމް އަދި ސަލްފީތް ގަވަރނޭޓްތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީހުން އާބާދުވާ ސަރަހައްދުތައް ފުޅާކުރުމުގެ މަގުސަދުގައި، ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ 133 އޭކަރުގެ ބިން، އިސްރާއީލުގެ ސިފައިންނާއި، ވަޒަންވެރިވެގެން އުޅޭ އިސްރާއީލު ރައްޔިތުން ހުސްކޮށްފައިވާ ކަމަށްވެސް ޝާބަން ވަނީ ވިދާޅުވެފައެވެ.

އަދި މީގެ އިތުރުން، ވަޒަންވެރިވެގެން އުޅޭ އިސްރާއީލު މީހުން، ރަމަﷲ އިން 758 ގަސް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ ގަހަކީ ޒައިތޫނި ގަސް ކަމަށް ވެސް ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ . އަދި ނަބްލޫސް އިން 200 ގަހާއި ހީބްރޯން އިން 100 ގަސް ނަގާފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ޝާބަން ވިދާޅުވީ، ބެތެލްހަމްގެ ސަލްފިތް އަދި ގިލޯ ގައި ހުންނަ ގާނޫނާއި ހިލާފަށް މީހުން އާބާދުކޮށްފައިވާ ސަރަހައްދު ފުޅާކުރުމަށް 3 ޕްލޭނަކަށް އިސްރާއީލުގެ އިދާރާތަކުން ހުއްދަ ދީފައިވާ ކަމަށެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ދަތިކުރުމުގެ މަގުސަދުގައި، އެމީހުންނަށް އަމާޒު ކޮށްގެން އިސްރާއީލުގެ ކެބިނެޓުން 27 ޑައިރެކްޓިވް އެއް ނެރެފައިވާ ކަމަށްވެސް ޝާބަން ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ބައެއް ފިޔަވަޅުތަކަކީ ހަނގުރާމައިގެ ޖަރީމާތަކެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި، ޤުދުސްގައި މީހުން އާބާދުކުރުމާއި، އައުޓް ޕޯސްޓުތައް ގާއިމު ކުރުމަކީ ބައިނަލް އަގުވާމީ ގާނޫނުތަކާއި ހިލާފު ކަމެކެވެ. ނަމަވެސް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މީހުން އާބާދު ކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަބޭ

    އިޒްރާއިލުން ފަލަސްތީް ރައްޔިތުންނައް ދޭހަމަލާތަކައް އީޔޫ އަދި އެމެރިކާދެނީ ކަނު ބީރު ކަންފަތެއް ނަމަވެސް ރަށިޔާއިން ޔޫކްރޭނައް ހަމަލާދިނުން ލޮލާކަންފަތާ ނޭފަތާ ހުޅުވި ޔޫކްރޭނައް ހަތިޔާރު ފޯރުކޮއްދިނުމުގަ

    • ޢަހުމަދުވަގާރު

      ޕާކިސްތާނުގެ މިސްކިތެއްގަ ނަމާދަށް ތިއްބާ މުސްލިމަކު ވަދެ އެތައް ބަޔަކު މަރާލިމައްސަލަ ކަލޭ ކުއްވެރި ކުރިންތަ

      • ވަފާސް

        “ ޢަހުމަދުވަގާރު” އަށް ނޭންގެ ދޯ ޕާކިސްތާނުގައި ވެގެން އެއުޅެނީ ކީއްކަމެއް؟ ކެކެ