އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހަގީގަތްތައް ހާމަކޮށް ބީބީސީ އިން ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލަ ހޫނުވެފައި ވަނިކޮށް އިންޑިއާގެ ޓެކްސް އިދާރާގެ އެޖެންޓުން އެގައުމުގައި ހުންނަ ބީބީސީގެ އޮފީހަށް ވަދެ ފާސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މޯދީ އިންޑިއާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާފައިވާ އަދި ހިންގަމުން ގެންދާ ޖަރީމާތައް ކިޔައިދިން ޑޮކިއުމެންޓްރީގެ ސަބަބުން ބީބީސީ އާއި ދެކޮޅަށް ފިޔަވަޅު އަޅަން އިންޑިއާ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބީބީސީ އިންޑިއާގައި މަނާކުރަން ދާދިފަހުން ކޯޓަށް މައްސަލަ ވެސް ހުށަހެޅިއެވެ. ނަމަވެސް އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމީ ބީބީސީ އިންޑިއާގައި މަނާ ނުކުރެވޭނެ ކަމަށެވެ.

ބީބީސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޓެކްސްގެ ކަންކަން ބަލަހައްޓާ އިދާރާ އިން ނިއުދިއްލީ އާއި މުމްބާއީގައި ހުންނަ ބީބީސީގެ އޮފީހަށް ވަދެ ފާސްކުރަމުން ގެންދާ ކަމަށާއި އެފަރާތްތަކަށް ބީބީސީ އިން ފުރިހަމަ އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ.

އަލްޖަޒީރާ އިން ބުނާ ގޮތުގައި އިންޑިއާގެ އޮފިޝަލުން ވަނީ މިހާރު ބީބީސީގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ ލެޕްޓޮޕްތަކާއި ފޯނުތައް ވެސް އަތުލާފައެވެ. އަދި އޮފީހުން ބޭރަށް ނިކުތުން ވެސް ވަނީ މުވައްޒަފުންނަށް މަނާ ކޮށްފައެވެ.

މޯދީގެ ޑޮކިއުމެންޓްރީ ދެއްކި ބީބީސީ އިން ތައްޔާރު ކުރުމުން އިންޑިއާ ސަރުކާރު ރުޅިގަދަވެފައިވާ ދަނޑިވަޅެއްގައި ބީބީސީގެ އިންޑިއާ އޮފީހަށް ޓެކްސް އެޖެންޓުން ވަނުމަކީ ބީބީސީ އަށް ޖެއްސުން ކުރުމުގެ ގޮތުން ހިންގާ އަމަލެއް ކަމަށް އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

އަލްޖަޒީރާ އިން ބުނީ ބީބީސީގެ އޮފީހަށް ޓެކްސް އެޖެންޓުން ވަނުމާއި ގުޅޭ ގޮތުން ޓެކްސް އިދާރާގެ ބަހެއް ހޯދަން ފޯނުންނާއި އީމެއިލް މެދުވެރިކޮށް ކުރި މަސައްކަތް ވެސް ކާމިޔާބުނުވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މޯދީ ވެސް ގެރިއަށް އަޅުކަންކުރަން އޮއްވާ ގެރިގުއި ކެވިގެން ދާދި އަވަހަށް މަރުވެދާނެއެވެ.

    17
  2. ބީބީސީ

    ކިތައްމެ ބޮޑު އަދި ބާރުގަދަ ޤައުމެއްގެ ވެރިއަކަސް އެމީހަކު ކޮށްފައިވާ އަމަލުތަކަށް ޤިޔާމަތް ދުވަހުން ފުރިހަމަ ޖަޒާ ދެއްވާނެކަން ހަމަކަށަވަރު. ﷲ ގެ އަޒާބުލިބޭ ވަގުތު ސަލާމަތް ކޮށްދެވޭނެ ހަމައެއްވެސް މީހަކު ނުހުންނާނެ. މަރުވީމަ ވަޅުނުލާ އަންދާލިޔަސް އަޅިއަށްވެގެން ތިޔަދަނީ ހަމަފަސްގަޑު ދަށަށް.

    19
  3. ވާގޮނުސްކޮ

    ތިމޯދީ އަކީ މުސްލިމުންނާ ޖެހިގަނެގެން އުޅޭ ޔަހޫދީންގެ
    އޭޝިއާ އެޖެންޓެެއް.

    10
    • ޖަވިއަނި

      ހެޔޮކޮށް ތި ބުނުއްވީ ކެނެރީގޭ ބުއްޅަބެވެސް އެއީ އޭގެ އެއްޗެއް

  4. ގެރި

    ބޮޑު ޑިމޮކްރަސީއޯ

  5. އަޙްމަދް

    މީއޭ އެއުރެން އެ ދައުވާކުރާ ފައްކާ ޑިމޮކރެސީއަކީ!
    ބޮޑުމީހާ އާއި އޭނާގެ އާއިލާ އަދި ރަޙްމަތްތެރިން ކިތައްމެ ނުބައިޖަރީމާއެއް ހިންގިނަމަވެސް އެވާހަކަދައްކާއިގެން ނުވާނެއެވެ.
    އެއީ ކުށެއް……
    ޤާނޫނީ އޮއްނާނީ އޮޅާލަފަ އަންބޮނޑިއަށް ލާފައެވެ.