ބަންގްލަދޭޝްއަށް ބިންހެލުމެއް އަތުވެއްޖެ އެވެ.

4.1 މެގްނިޓިއުޑްގެ މި ބިންހެލުން އައިސްފައި ވަނީ ކޮކްސް ބާޒާރް ސަރަހައްދަށެވެ.

މޫސުމާ ބެހޭ އިދާރާގެ ރީޖަނަލް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް އަބްދުއްރަހްމާން ވިދާޅުވީ ބިންހެލުން އިހުސާސް ކޮށްފައިވަނީ މިއަދު ހަވީރު ހަވީރު 4:39 ހާއިރު ކަމަށެވެ.

މި ބިންހެލުން އައިސްފައި ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އިރުދެކުނުން 377 ކިލޯމީޓަރު ދުރަށް ކަމަށްވެސް ބުނެފައި ވެއެވެ.

އޭނާ ވިދާޅުވީ ބިންހެލުމުގެ މައި މަރުކަޒަކީ މިޔަންމާ ކަމަށާއި، އަދި އެ ބިންހެލުން އައިސްފައި ވަނީ 20.90 ޑިގްރީ އާއި ލޭންޓިއުޑް 92.33 ޑިގްރީގައި ކަމަށެވެ.

ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު