އެމެރިކާގެ ބިލިއަނަރު ތޯމަސް ލީ އަމިއްލައަށް މަރުވެއްޖެއެވެ.

ނިއުޔޯކް ޕޯސްޓުގައި ރިޕޯޓްކޮށްފައި ލީ އަމިއްލައަށް މަރުވީ މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ މެންހަޓަން އޮފީހުގައެވެ.

ވިޔަފާރިވެރިޔާ މަރުވެފައިވާކަން އިއުލާނުކުރީ އޭނާގެ އިންވެސްޓްމަންޓް ފާމްގެ ހެޑްކުއާޓާސް ކަމަށްވާ ފިފްތު އެވެނިއު މެންހަޓަން އޮފީހުގައި ބުރާސްފަތި ދުވަހުގެ ހެނދުނު 11:10 އެހާކަންހާއިރުއެވެ.

އެ ނޫހުން އިތުރަށް ބުނީ ލީ މަރުވީ "އަމިއްލައަށް ބަޑިޖެހުމުގެ ސަބަބުން" ކަމަށެވެ. އަދި ފުރާނަ ސަލާމަތް ކުރަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ލީ މަރުވެފައި އޮއްވާ ފެނިފައި ވަނީ އޮފީހުގެ ފާހާނާ ތެރެއިންނެގެ. އޭނާ ފެނިފައި ވަނީ އަންހެން އެސިސްޓެންޓަކަށް ކަމަށް ވެއެވެ.

އެ އަންހެން އެސިސްޓެންޓަށް އޭނާ ފެނިފައި ވަނީ ހެނދުނުން ފެށިގެން އޭނާގެ ފަރާތުން ހަބަރެއް ނުވެގެން ގޮސް ބެލި ބެލުމުންނެވެ.

ލީ އަމިއްލައަށް ބަޑި ޖަހާފައި ވަނީ އޭނާގެ ބޮލަށެވެ.

ތޯމަސް ލީ އަކީ 2006 ވަނަ އަހަރު އޭނާ އުފެއްދި ލީ އިކުއިޓީގެ ފައުންޑާ އަދި ޗެއާމަނެވެ. އަދި މީގެ ކުރިން އޭނާ 1974 ވަނަ އަހަރު އުފެދި ތޯމަސް އެޗް ލީ ޕާޓްނާސްގެ ޗެއާމަން އަދި ސީއީއޯގެ މަގާމު ވެސް އޭނާ ފުރާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިއީ ﷲ ގެ ޤަޟާޤަދަރަށް އީމާންނުވާ މީހުންގެ ޙާލު ހުރި ވަރު. ބޮޑެތި މަހުޖަނު ބިލިއަނަރުން، ދުނިޔޭ ލެއްވިހުރިހާ އެއްޗެެއް ލިބިފާ އެކަމަކު އަމިއްލަ އަށް މަރުވަނީ. މިދޭތެރެއިން ޑެންމާކުގެ މަހުޖަނަކުވެސް އޭނާގެ މިލްކިއްޔާތުން ހައެއްކަ މިލިއަން ޑޮލަރު ފައިނޭންސިއަލް ކްރައިސިސްއެއްގައި ގެއްލުމުގެ ސަބަބުން އޮފީސް އިމާރާތު މަތިން ފުންމާލައިގެން މަރިވެފައިވޭ. އޭރުވެސް އޭނާގެ މިލްކިއްޔާތުގައި އަށެއްކަ މިލިއަން ޑޮލަރު ހުރި. އެކަމަކުވެސް ފަޤީރުވާތީ. ކީއްކުރާނީ. މީ ރޯ މުޝްރިކުންގެ ހާލަތު

    21
    2